މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު 985 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އެޖެންސީ، މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 985 މިލިއަން ރުފިޔާއަކ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ވެސް 5.2 ޕަސެންޓް އިތުރު އަދަދެކެވެ އަދި އެއީ ނޮވެމްބރު މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި މިންވަރަށް ވުރެއް 5.3 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު މީރާއަށް އެންމެ ގިނަ ފައިދާ ލިބިފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 643 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީގެ 65 ޕަސެންޓެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ އެހެނިހެން ފީގެ ގޮތުގައި މީރާއަށް ލިބުނު ފައިސާއިންނެވެ

މީރާއިން ބުނިގޮތުގައި މިދިޔަ މަހު މީރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ބޮޑު އިންސައްތައެއް ލިބުނީ ޑޮލަރުންނެވެ. އެގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް 39 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 985 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ މަހުގެ ތެރޭގައި މީރާއަށް ވަނީ 1.03 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހަރާމް ރުފިޔާ ރައްޔިތުން ފެލައިގެން ތިނަގާ އެއްޗަކީ ހަރާމް އެއްޗެއް. ﷲ ސުބުހާނަހޫ ވަތަޢާލާ ކަލޭމެން ތި ޖީ އެސް ޓީ ގާނޫނު ހަދާ އެތަންފީޒުކޮއް އަދި ވަޞުޢީ ގާނޫނު ހަދަން ޚީލޔާލްދިންބަޔަކާ އެތަންފީޒު ކުރަން މަސައްކަތް ކުރާ ބަޔަކައް ލައުނަތް ލައްވަވައިފާދޭވެ.އާމީން.