މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ބޭއްވުމަށް ނިންމައިފިއެވެ.

މިހާރު އެ ބަސް ދަތުރުކުރަނީ ހަމައެކަނި ޓާމިނަލްއާ ހަމައަށެވެ. އެހެންވެ ހުޅުމާލެއަށް ދަތުރުކުރާ ކޮންމެ މީހަކު އަލުން ނެއިބަރހުޑް ބަހެއް ނަގައިގެން ނޫނީ ހުޅުމާލެ ތެރެއަކަށް ނުދެވެއެވެ. މިކަމާއި ގިނަބަޔަކު ޝަކުވާވެސް ކުރެއެވެ. ނަމަވެސް އެކަން ބަދަލުކޮށް ރައްޔިތުންނަށް އެކަން ބަދަލުކޮށްދޭނެކަން ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ.

އެ ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކޮށް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ބަހުގެ ހިދުމަތަށް އަލަށް ބަދަލު ތަކެއް ގެންނަން ނިންމާފައިވާކަމަށާއި، އެ ބަދަލާ އެކު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސް އެ އަވަށުގެ ނިރޮޅުމަގު ނިމޭ ހިސާބަށް ދަތުރުކުރާނެ ކަމަށެވެ.

އަދި އެ ބަދަލު ގެނައުމަށް ހުޅުމާލޭގައި އިތުރު ފަސް ވަރަަކަށް ބަސް ސްޓޮޕް ބެހެއްޓުމަށް ނިންމާފައިވާކަމަށް ރަފީއު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ޕްލޭނެއް އެކުލަވާލައި، މި ހަފްތާ ނިމުމުގެ ކުރިން އެބަދަލު ގެންނާނެ ކަމަށް ރަފީއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެކަނބުލޯ

    ދެން މާލޭގަޔޯ ހެންވޭރަށް ދާން ޖެހުނަސް ބަސް މަޑުކުރަނީ މާފަންނު ކޮޅަށް.. ރިންގް ރޯޑްގަ 4 ބަސް ސްޓޮޕް ބަހައްޓަން ފެނޭ

  2. ނޮޓްއެލޯން

    މާލެ އާއި ހުޅުމާލެ ދެމެދު ދަތުރު ކުރާ ބަސް ދަތުރު ރަށުތެރެއަށް ދަތުރު ކުރާ ގޮތަށް އެހަދަނީ އެއީ އިބޫގެ ވެރިކަމުގައި ހުރި ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރު ކަމަށް ކޮލިފައިވާ ފުރަތަމަ މިނިސްޓަރު ކަމުގައިވާ ޖޭޕީގެ ރައީސް ގާސިމްގެ އަނބިގޮއްޔެ އޭ އެއީ ގާސިމް ފަދަ ހީވާގި މުރާލި ކަމަނާ އެއް ކަމަށް މަމެންނަށް ފީލް ވެއޭ މަމެން މިވަނީ ޓްރާންސްޕޯރޓް މިނިސްޓަރާއި އެކުއޭ ސަމްތިންގް ވިޝްޕަރ އިން މައި އިއަރ އެން ސޭ ޔޫއާރ ނޮޓް އެލޯން ޔޫއާރ ނޮޓް އެލޯން ވީއާރ ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަޕާރޓް ޔޫއާރ ނޮޓް އެލޯނ ނޮޓް އެލޯން ނޮޓް އެލޯން...

  3. ބަސް ސްޓޮޕް

    ދެން މާލެ ކޮޅުން ބަސް ނައިސްގެން ހުޅުމާލެ އަށް ނުދެވި ޓާމިނަލް ތެރެ ފުރި އެެއްބަޔަކު އަވީގަ ތިބެ ހަނާވާންވީ...

  4. ރަނި

    ރައީސް ޔާމީންގެ ތަރައްގީ. ޝުކުރިއްޔާ ޔާމީން.