އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓުގެ މޭޒުތައް ދޫކުރުން ޑިސެމްބަރ 4 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށް ނައިޓް މާކެޓު އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ވިދާޅުވެއްޖެއެވެ.

ނައިޓް މާކެޓު އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ހާމަކުރެއްވި ގޮތުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓުގައި 6 ސައިޒެއްގެ މޭޒުތައް ހުންނާނެއެވެ. އެގޮތުން އެންމެ ކުދި މޭޒުތަކުގައި 6 ސްކެއާ މީޓަރ ހުންނައިރު އަގު އުޅެނީ 6000ރ އަށެވެ. އެ ސައިޒުގެ 161 ސްޓޯލް ބަހައްޓާއިރު، 8000ރ އަށް ދޫކުރާ 8 ސްކެއާ މީޓަރުގެ 4 މޭޒާއި، 9000ރ އަށް ދޫކުރާ 9 ސްކެއާ މީޓަރުގެ 46 މޭޒު ހުންނާނެއެވެ. އަދި 12000ރ އަށް ދޫކުރާ 12 ސްކެއާ މީޓަރުގެ ފަސް މޭޒުގެ އިތުރުން 36000ރ އަށް ދޫކުރާ 36 ސްކެއާ މީޓަރުގެ އެއް މޭޒު އަދި 90000ރ އަށް ދޫކުރާ 90 ސްކެއާ މީޓަރުގެ އެއް މޭޒުވެސް ނައިޓް މާކެޓުގައި ހުންނާނެއެވެ.

ނައިޓް މާކެޓުގެ ފްލޯ ޕްލޭން

ނައިޓް މާކެޓު އިންތިޒާމްކުރާ ލިކަމެކް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދަރުބާރު ގެއާއި، ދަރުބާރުގޭ ސަރަހައްދުގައި މިފަހަރު ބާއްވާ ނައިޓް މާކެޓުގައި ޖުމްލަ 218 މޭޒު ބަހައްޓާނެއެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ މޭޒު ދޫކުރުމަށް ފުރަތަމަ ދޫކުރާނީ 100 ނަންބަރު ކަމަށާއި، އެއަށްފަހު އަންނަ މީހުންގެ ނަން ވެއިޓް ލިސްޓް ކުރާނެ ކަމަށެވެ.

ނައިޓް މާކެޓުގެ މޭޒުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް ޝީ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައެވެ. އެއް ފަރާތަކަށް މިފަހަރު ގިނަވެގެން އެއް ބޭފުޅަކަށް ނެންގެވޭނީ 2 މޭޒު ކަމަށް ކަނޑައަޅާފައިވާއިރު، މޭޒު ނަންގަވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް އިލްތިމާސް ކުރައްވައެވެ.

2019 އެޕްރީލް 18 އިން 27 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 9409999 އަށް ގުޅުމަށް ނައިޓް މާކެޓު އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން އެދިލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޢީދު

    މިކަހަލަ ގޮތްނޭނގޭ ތަންތަނުން އިންތިޒާމްކުރާ ފަރާތްތަކަށް ފައިސާ ދޭން ހެޔޮވާނެބާ؟ ގިނަފަހަރު މިފެންނަނީ މަކަރުހަދައިގެން މީހުން އަތުން ފައިސާ ހޯދާ ދެން ޚަބަރެއް ނުވެގެން އުޅޭތަން. އަނެއްކާ އެހެރަ އަގުތަކެއްވެސް ބަލާލަ ބަލަ.. މިހާރު މަގުމަތީ ބާޒާރުން ބޯޑު ފައިދާއެއް ނުނެގޭނެ.. މީހުން ލަންކާ، އިންޑިއާ މެލޭޝިޔާއަށް ގޮސް ތިޔަށްވުރެ މާ އަގުހެޔޮކޮށް ތަކެތި ގަނެލައިގެން އެ އަންނަނީ.. ސަމާލުވޭ ...

  2. އަލްޖިބްރާ

    މާލޭގެ ބޮޑެތިމަގުތަކުގައި ތިޔަ ވިޔަފާރި ބާއްވައިގެން އުޅޭއިރުވެސް އޮންނަނީ މީހުނަށް ހިގައިނުގަނެވިފަ ! ތިޔާމާލަން ތަކުގައި ތިޔަފަދަ ވިޔަފާރިއެއްބޭއްވުމަކީ ވަރަށް ތަންދޮރު ނުދަންނަ ބަޔަކު ކުރާކަމެއް ! ތިޔަތަނުގައި މީހުންގަޑު ތާށިވުން ނޫން ކަމެއް ނުވާނެ ! ތިޔަށްވުރެ ސެނެހިޔާކުރިމަތިން އޮތް ހުސްބިމުގައި ތިކަންކުރިއަސް ވަދެނިކުމެވާމީހުނަށް

  3. އަލްޖިބްރާ

    މާލޭގެ ބޮޑެތިމަގުތަކުގައި ތިޔަ ވިޔަފާރި ބާއްވައިގެން އުޅޭއިރުވެސް އޮންނަނީ މީހުނަށް ހިގައިނުގަނެވިފަ ! ތިޔާމާލަން ތަކުގައި ތިޔަފަދަ ވިޔަފާރިއެއްބޭއްވުމަކީ ވަރަށް ތަންދޮރު ނުދަންނަ ބަޔަކު ކުރާކަމެއް ! ތިޔަތަނުގައި މީހުންގަޑު ތާށިވުން ނޫން ކަމެއް ނުވާނެ ! ތިޔަށްވުރެ ސެނެހިޔާކުރިމަތިން އޮތް ހުސްބިމުގައި ތިކަންކުރިއަސް ވަދެނިކުމެވާމީހުނަށް ތަންފުކެއް ފަސޭހަވެފާ ސާފުތާހިރު ކުރާބަޔަކަށްވެސް ފަސޭހަވާނެ ! ކަލޭމެން ކަންތަށް ކުރަނީ ކުރަފީގެ ސިކުޑިންތަ ؟

  4. ލަބީބު

    އައްޑޫގައި ކަނޑުމްގުން އަޅަން ވަޢުދުވި 13 މޭލްގެ ބްރިޖްގެ މަތިން ރައްޔިތުން ހަނދާންނައްތާލާ ވަރުތޯ ތިޔަ ކުރަނީ؟