ގިނަބަޔަކު އެދެމުން އައި ގޮތަށް މާލޭގައި މަޝްހޫރު "ސަބްމޯ" އިން "ސަބްމޯ ސެންޓްރަލް"ގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ސަބްމޯއަކީ މީގެ ކުރިން ހަމައެކަނި ތަންތަނަށް ސަބްމެރިން ޑެލިވަރީ ކުރަމުން އައި ތަނެކެވެ. ނަމަވެސް މީގެ ދެ ދުވަހެއް ކުރިން ސަބްމޯ އިން މި ވަނީ މާލޭގައި ވަރަށް ހިތްގައިމު ރެސްޓޯރެންޓެއް ހުޅުވާފައެވެ. އެ ރެސްޓޯރެންޓް ހުޅުވައިދެއްވީ މަޝްހޫރު ފުޓްބޯޅަ ކޯޗް އަލީ ސުޒައިން އާއި، ބާސްކެޓް ބޯޅައިގެ ތަރި އިބްރާހިމް ރަޝްވާން އާއި ވޮލީގެ ތަރި ޝާހުއެވެ.

ފަރީދީމަގުގެ ކުރީގެ ހަމީދިއްޔާ ހުންނަ ތަނުގައި ހުޅުވާފައިވާ ސަބްމޯގެ ފުރަތަމަ ރެސްޓޯރެންޓުން ސަބްމެރިންގެ ގިނަ ބާވަތްތަކެއްގެ އިތުރުން، އިންޑިއަން ފުޑް، އަދި ވެސްޓާން ފުޑް ފަދަ އެއްޗެހި ލިބޭނެއެވެ.

 

ސަބްމެރިންގެ އާ ވައްތަރެއްކަމުގައިވާ ޕްރައުން ސަބްމެރިންވެސް ލިބެން ހުންނަ ސަބްމޯއިން ބީފް ސަބްމެރިން، ޗިލީ ޗިކަން ސަބްމެރިން، ޗިކަން ސަބްމެރިން، ޓޫނާ ސަބްމެރިން ވިއްކައެވެ. މި ސަބްމެރިން ރެސްޓޯރެންޓުގެ އިތުރުން، މާލޭގެ ކޮންމެ ތަނަކަށާއި، ހުޅުމާލޭގެ ކޮންމެ ތަނަކަށް ޑެލިވަރީވެސް ކޮށްދެއެވެ.

ގިނަބަޔަކު މިހާރުވެސް ބުނާގޮތުގައި، ސަބްމޯގެ ސަބްމެރިން ތަފާތުވެފައި ވަރަށް މީރެވެ. އަދި ދެވަނަ ފަހަރަށް، ތިން ވަނަ ފަހަރަށްވެސް އެތަނުން ސަބްމެރިން ގަތުމަށް އޯޑަރު ދެވެއެވެ. އަދި ސީދާ ހުޅުމާލެ އިން މާލެއަށް ސަބްމޯ ސަބްމެރިން ކާން ބޭނުންވެގެން އަންނަ މީހުންވެސް މަދެއް ނޫނެވެ.

އެތަނުގެ ސަބްމެރިން މީރުކަމުގެ ވާހަކަ ދައްކަމުން އަންނައިރު، އަބަދުވެސް އެ ކޮލެޓީގައި ހިފެހެއްޓުމަށް ސަބްމޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަބްމޯއަކީ މާލޭގައި ހަމައެކަނި ސަބްމެރިން ޑެލިވަރީކޮށްދޭ ކުންފުންޏެވެ. އެ ކުންފުންޏަށް ލިބުނު މަގުބޫލުކަމާއެކު، އެ ކުންފުނީގެ ހާއްސަ ރެސްޓޯރެންޓެއް ހުޅުވައި، ޔަގީނުންވެސް ގިނަ ކަސްޓަމަރުންގެ އެދުނު އެދުން ފުއްދިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޭމާޓް

    އަޞްލުވެސް ވަރަށް ސަޅި ސަބް. އަދި އެހަރަ މިލްކް ޝޭކްތަކެއްވެސް ދޯ އޮބިނޯވޭ... ކުޅު ދިޔާވެއްޖެ، މިނައްޓާލަނީ ސަބެއް ކާލަން...

  2. ސަބްމޯ އަށް މަރެއް

    ޥަރަައް ހިއްގައިމު މާހައުލެއް،އިންޑިއަން ފުޑް ރަހަތައް އެހާމެ މީރު ،ސަބްމޯ ސަބްމެރިން ވަރެއް ހަމަނެތް،މިލްކްޝޭކްރަހަތައް އެހާމެ މީރު،
    ޟަރުހަބާ ސަބްމޯ މެނޭޖްމަންޓް އަށް އަދި މުއައްޒަފުން ނަށް،ކޮލެޓީ ހިފަހައްޓާތި.

  3. ޝަރޫ

    ސަބްމޯގެ ސަބްމެރިން ވ.މީރު..ލިބުނު ކުރިއެރުމަށް މަރުޙަބާ...