ޓިކެޓް އަގުތައް ހެޔޮ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި ދެދުވަސް ތެރޭގައި އަގުތައް ހެޔޮ ކުރަން ނިންމާފައި ވާއިރު ވަރަށް ބޮޑަށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވެގެން ދާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފްލައިޓް ދަތުރުތަކުގެ އަގުތައް ހެޔޮ ކުރުމާއި ބެހޭ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ ދަތުރުތަކުގެ އަގު 30 އިންސައްތަ ހެޔޮ ކުރަން ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އެތެރޭގެ އުދުހުންތަކަށް ބަލާއިރު އެންމެ އަގުބޮޑުކޮށް ޓިކެޓު ވިއްކަނީ މާލެ އާއި އައްޑޫ ސިޓީ އާއި ދެމެދުއެވެ. މިހާރު އައްޑު އާއި ގަމާއި ދެމެދު ޓިކެޓް ވިއްކަނީީ 1777 ރުފިޔާ އަށެވެ. މާލެ އާއި ފުވައްމުލަކާއި ދެމެދު ޓިކެޓް ވިއްކަނީ 1666 އަށެވެ. މާލެއިން ހދ.ހަނިމާދޫއަށް މިހާރު އެއްކޮޅަށް ދަތުރު ކުރެވެނީ 1444 ރުފިޔާއަށެވެ.
މި އަގުތަކަށް ބަލާއިރު 30 އިންސައްތަ އަގުހެޔޮ ކުރުމުން މާލެ އާއި ގަމާއި ދެމެދު އެއްކޮޅު ޓިކެޓުގެ އަގު 1243 ރުފިޔާއަށް ކުޑަވާނެއެވެ. މާލެ އާއި ފުވައްމުލަކުގެ އެއްކޮޅު ޓިކެޓުގެ އަގު 1166 ރުފިޔާއަށް ކުޑަވާއިރު ހަނިމާދޫ ޓިކެޓްގެ އަގު 1010 ރުފިޔާއަށް ކުޑަ ވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓް އަގު ހެޔޮ ކުރުމަށް މޯލްޑިވިއަން އިން ވަނީ ބައެއް ކަންކަން ސަރުކާރަށް ހުށަހަޅާފައެވެ. އޭގެތެރޭގައި ބައެއް އެއާޕޯޓްތަކަށް މިހާރު ދަތުރުކުރާ އަދަދު މަދުކުރުމާއި ރަންވޭ އިން ޖާގަ ނުލިބިގެން މޯލްޑިވިއަންގެ ފްލައިޓްތައް ޖެއްސުން ލަސްވުން ހުއްޓުވަން މޯލްޑިވިއަން އިން ވަނީ އެދިފައެވެ.
ދެދުވަސް ތެރޭގައި ޓިކެޓްގެ އަގު ހެޔޮ ކުރި ނަމަވެސް އަގު ހެޔޮ ޓިކެޓް ގައި ދަތުރު ކުރެވެން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
ތީ އަގުހެޔޮކުރީ؟ ތިފާޑަށް އަގު ހެޔޮ ނުކުރިއަސް އަހަރުމެންނަށް ވަރިހަމަ
ކައޭމެންނަށް ނޯނާނެ ރަނގަޅު އެވެސް ގޮތެއް. ދެން ހިލޭ ނުކުރެވޭނެ ދޯ. މި ވެސް ޚަރަދު ހިނގާ ކަންކަން ވިއްޔަ.
