ވާވޭ މޭޓް 20 އަދި 20 ޕްރޯ ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

މަޝްހޫރު "ވާވޭ" ބްރޭންޑުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމުގައިވާ މޭޓް 20 އަދި 20 ޕްރޯ ރާއްޖޭގެ އެންމެ މަގުބޫލު މުވާސަލާތީ ކުންފުނި ދިރާގުން މިރޭ ވިއްކަން ފަށައިފިއެވެ.

މިރޭ ދިރާގުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ  މޭޓް 20 އަދި 20 ޕްރޯ އަށް ޕްރީ އޯޑަރ ދިން ފަރާތްތަކަށް ފޯނު ހަވާލުކޮށްފައެވެ.

މި ރަސްމިއްތާތުގައި ވާހަކަފުޅު ދައްކަވަމުން ވާވޭގެ ޖެނެރަލް މެނޭޖަރު ސްރީލަންކާ, ކަލްޕާ ޕެރާރާ ވިދާޅުވީ ވާވޭއާއި ދިރާގާއި މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ވާވޭގެ މޭޓް20 ޕްރޯގައި އެހެން ފޯނުތަކުގައި ނުހިމެނޭ އެތަކެއް ފީޗަރ ހިމެނޭނީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވާވޭ މޭޓް 20 އަދި 20 ޕްރޯ ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

"ދިރާގާއި ވާވޭއަކީ ވަރަށް ގާތް ދެ ކުންފުނި.. ވާވޭ މޭޓް 20ގައި ހިމެނޭނީ ވަރަށް ފާސްޓް ޗިޕް އެއް. އަދި އެ ފޯނުގެ ބެޓެރީ ވަރުގަދަކޮށް ވާނެ" ކަލްޕާ ވިދާޅުވި އެވެ.

ވާވޭ މޭޓް 20 އަދި 20 ޕްރޯ ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލަމްޓް މެދުވެރިކޮށް ފޯނު ނެގޭނެއެވެ. ކޮންމެ މަހެއްގެ ބިލަށް އިތުރުވެގެންދާ ގޮތަށް ފޯނު ނެގޭއިރު، މޭޓް 20 ގެ އެޑްވާންސް ޕޭމަންޓް އެއްގެ ގޮތުން ދައްކަން ޖެހޭނީ 2999 ރުފިޔާ އެވެ. ކޮންމެ މަހަކު ދައްކަން ޖެހޭނީ 988 ރުފިޔާ އެވެ.

މީގެއިތުރުން، މޭޓް 20 ޕްރޯ ގަންނަ ފަރާތްތަކުން އެޑްވާންސް ކޮށް 2999 ދައްކަން ޖެހޭއިރު ކޮންމަ މަހަކު ދައްކަން ޖެހޭނީ 1148 ރުފިޔާ އެވެ.

ވާވޭ މޭޓް 20 އަދި 20 ޕްރޯ ތަޢާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ވަނީ މި ފުރުޞަތު ހުޅުވާލާފައިވެއެވެ. އޭގެތެރެއިން މޭޓް 20 ގަންނަ ފަރާތްތަކުން އެޑްވާންސް ކޮށް 10،999 ދައްކަން ޖެހޭއިރު މޭޓް 20 ޕްރޯ ނަމަ ދައްކަން ޖެހޭނީ 15،999 ރުފިޔާ އެވެ.

ވާވޭގެ އެންމެ ފަހުގެ ފޯނުތަކާއި އެކު ހަދިޔާތައްވެސް ދޫކުރާއިރު، މޭޓް 20 ގަންނަ ފަރާތްތަކަށް ފްލިޕް ކަވަރެއް ލިބޭނެއެވެ. އަދި 20 ޕްރޯ ގަންނަ ފަރާތްތަކަށް ވަޔަރލެސް ޗާޖަރެއް ލިބޭނެއެވެ

ވާވޭގެ ފޯނުތަކަށް 1 އަހަރު ދުވަހުގެ ވޮރެންޓީ އެއް ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު