ރާއްޖޭގެ ދޮށީގެ މަސްވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް މަތީ ފެންވަރުގެ ރިސޯޓެއްކަމަށްވާ ސޮނޭވާ ޖާނީއިން މަސައްކަތްތަކެއް ފަށައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ރާއްޖޭގެ ސޮނޭވާ ޖާނީ ރިސޯޓުން ވަނީ އިންޓަނޭޝަަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ނ.އަތޮޅުގައި ހުޅުވި ސޮނޭވާ ޖާނީގެ ސޯޝިއަލް އެންޑް އެންވަޔަރުމަންޓަލް އޮފިސަރު އަރްފިން އޮއިންސް ވިދާޅުވީ އެ ރިސޯޓުގެ ފަތުރުވެރިންނަށް ފޯރުކޮށްދެނީ ދޮށީގެ މަސްވެރިކަމާއި ތިމާވެށްޓާއި ރައްޓެހި ގޮތް ގޮތަށް ބާނާ މަސް ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވާކަމަށެވެ.

ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަން ކުރިއަރުވާ މަސްވެރިކަން އިސްތިހާރުކުމަށް ރާއްޖޭގެ ރިސޯޓަކުން ރަސްމީކޮށް ނުކުތް މިއީ ފުރަތަމަ ފަހަރެވެ.

ސޮނޭވާ ޖާނީއަކީ އިންޑިއާ އާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މަހުޖަނު ސޮނޫ އާއި އަންހެނުން އީވާއަށް ނިސްބަތްވާ ރިސޯޓެވެ. މި ދެމަފިރިން ރާއްޖޭގެ ފުރަތަމަ ރިސޯޓެއް ހުޅުވީ މީގެ 20 އަހަރު ކުރިންނެވެ. އެއިރު ހުޅުވާފައިވަނީ ބ.އަތޮޅު ސޮނޭވާ ފުއްޓެވެ.

މަސްވެރިކަމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތެކެވެ. ޒަމާނީ ޓެކްނޮލޮޖީއާއި އެކު މަސްވެރިކަން ކުރުމަށް މިއަދު އެތައް ގުނައެއް ފަސޭހަވެފައިވާއިރު މަސްވެރިކަމަކީ ދިވެހި އެތަކެއް އާއިލާއަކަށް އާމްދަނީ ހޯދައިދޭ ވަސީލަތެކެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މަށްޗައް ބިނާވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.