މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލް އަކީ ރާއްޖޭގައި ތިބި ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއަށް އެންމެ ރަނގަޅު އިނާޔަތްތައް ދެމުން އަންނަ ކުންފުނިކަމަށް އެކުންފުނީގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ފަރާތްތަކާއި އެކުންފުނީގެ ހިދުމަތުން ރިޓަޔާކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާ ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މޫސާ ސޯލިހު ވިދާޅުވީ, އެމްއޭސީއެލްއަކީ, މުވައްޒަފުންނަށް އެންމެ ރަނގަޅަށް ކަންތައް ކޮށްދޭ ކުންފުނިކަމަށް ގަބޫލުކުރާ ކަމަށާއި މިއަދު ފެނިގެން މިދަނީ އޭގެ ނަތީޖާ ކަމަށެވެ.

"އެމްއޭސީއެލް އަކި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އެންމެ ރަނގަޅު އިނާޔަތްތަކެއް ފޯރުކޮށްދޭ ކުންފުނިކަމުގައިވެސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ވަކި އެއްޗެއް ދަންނަވާކަށެއް ނޫން. އެގޮތުން އިންސްޓޯލްމެންޓްގެ ކަންކަން، ކިޔެވުމުގެ ކަންކަން، އަދި މިނޫންވެސް ތަފާތު ލޯން ސްކީމްތަކާއި އެތައް މުވައްޒަފަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގުވެސް މިވަނީ ފަހިކުރެވިފަ. މީގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. މިކުންފުނީގައި ރާއްޖޭގެ އެހެން ކުންފުނިތަކާއި ހިލާފަށް ގިނަ އަދަދެއްގެ ދުވަސްވީ މުވައްޒަފުން މަސައްކަތް ކުރޭ" މޫސާ ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ސޯލިހު ވިދާޅުވީ, އެމްއޭސީއެލްއަކީ އެންމެ ރަނގަޅު މުސާރަ ސްކީމް ގެންގުޅޭ އެއްކުންފުނިކަމަށެވެ.

"އެމްއޭސީއެލްއަކީ، އަޅުގަނޑަށް ދަންނަވަން ކެރޭގެ ރާއްޖޭގައި މިތިބަ ކުންފުނުތަކުގެ ތެރެއިން އެންމެ ރަނގަޅު މުސާރަ ސްކީމް ގެންގުޅޭ އެއް ކުންފުނި ކަމަށް" މޫސާ ސޯލިހު ވިދާޅުވިއެވެ.

2،000 ވުރެއް ގިނަ މުވައްޒަފުން އެމްއޭސީއެލްގައި މަސައްކަތް ކުރާއިރު އެމްއޭސީއެލްއަކީ ރާއްޖޭގެ އޮތް އެންމެ މުވައްޒަފުން ގިނަ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯހަލާކު

    އެހެންވެގެންތޯ އަނގަޔާ އަތާ ދިމާނުވެގެން އެތާ މުވައްޒަފުން އެއުޅުއްވަނީ... އާއިލާ ނަގާ ކޮނޑައް ލައިގެން ...

    • ށަވިޔަނި

      މާލޭގެ ކުލި ބޮޑުވީމާ އަނގަޔާއި އަތާ ދިމާނުވަނީ..

  2. ނީބުމަ

    މޫސާސޯލިހް ތިޔަވިދާޅުވި ވާހަކަވަރަށްރަންގަޅު. ހަމައެއާއެކު ދަންނަވާލަންޖެހެނީ އެންމެހިތްހަމަނުޖެހޭވަާހަކައެއް، ވަރަށްތެދުވާހަކައެއްކުންފުނީގައި ވިހި ތިރީސް އަހަރުވަރަށްބުރަމަސައްކަތްކޮށް އިޚްލާސްތެރިކަމާ ތެދުވެރިކަމާއިއެކު އެދުވަހުއުޅެމުންދިޔަގިނައަދަދެއްގެ މުއައްޒަފުން ހަމައެގޮތުގަމިއަދުވެސް ޚިދްމަތުގަ ދެމިތިބިނަމަވެސް ކުންފުނީގެ މައިއޮފީސް އެއީމުޅިކުންފުނީގެ ޔުނިޓްތަކާއި މުޅިކުންފުނީގެ ހިމެނޭ އެންމެހާ މުއައްޒަފުންގެ ބެލެނިވެރިފަރާތް ކަމުގަވީނަަމަވެސް އެންމެއެދެވޭ ގޮތުގަ އެޒިންމާއުފުލުން ވަނީ މާބޮޑައްފައްސޭހަކޮށް ދޫކޮށްލެވިފާ ކަމުން އިސްވެދެންނެވި ދުވަސްވީ މުއައްޒަފުންގެ އަގުއޭގެއެންމެއެދެވޭގޮތުގަ ވަޒަންކުރުމަގަ އިހްމާލުވެވިފަ،މިސާލަކަށް ދަންނަވާނަމަ އެމުއައްޒަފުންއެހާ ޒަމާންވަންދެން ޚިދްމަތްކުރަމުންދަިޔަނަމަވެސް މިއަދުކުންފުންޏައް އަލައްވަޒީފާއަށް ގުލޭމުއައްޒަފެކޭ ދިވަސްވީތަޖުރިބާހުރިމުއައްޒަފެކޭ އެއްވެސްތަފާތެއްނުވުމާ ވަޒީފާގައި ކުރިއަށްދިއުމުގެ ފުރުސަތު އެޔުނިޓއްގެ އެްނމެއިސް މުއައްޒަފާ އޮންނަޚާއްސަ ގުޅުމުމެއްގެތެރެއިން ރުހުންލިބުމާ ނުލިބުން މިފަދައެތައްއެތައް މައްސަލަތަކެއް ކުރިމަތިވެފާވަނީ އަދިމިއަދުވެސް އެގޮތުގާކަންހިގަމުންދަނީ ކުންފުނީ މައިއޮފީހުން އަޅަނުލާ ފަރުވާކުޑަކޮށްލާތީކަން ވަރަށްހިތާމަ އާއިކުފާހަގަކުރަން. މިމައްސަލަ ހައްލުކޮށްފިނަމަ މިއީހަމަޔަގީނުންވެސް މުޅިކުންފުންޏައް އޭގެސަބަބުން ގިނަގުނަފައިދާލިބިގެންދާނެކަމެއްކަން ފާހަގަކޮށްލަން. ޢަދިމިފަދަ މުހިންމުމައްސަލަތައްހައްލުކޮށް ކުންފުނީގެ ހިންގުންހަރުދަނާ ނުކުރިނަމަ މީގެސަބަބުން ކުރިއަށްއޮތްތަނުގަ ނަހަމަގޮތުގަ ކުންފުނީގެތެރޭ ނާޖާއިޒްއަމަލްތައްމިޙަރައްތުރެ އެތައްގުނައެއް އިތުރުވެ ނޭދެވޭއަސަރުކޮށް ކުންފުނި ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހިދިއުމަކީ ވަރަށްކައިރީގަވާކަމެއްކަން ފާހަގަކޮށްލަން.
    މިކޮމެންޓް ޖަހައިނުދިންނަމަވެސް މިފަދަހަގީގަތްހާމަ ކުރެވޭނެ ވަސީލަތަކީމިއިކަމައް ފެންނާތީ މިޚިޔާލްފާލުކޮށް ދަންނަވާލިން. ޝުކުރިއްޔާ