ބޭނުންވަނީ 100ރުފިޔާ ދީފަ ބިރިޔާނިވެސް ބޯޓުގަ ދޭގޮތަށް ދޯ.. ލޮލް
މާލެ އައްޑޫ ދެކޮޅު ޓިކެޓް ބޮޑުވެގެން -/2000 ރުފިޔާއައި -/2300 ރުފިޔާ އާއި ދެމެދަށް ހަމަޖައްސަވައި ދެއްވައިފިނަމަ އެންމެ ރަގަނޅު! އެއީ ހަމަ މިހާރަށް ބަލައިރު ރަގަނޅު އަގެއްކަމަށް ގަބޫލުކުރެވޭ!! އެއީ މިހާރުގެ އަގަށް ބަލާނަމަ ރަގަނޅު އަގެއް!! ދެން ރައްޔިތުން ބޭނުންވާނީ ވީހާވެސް އަގު ކުޑަވެގެން އެންމެނަށްވެސް އަތްފޯރާ ފަށަށް ހަމަޖެހުން!! މިދެންނެވި ވަރަށްވުރެންވެސް އަގުތައް ތިރިކުރެވިއްޖެނަމަ ދަތުރުކުރާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ!! އެއީ މިދޭތެރޭގައި މިހާރު އަހަރަކު ދަތުރެއް އަޅާ ފެމެލީވެސް އަހަރަކު ދެތިން ދަތުރު އަޅާނެ!! މިސަރުކާރުން ކުރާ ވަރަށް ރަގަނޅުކަމެއް އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރުން!! ދެން ކަރަންޓުގެ އަގު ތިރިކުރުމާއެކު އިންޓަނެޓްގެ އަގުތައްވެސް ބޮޑުތަނުން ތިރިކުރަންޖެހޭ!! މިކަން ކުރާނެކަމަށް އުންމީދުކުރަން!
ޕޮއް އެވެސް މަޖުލިސް އިންތިހާބަށްވެގެން ކުރާކަމެއް ހޮވީ ފަޅައިގެންދާނެ
އަގު ހެޔޮކުރެވޭނެ؛ ނަމަވެސް ފުލައިޓް ތަކަށް ޕަސިންޖަރުން ލިބޭވަރު ނިސްބަތްވާނީ އިޤުތިސާދީ ދުޅަހެޔޮކަމަށް އެއރ އިންޑަސްޓުރީއަކީ ސޭފްޓީ ފަސްޓް އެހެންވީމަ ވަރަށްބޮޑް ޚަރަދެއް ކުރަންޖެހޭނެ.އަދި ދުނިޔޭގެ މާރކަށް ތެލާއި ގުޅިގެން އަންނަ ބަދަލް ތަކާހުރެ ފިކްސް ރޭޓެއް ގެންގުޅުނަކީ ވަރަށްދަތިކަމެއް. އަސްލުގަ ރިގުލަރކޮށް ފުލް ފުލައިޓް ޕަސެންޖަރުން ނުވަތަ 70% ލިބޭނަމަ އަށްޑުއަށް ރިޓަން 1450ރ ކުރެވޭނެ
މުސާލަކަށް އަށްޑުއަށް ރިޓަން
ފިއުލް ޚަރަދު. 55000ރ
ލިބޭނެވަރު. 144500ރ
އެއަރޕޯޓް ހޭންޑްލިން ޗާޖަސް ކޮބާ؟
އެއަރޕޯޓް ލޭންޑިން ޗާރޖަސް ކޮބާ؟
މުއައްޒަފުންގެ މުސާރަ ކޮބާ؟
މީހަމަހުސް ހިލޭސާބަށް ކުރާ ކަންތައްތަށް ބާ؟ ވާނުވާ ނޭނގުނަސް އަނގަ ކޮއްޕަން ވާނެ
850 އަށް ވެސް ހުރޭ ފެއަރ ޓިކެޓެއް އެއަގަށް ހަދަންވީނު ،،،
މާޗްމަހުގެ ފަހުން ހުރިހާކަމެއްވެސް ރަގަޅައްދާވަރުވާނީ ހުރިހާ އެއްޗެއް ވެސް އަގުހެއުކުރާވާހަކަ މިހާރު ދައްކާލަ ފަ އޭގެ ދެގުނަ ކުރުން އޮންނާނީ ހޮވުނު މެންބަރުން ހުވައިކުރެވެންދެން .
ހެހެހެ. ތިވާ ގޮތުން ދެން ހަފްތާއަކުތެރޭ އެންމެ ފްލައިޓެއް ވެސް ނޯންނަ ތަންތަން ހުންނާނެދޯ؟ ތިވީ ހަމަ ރަގަޅަށް އަގުހެޔޮ. ފްލައިޓް ދަތުރު ނޯންނަ ކަމަށްވާނަމަ އަގުބޮޑުވެގެން ނޫޅޭނެ. ވަރަށް ދުރުވިސްނޭ.
