ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ޒަމާނީ އެއް ކުންފުނި ކަމަށްވާ ރެއިންބޯ އިން މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށްގެންދިޔަ “ޗާލު ބަދިގެ”ގެ މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.

އެ މުބާރާތަކީ ބަދިގޭގެ ފޮޓޯތައް ހިއްސާކޮށްގެން އޭގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ބަދިގެ ސެޓެއް ދޭގޮތަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ. ނަސީބުވެރިޔާއަށް ބަދިގެ ސެޓާއެކު، ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަރެންސަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗާލު ބަދިގޭގެ ނަސީބުވެރިޔާ އަކީ އައިޝަތު ޝަބީނާ ޅ. ހިންނަވަރު އެވެ.

“ޗާލު ބަދިގެ”ގެ މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކުރި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ (ޖެރީ)

ނަސީބުވެރިޔާ ހޮވާފައި ވަނީ ތިން މީހުން އެކުލެވޭ ޖަޖިންގ ޕެނަލްެއަކުންނެވެ. އެ ޖަޖިންގ ޕެނަލްގައި ހިމެނެނީ, މަރިޔަމް ވަހިދާ, ހިޝާން އަދި ތައުފީގް އެވެ. އެ ނަސީބުވެރިޔާ ހޮވާފައި ވަނީ ޖަޖުން އެ ރަށްރަށަށް ގޮސް. އެ ގެތަކަށް ޒިޔާރަތް ކުރުމަށް ފަހުއެވެ. ޖަޖިން ޕެނަލް އިން ބަދިގެ ތަކުގެ ހާލަތު ބެލިއެވެ.

“ޗާލު ބަދިގެ”ގެ މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކުރި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ (ޖެރީ)

އެ މުބާރާތުގައި 500 އަށްވުރެ ގިނަ ފޮޓޯ ލިބިފައިވާކަމަށް ރެއިންބޯ އިން ބުންޏެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަމުގެ އުފާވެރި ހަބަރު ރެއިންބޯއިން ވަނީ ދީފައި ވެއެވެ.

ޝަބީނާ ހުރި އެ ބަދިގެ ސެޓްގެ ނަސީބުވެރިއަކަށް އޭނާ ހޮވުމުން ވަރަށް ބޮޑަށް އުފާވެފައެވެ.

އެ މުބާރާތުގެ ޖަޖްކަންކޮށްދިން މަރިޔަމް ވަހީދާ ބުނީ، މުބާރާތުގެ ޖަޖްކަން ކޮށްފައި ވަނީ އެމުބާރާތަށް މީހުން ފޮނުވި ފޮޓޯތަކުގައިވާ ބަދިގެތައް ބަލާލުމަށް އެ ރަށްރަށަށް ގޮސްގެން ކަމަށެވެ. އަދި އެ މުބާރާތަށް 500 އެއްހާ ބަދިގޭގެ ފޮޓޯތައް ފޮނުވިއިރު، އޭގެ ތެރެއިން ތިން ޖަޖުންގެ އިއްތިފާނުން 150 ބަދިގޭގެ ފޮޓޯތައް ހޮވިއެވެ. އަދި އެ 150 ބަދިގޭގެ ފޮޓޯތަކުގެ ތެރެއިން 10 ބަދިގެއެއްގެ ފޮޓޯ ނެގުމަށްފަހު، އެ ބަދިގެ ސެޓްތައް ބަލާލުމަށް ޖަޖުން ރަށްރަށަށް ދިޔައެެވެ.

“ޗާލު ބަދިގެ”ގެ މުބާރާތުގެ ނަސީބުވެރިޔާ އިއުލާނުކުރި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ (ޖެރީ)

ޝަބީނާއަށް ރެއިންބޯ ޗާލު ބަދިގޭގެ ނަސީވުވެރިޔާއަށް ހޮވާފައި ވަނީ ތިން ޖަޖުންގެވެސް އިއްތިފާތުންނެވެ.

އެ މުބާރަތް ހުލުވާލާފައި ވަނީ 15 ސެޕްޓެމްބަރ އިން އޮކްޓޯބަރ 15 އަށެވެ.

ރެއިންބޯއިން ވަނީ ރާއްޖެ އަށް ޖަރުމަންވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ނޮބީލިއާ ބަދިގެ ސެޓްތައް ތަޢާރަފް ކޮށްފައެވެ. ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް ބޭނުން ކުލައެއްގައި އަދި ބޭނުން ޑިޒައިނަކުން ނޮބީލިއާގެ ބަދިގެ ސެޓް ލިބޭނެ ގޮތް ރެއިންބޯއިން ވަނީ ހަމަޖައްސާފައެވެ.