ޖަރުމަނުގެ ހާއްސަ އުފެއްދުމެއް ކަމަށްވާ "މިންޓަނައިން ބްލޫލެމަނޭޑް" ހެޕީމާކެޓުން ތައާރަފްކޮށްފި އެވެ. މި ބުއިމަކީ މިންޓް، ލެމަން އަދި ލައިމް ފްލޭވާ ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް މީރު ބުއިމެކެވެ.

މިންޓަނައިން ބްލޫލެމަނޭޑް އަކީ އެއްގޮތަކަށް ވެސް އެނާޖީ ޑްރިންކެއް ނޫނެވެ. އަދި އޭގައި އެއްވެސް ވަރަކަށް ކެފޭންގެ ބައިތައް ނުހިމެނޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ ޒުވާނުންނަށް ވަރަށް އެކަށީގެންވާ ބުއިމެކެވެ.

ޔޫރަޕްގެ މާކެޓްގައި ލައިފްސްޓައިލް ޑްރިންކެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މިންޓަނައިން ބްލޫލެމަނޭޑް އަކީ ހޫނުގަދަ ދުވަހެއްގައި ކަރުތެރެއަށް ތާޒާކަން ގެނެސްދޭނެ ތަފާތު މީރު ބުއިމެކެވެ. މީގެ އިތުރުން، މިންޓަނައިން ބްލޫލެމަންޑް އަކީ ރިސޯޓް ތަކުގައި ތަފާތު ވައްތަރުގެ ޑްރިންކް މިކްސް ހެދުމަށް ވަރަށް ކަމުދާނެ ބުއިމެެކެވެ.

މިންޓަނައިން ބްލޫލެމަނޭޑްގެ ރަހަ ދެއްކުމުގެ ހަރަކާތްތަކެއް ޑިސެމްބަރު މަހުގެ ތެރޭގައި ހިންގަން ހެޕީމާކެޓުން ވަނީ ނިންމާފައެވެ. މީގެއިތުރުން، "މިންޓަނައިން ބްލޫލެމަނޭޑް"އަށް ހާއްސަ ފޭސްބުކް އަދި އިންސްޓަގްރާމް ކޮންޓެސްޓެއްވެސް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެއެވެ.