ރެއިންބޯއިން އަހަރުގެ ފަހުކޮޅާއި ދިމާކޮށް ވަރަށް ހާއްސަ ސޭލެއް ފަށައިފިއެވެ.

"އިޔާ އެންޑް ސޭލް 2018"ގެ ނަމުގައި މިއަދު ފެށި ސޭލް ކުރިއަށް ދަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސޭލް ރެއިންބޯ އެންޓަޕަރައިސަސް އިން މާލެއާއި އަތޮޅުތަކުގައި ހިންގަމުން އަންނަ ހުރިހާ ފިހާރަތަކުގައި ކުރިއަށްދާނެއެވެ. ރެއިންބޯގެ ފިހާރަތަކުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް މި ސޭލްގައި ބައިވެރިވެވޭނެ ކޫޕަނެއް ލިބިގެންދާނެއެވެ.

ސޭލްގެ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް އައިފޯން 10 އެކްސް މެކްސް އެއް ލިބޭނެ ކަމަށް ރެއިންބޯއިން ބުނެއެވެ. ސޭލްގެ ގުރުއަތުލުން އޮންނާނީ 31 ޖެނުއަރީވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:00ގައި ރެއިންބޯ ބިލްޑް ވެއާގައެވެ.