މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށްބުނެ އެ ކުންފުނީގެ ނަމުގައި އެކި ފަރާތްތަކަށް ގުޅާ ރިޗާޖް ކުރުމަށް އެދި އެ ކުންފުނިން ނުގުޅާނެކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، ދީނީ ސުވާލުތައްކޮށް އަދި ސުވާލުތަކަށް ޖަވާބުދެވޭ ފަރާތްތަކަށް ބެޑްރޫމްސެޓެއް ލިބޭނެ ކަމަށާއި އަދި އެފަރާތުގެ ފޯނަށް ވަކި އަދަދަކަށް ރާސްޓަސް ނުވަތަ ރިލޯޑް ފޮނުވައިދިނުމަށް އެދި ކަސްޓަމަރުންނަށް ގުޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާ ނުވަތަ ރާސްޓަސް/ރިލޯޑް ކުރުމަށް ހުށަނާޅާނެ ކަމުގައި ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަން" މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ ކުންފުނިން ހިންގާ ޕްރޮމޯޝަނެއް ކަމަށްބުނެ ރާސްޓަސް ނުވަތަ ރިލޯޑް ހޯދުމަށް ހިންގަމުންދާ ކަންކަމަކީ، ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްޞަދުގައި ހިންގާ އަމަލެއް ކަމުގައި ބެލެވޭތީ، މިފަދަ ފޯންކޯލެއް ލިބިވަޑައިގެންފިނަމަ އެ ކުންފުންނީގެ ނަންބަރު 3335614 ފޯނަށް ގުޅުއްވައި އެކަމުގެ މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށްވެސް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ.
އެކި މުއައްސަސާތަކާއި ވިޔަފާރިތަކުގެ ނަންނަމުގައި އެކި ފަރާތްތަކަށް ގުޅާ އޮޅުވާލުންތަކުގެ ތެރެއިން ފައިސާ ހޯދާކަމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދާއިރު، އެއްވެސް ފަރާތެއްގެ ނަމުގައި ހިންގާ ޕްރޮމޯޝަނެއްގައި އިނާމު ލިބޭނެ ކަމަށްބުނެ ރިލޯޑް ނުވަތަ ރާސްޓަސް ކޮށްދިނުމަށް އެދުނު ނަމަވެސް އެފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހެއެވެ.
ދިވެހިން ގަމާރުވުން ހުއްޓޭނީ ކޮން ގަރުނެއްގައި ބާ؟؟؟؟؟؟؟؟؟؟
މީހާއަށްވުރެ އަމިއްލަ އެދުން ކުރިއަށް ނެރެވޭތީ އެހެންވަނީ. އުއްތޭ އާއި ހުދުޖަނގިޔާ ވެސް ޑޮލަރަށް ވިކުނީނު.......؟؟؟