24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާއި ބެހޭގޮތުން މާލޭ ރައްޔިތުންގެ ޚިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ 24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމުގައި ޢަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ އުޞޫލެއް ކަނޑައަޅައިފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެމިނިސްޓްރީއާ ޙިއްޞާކުރެއްވުމަށް ވެސް އަންގަވައިފައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ވީމާ، މިމައްސަލައާ ބެހޭ ގޮތުން މާލޭ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތެއް ބެލުމަށް ސިޓީ ކައުންސިލުން ވަނީ 02 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 20:30 ގައި ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައި ކަމަށް އިއުލާނުގައި ވެއެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެދި މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ 24 ގަޑި އިރު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމާއި މެދު އާންމުންގެ ޚިޔާލު މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް މިހާރު ފުރުސަތު ހުޅުވާލާފައެވެ.

ކުރިން މާލޭގެ ވިޔަފާރިތައް 24 ގަޑި އިރު ހުޅުވުމުގެ ހުއްދަ ދެއްވި ނަަމަވެސް ކުށް ކުރުން އިތުރުވުމާއި ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން ރައީސް ވަަހީދުގެ ވެރިކަމުގައި ވަނީ ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށްފައެވެ. ރައީސް ޔާމީންގެ ސަރުކާރުން ވެސް ވަނީ އެނިންމުން ދަމަހައްޓާ އަދި ކުރިއަށް ވުރެ ވިޔަފާރިތައް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ރަށްފުށު މީހާ

  މާލޭ ރައްޔިތުންނެއް ނޫނޭ މިތަނުގަ ވިޔަފާރި ކުރަނީ.... ތަފާތުކުރުން އިންތިހާއަށް ބޮޑު ސަރުކާރެއް......

 2. ތިޔައީ އިސްލާމްދީނުގައި ނުރުހޭ ކަމެކޭ ދެންނެވިދާނެއެވެ. އެހެނީ. ކީރިތި ރަސޫލާ ބާރުއަޅުއްވަނީ ޢިޝާ ނަމާދަށް ފަހު މުހިއްމު ކަމެއް ނެތް ކަމުގައި ވަނީނަމަ އަވަހަށް ނިދުމަށެވެ. އެއީ، ފަތިސް ނަމާދަށް ދިޔުމަށް ބާރ ުއެޅުމުގެ ގޮތުންނެވެ. މުހިއްމު ކަމަކާ ނުލައި ޢިޝާނަމާދަށް ފަހު ރޭގަނޑު ހޭލައި އުޅުމަކީ މަކުރޫޙަ ކަމެކެވެ.

 3. ޕެޓްރޯލު ވިއްކާ ތަން ތަން ބެހެއްޓުން އޯކޭ

  • އޭރުންްދޯ ކަލޭމެނަށް ބާރުބާރަށް މަގުމަތީ ސައިކަލް ދުއްވޭނި.މިހާރުވެސް ނިދަން ތިދަނީ ޕެޓްރޯލް ހުސްވެ އެިރުއެރީމި.ކަލޭ ދަންވަރު ހޭލާ އުޅޭ މީހުނާ ހެދި މިތާ ދިރިއުޅޭ މީހުންނަށް އަރާމު ފުން ނިންޖަކުން ނިދާނުލެވެ.މަސައްކަތައް ދާން މިޖެހެނީ ވަރުބަލިކަން ނުފިލާ ހުރެ.ދެން އެކި ކަހަލަ ބަލިތައް ގިނަ ވީމަ ގިނަ ވާ ވާހަކަ ކިޔާނި

 4. 24 ގަޑިއިރު ކަމަކުނުދޭ. 11 ޖަހަންދެން އޯކޭ. 10 ތަންކޮޅެއް އަވަހީ.

 5. ކަންތަކާޖެހުނީ

  ރައްޔިތުންގެ ރައީސް މި ބަލަނީ ހަމައެކަނި މާލޭމީހުންގެ ހިޔާލުފުޅު އެކަނިތޯ؟

 6. ހުސް ވަގުން ތީ

  މަގުމަތީ ކުނާ ފަތުރައިގެން ތިބެ 24 ގަޑިއިރު ރާ ވިއްކުމާމެދުވެސް އަދި މާލޭ ރައްޔިތުންގެ ޚިޔާލު ހޯދާނެ. ބޮޑު އަޣުލަބިއްޔަތެއް ތާއީދުވެސް ކުރާނެ.

 7. ލިބޭލާޜިގިނަވާނެތީ ވިޔަފާރިވެރިން ބުނާނީ އާޢެކޭ އެކަމަކު އާއްމު މސްލަހަތަށްޓަކައި ޢެއީ ކުރަން އެހާ ރަނގަޅު ކަމެއްނޫން

 8. އަޖާބުހީވޭ. މާލޭގަ އެކަނިތަ ވިޔފާރި ވެރިން ތިބީ. މި އެމް ޑީ ޕީ ބައިގަޑު މި އުޅެނީ ކޮންފާޑަކަށްތަ

 9. ތި އިންސާނުންގެ ތޮބިޔާތާ ހިލާފު ކަމެއް.މިހާރުވެސް ގިނައީ ވަޒީފާއަކަށް ނުގޮސް ރޭނގަޑު ގަޑަތެޅޭ މީހުން. އެމީހުންނާ ހެދި އެހެންމީހުންނަށް ނިދޭ ވަރެއްނުވޭ.މާލޭ މަގުމަތިން އަޑު ކެޑޭ އިރެން ނާދޭ. ދުނިޔޭގެ އެހެންތަންތާވެސް ރޭގަނޑު 8 ޖަހާއިރު ފިހާރެތައް ލައްޕާ،9 ޖާހާއިރު މަގުތައް ހިމޭންވޭ.. މިހާރުވެސް ރާއްޖޭގައި ޒުވާން ޖީލު ތެޅެނީ ނުނިދާ.ފަތިހު ހޭލާގެން މަސައްކަތެއް ފެސުމުގެ ބަދަލުގައި،ނިދާފަތިބި މީހުންނައްވެސް ޖެއްސުން ކުރަނީ. ސާރުކާރުން މިކަން ބަދަލު ނުކޮން އާމާން މާހައުލެއް ނުލިބޭނެ.ދިގުމުއްދަތަކަށް ބާލާ އިރު ނުނިދާ އެގޮތަން އެޅޭ ޒުވާން ޖީލު ބަލި މަޑުކަމެއްގެ ތެރެއަށް ހިނގައިދާނެ

 10. ޖަރީމާތައް ހިންގުމުގެ ފުރުސަތު ހުޅުވާލެނެވީ.

 11. ކުދިންކޮޅެއް ގެންގޮސްގެން ޚިޔާލުހޯދާ އޭރުން ފާސްވެދާނެ. އަހަރެން އެއްބަހެއްނޫން. 10:30 ނުވަތަ 11 އޯކޭ، ރަނގަޅީ 9 ޖެހީމަ ބަންދުކުރަންވީ އަވަހަށްނިދާފަ ފަތިހު ހޭލާ ނަމާދުކުރަންވީ ދެން 6:00 ގަ ހުޅުވަންވީ،

 12. ތާއީދެއް ނުކުރަން.