  3. ޟކޮ

    މުަވައްޒފުންގެ އާއިލާތކާއި ހިސާބުގަނޑު މީހުނައް އެންމެ ގިނަ އިނާޔަތް ދެނީ ޕޮލިހުން. ދަރިންނާއި ދަރިންގެ ދަރިންގެ ދަރިންނައް ދައުލަތުގެ ހަރދުގ ބޭސްފަރުވާއާއި ދައުލަތުގެ ހަރަދުގަ ރާއްޖެއިން ބޭރުގަ އެތައް އަހަރެއް ވަންދެން ޗުއްޓީ ހޭދަކޮއްލުމުގެ ފުރުސަތު

  4. ޒަރީރު ޕީޖީޑީއެމް

    ޢޯކޭ އެކަމު ބޯނަސް ދޭމިންވަރު އެއްމެ ދަށީ އެމްއޭސީއެލް ކަމަށް ނުވޭތޯ؟

  5. ފާތުން.

    ޢެމް.އޭސީ.އެލް ގައި ގިނަ ދުވަސް ވެފައި ތިބި މުވައްޒަފުންނާ ދޭތެރޭގައި ވަރަށް އިހާނެތިކޮން ކަންތައްކޮށްފަވެސް އެބަހުރި މީގެ ކުރިން ދުވަހަކުވެސް ކަންކަން ކޮށްފަ ނުވާގޮތަށް މުވައްޒަފުން ނާދޭތެރޭގަ ކަންކޮށްފަ ހުރީ ކާކުބާ މިކަމަށް އަޅާލީ ބަލާލީ ކުރިން ބުރަކޮށް މަސައްކަތްކޮށްފަ ތިބި އެތައް މުވައްޒަފުނެއް މިއަދު ތިބީ ކަމެއްނެތިފަ ދެއަތް އުރާލައިގެން މީ އިންސާފުތޯ ވަކި ބަޔަކު އިސްވެތިބެ މިހުރިހާކަމެއް ކުރަމުން ދަނީ އެމް.އޭ.ސީ.އެލް އަކީ ކުރީގެ އެމް.އޭ.ސީ.އެލް އެއްނޫން މިތާގަ މިހާރު އޮތީ ބާރުގަދަ މީހާޔަށް ބާރު އެއްބަޔަކު ހަމަ ގަނަތެޅެނީ މީ ވަރަށް ދެރަކަމެއް މި ތަނުގެ ބައެއް އިސްވެރިން ބަދަލުކޮށްގެން ނޫނީ ނެތް މިތަނެއް ރަގަޅުވާކަށް އެކަހަލަ ކޮންމެ މީހަކަ ހީވާ ކަހަލަ މި އީ އެމީހުންގެ އަމިއްލަ މުދާ ގަނޑެކޭ ބޭނުން މީހަކަށް ގާތް ތިމާގެ މީހުންނަށް ވަޒީފާތައް ދެނީ ރަގަޅު ރިޒާލްޓް ލިބޭ ކުދިން ތިބޭނީ ވަޒީފާ އެއް ލިބޭނޭކަމަށް މިކަހަލަ ކަންކަން ކުރާމީހުން ބަދަލުކޮށްގެން ނޫނީ މިކަމުގެ އެއްވެސް ހައްލެއް ނެތް.މި ކޮމެންޓް ލިޔެދެއްވުމަކީ ވަރަށް އެދޭ ކަމެއް އަދި މިކަން ބަލާ މިކަމަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުއްމީދުގައި ހުރި ނިކަމެތި މީހެއް

    ޝުކުރިއްޔާ!!!

  6. ހަސަންކޮ

    އެންމެ ވަގުން ގިނަ އެއް ކުންފުނި ކަމަށް އަޑު އަރާފަ އޮންނަނީ...!!