މަޝްހޫރު "ވާވޭ" ބްރޭންޑުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމުގައިވާ މޭޓް 20 އަދި 20 ޕްރޯ އަށް ޕްރީ އޯޑަރު ދޭން ބޭނުންވާ ފަރާތްތަކަށް، ރާއްޖޭގެ އެންމެ މަޤުބޫލު މުވާސަލާތީ ކުންފުނި ދިރާގުން ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ފޯނުގެ މެމޮރީ ސައިޒް އާއި ކުލަ ކުރިން ކަނޑައަޅަން ޖެހޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ދިރާގުން އިތުރަށް ބުނެފައިވާ ގޮތުގައި ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ކޮންމެ ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ހިލޭ 5 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. ހަމައެހެންމެ، ފޯނުގެ ސްޓޮކް ލިމިޓެޑުކަމަށާއި ކުރިން ގަންނަން އަންނަ ފަރާތަކަށް ކުރިން ފޯނު ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލަމްޓް މެދުވެރިކޮށް ފޯނު ނެގޭނެއެވެ. ކޮންމެ މަހެއްގެ ބިލަށް އިތުރުވެގެންދާ ގޮތަށް ފޯނު ނެގޭއިރު، މޭޓް 20 ގެ އެޑްވާންސް ޕޭމަންޓް އެއްގެ ގޮތުން ދައްކަން ޖެހޭނީ 2999 ރުފިޔާ އެވެ. ކޮންމެ މަހަކު ދައްކަން ޖެހޭނީ 988 ރުފިޔާ އެވެ.

މީގެއިތުރުން، މޭޓް 20 ޕްރޯ ގަންނަ ފަރާތްތަކުން އެޑްވާންސް ކޮށް 2999 ދައްކަން ޖެހޭއިރު ކޮންމަ މަހަކު ދައްކަން ޖެހޭނީ 1148 ރުފިޔާ އެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި ފުރުޞަތު ހުޅުވާލާފައިވެއެވެ. އޭގެތެރެއިން މޭޓް 20 ގަންނަ ފަރާތްތަކުން އެޑްވާންސް ކޮށް 10،999 ދައްކަން ޖެހޭއިރު މޭޓް 20 ޕްރޯ ނަމަ ދައްކަން ޖެހޭނީ 15،999 ރުފިޔާ އެވެ.

ފޯނާއެކު އިތުރު ހަދިޔާތައްވެސް ދޫކުރާއިރު، މޭޓް 20 ގަންނަ ފަރާތްތަކަށް ފްލިޕް ކަވަރެއް ލިބޭނެއެވެ. އަދި 20 ޕްރޯ ގަންނަ ފަރާތްތަކަށް ވަޔަރލެސް ޗާޖަރެއް ލިބޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާން

    މިދެން ބޮޑުވަރު ހުރިހާކަސްޓަމަރުން ދަރަނިވެރި ތިކުރަނީ ބޭންކު ލޯންނެގީމަ ރިބާ ކާ ކަމައްވަނީ ދޯ ހުރިހާ އެންމެން ދިރާގަ ދަރާފަ މިތިބެނީ އަދިވެސް ފެލުނުވަރު ކުޑަކަމުބް ދޯ