ނެށުންތެރިޔާ ސުނީތާ
ނެށުންތެރިޔާ ސުނީތާ
  1. ރާއްޖޭގެ އެންމެ މަގުބޫލު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ވިއްކަން ފަށާފައިވާ "ކާށި ތެޔޮ ފުޅި" މިހާރު އެކަމަށް ހާއްސަ ފުޅީގައި ވިއްކަން ފަށައިފިއެވެ.

ސުނީ މިއަދު މީސް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އެ ފުޅިތަކުގެ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ. ސުނީގެ ޕްރޮޑަކްޓެއްގެ ގޮތުގައި، ބާޒާރަށް ނެރުނު ކާށިތެޔޮ މިހާރު ދެ ސައިޒެއްގެ ފުޅީގައި ލިބެން ހުންނާނެއެވެ.

ކާށި ތެޔޮ ވިއްކުމަށް ސުނީ ބޭނުންކުރާ ފުޅި

އެއީ 100 އެމްއެލްގެ ފުޅި އާއި 200 އެމްއެލްގެ ފުޅިއެވެ.

ސުނީ ބުނިގޮތުގައި، އެ ފުޅިތައް ހޯދާފައި ވަނީ އޭނާ އަމިއްލައަށް ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައެވެ.

މަންމައަށް ހާއްސަކޮށް ސުނީ ކުރަމުންދާ މި މަސައްކަތް ދިވެހިން ބަލައިގަނެ، އެތައް ދިވެހިންނެއް މިހާރު ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.

ސުނީގެ އުފަން ރަށްކަމުގައިވާ  އއ.އުކުޅަހުގައި ތައްޔާރުކުރާ އެ ތެޔޮ ސުނީ ވިއްކަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއިިރު، އޭނާ މީގެ ކުރިން ބުނެފައިވާގޮތުގައި، އެ ތެލަކީ ރަށުގައި އޭނާގެ މަންމަ ހަދާފައި ފޮނުވާ ސަތޭކަ ޕަސެންޓް ސާފު ތެލެކެވެ. އަދި އޭގައި އެއްވެސް ކެމިކަލް އެއް ބޭނުން ކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ސުނީގެ ކާށި ތެލަށް ޑިމާންޑް ބޮޑުވެ ރިސޯޓް ތަކުން ވެސް އޯޑަރު އާދެއެވެ. މިކަން ފަށައިގަތްއިރު ސުނީ،  ތެޔޮ ވިއްކަމުން އައީ ރާނީ ހުސްކުރި ފުޅީގައި ލޭބަލް ޖަހައިގެންނެވެ. ނަމަވެސް އޭނާ މިއަދު ވަނީ އެކަމަށްވެސް ހާއްސަ ފުޅިއެއް ހޯދައި، އެކަން އިތުރަށް ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިއްވަރުކޮއްލާ ކާމިޔާބުވާނެ

  2. ރަގަޅު މަގެއްދެއްކެވީ
    މީހުންގެ ފުރައްސާރަ އާއި ދުރައްޖެހިލާ

  3. ސުނީ އަކީ ހީވާގި ކަނބަލެއް. ތި މަސައްކަތުގައި ކާމިޔާބީއަށް އެދެން!

  4. މީގެ ތެޔޮ ލާތީތަ މީނަ މިހާރު ދޮނީ؟؟