އިންޝްއަރެންގެ ދާއިރާ އިން ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާކަމަށްވާ އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަމުގެ ނޯޓިސް އެސްޓީއޯގެ ބޯޑަށް އިއްޔެ ފޮނުއްވައިފި އެވެ.

އެލައިޑް އިންޝްއަރެންސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެހެންކަމުން އެލައިޑް އިންޝްއަރެންސްއަށް މެނޭޖިން ޑިރެކްޓަރު އައްޔަން ކުރަނީ އެސްޓީއޯގެ ބޯޑުންނެވެ.

އަމީލް ވިދާޅުވީ އޭނާ އެލައިޑް އިން އިސްތިއުފާ ދެއްވަން ނިންމަވައި ތިން މަހުގެ ނޯޓިސް ފޮނުއްވާފައިވާ ކަމަށެވެ.

އަމީލް ވަނީ އިންޝުއަރެންސް ދާއިރާ އިން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވާ ވިދާޅުވެފައެވެ. އޭނާ ވަނީ އެލައިޑްގައި 24 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ.

2013 ވަނަ އަހަރުން ފެށިގެން އެލައިޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އަމީލްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވެއެވެ. ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ ވަނީ، 120 މިލިޔަން ޑޮލަރަށް މިހާރު އަރާފަ އެވެ.

1985 ވަނަ އަހަރު އުފެއްދި އެލައިޑް އިންޝްއަރެންސް އަކީ މިހާރު ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިތުބާރު ކުރާ އެންމެ ބޮޑު އިންޝްއަރެންސް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުނާ

    މަށަށް ކަޑަ އެލައިޑު

  2. ދަލޭކާ ދިޔެ

    ތިޔަ އެލައިޑަކީ ތީ ހުސް މަކަރު ހަދާ މީހުންގެ ދިރިއުޅުން ހަލާކު ކުރާ ތަނެއް.. ތި ތަންވެސް ނައްތާލަން ވީ..

  3. ޢަސްްޖަ

    މީހާދަ ދެރަ ކަމެކޭ. 2013 ވެރިކަމަށްއައިސް ރައީސް ޔާމީން މިގޮތައް ތަންތަނަށް ލާފަ ތިބި ތަޖްރިބާކާރުން ވަކި ކުރިތަނެއް ނުދެކެން. އޭގެ ބަދަލުގަ ފެނުނީ 2008 ގަ ވަޒީފާ ދީފަ ތިބި އިދިކޮޅު ވެރިންގެ އާއިލީ ބޭފުޅުންވެސް ގަޮވައިގެން އުޅުއްވި ތަން. މުލިޔާގެއިން އެތަކެއް ކަމެއް ލީކް ވިއިރުވެސް ރައީސް އިބޫ ގެ ކޮއްކޮ ވެސް ގޮވައިގެން އުޅުނުތަން

  4. ނާއްޕެ

    އަކީލް ކަނޑާލަންޖެހޭތަ ލަސްވެއްޖެ.

    • ރަމްޒީ

      ކަލޯ ނާއްޕެ ރަނގަޅަށް ޚަބަރު ކިޔާފަ ކޮމެންޓް ކޮށްބަލަ. ތިޔަކަހަލަ މީހުންގިނަވީމައޭ މިގައުމު ފަހަތަށް މިދަނީ