ކޮބާތަ މާމިގިލީގެ ޓިކެޓް... މާމިގިލީގެ ޓިކެޓް ވެސް އަގު ހެޔޮކުރާން ޖެހޭ.. ކަލޭގެ ގާސިމުގެ ދުލައިޓް ވީމާ ތަ؟ މާމިގިލީގެ ވެސް އަގު ހެޔޮކުރާން ޖެހޭ..
ފުލައިޓް
އިތުރު ބަހަނާ ދެއްކުމުގެ ބޭނުމެއްނެތް. ރައްޔިތުން ވަރަށް ފެލާލެވިއްޖެ. އިންޑިޔާގެ އެތެރޭގެ އުދުހުމަށް ބަލާއިރު 3 ގަޑިއިރު ފުލެއިޓަށް ބެންގަލޫރުން ޑެއްލީއަށް ދެކޮޅަށް ދައްކަންޖެހެނީ 1834ރ. އެކަމަކު މާލެން ގަމަށް ދެކޮޅު ޓިކެޓް 3554ރ. އެވެސް އެއްގަޑި އިރުގެ ދަތުރެއް. މޯލްޑިވިއަން ފްލައިޓްތަށް ދަތުރު ކުރަނީ ޖަވާހިރު އަޅައިގެން ކަންނޭނޭ!!!!!
ހަމަ އެކަނި އައްޑޫ ދަތުރު ތަކުގެ އަގު ހެޔޮކޮށްގެން އެކަން ބަލައެއް ނުގަންނާނަން.
މި އަގުތަކަށް ބަލާއިރު 30 އިންސައްތަ އަގުހެޔޮ ކުރުމުން މާލެ އާއި ގަމާއި ދެމެދު އެއްކޮޅު ޓިކެޓުގެ އަގު 1243 ރުފިޔާއަށް ކުޑަވާނެއެވެ. މާލެ އާއި ފުވައްމުލަކުގެ އެއްކޮޅު ޓިކެޓުގެ އަގު 1166 ރުފިޔާއަށް ކުޑަވާއިރު ހަނިމާދޫ ޓިކެޓްގެ އަގު 1010 ރުފިޔާއަށް ކުޑަ ވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓް އަގު ހެޔޮ ކުރުމަށް މޯލްޑިވިއަން އިން ވަނީ ބައެއް ކަންކަން ސަރުކާރަށް ހުށަހަޅާފައެވެ. އޭގެތެރޭގައި ބައެއް އެއާޕޯޓްތަކަށް މިހާރު ދަތުރުކުރާ އަދަދު މަދުކުރުމާއި ރަންވޭ އިން ޖާގަ ނުލިބިގެން މޯލްޑިވިއަންގެ ފްލައިޓްތައް ޖެއްސުން ލަސްވުން ހުއްޓުވަން މޯލްޑިވިއަން އިން ވަނީ އެދިފައެވެ.
ދެދުވަސް ތެރޭގައި ޓިކެޓްގެ އަގު ހެޔޮ ކުރި ނަމަވެސް އަގު ހެޔޮ ޓިކެޓް ގައި ދަތުރު ކުރެވެން އަދި މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
????????????????
އަމާބުނީތީ ފަރައްދާ ގޮތައް ދޯތިއަގުހެޔޮކުރީ
ސާބަހޭ މިނިސްޓަރ
ދެން މަތިންދާ ބޯއްޓު މިމީހުން ދުއްވާނީ ޑީސަލްއަޅައިގެން ވައުދުވިގިޮތަށް ކަން ނުވާނަމަ ފެނިގެންދާނެ ގޮތް ހިތައްވެސް ނުގެނެވޭނެ އިބޫއަކީ ސިކުނޑީގައި ތެއްކަމެއް ނެތް މީހެއް.
މި އޮތީ އުނބު ހަސަނަށް އަމާ ދައްކާހެން ހެޔޮވެފަ! ތީރައްޔިތުންނަށް ކުރާ މަލާމާތެއް!
ދަރަވަންދޫ ހަނިމާދޫ ޓިކެޓް އަގަށް ކިހިނެއްބަ ވާނީ
ވައިގެ އުދުހުންތަކުގެ ނިމުން ކައިރިވަނީ! ކުންފުނިތައް ބަގުރޫޓުކޮށްލަނީ! ތިބޭ ވަރަށް ހެވިފަ