ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް، "އޫދު އަލް ސަބާޔާ" އިން ދިވެހިންނާއި ގުޅޭ ހަތަރު ވައްތަރެއްގެ ޕާފިއުމް ތައާރަފްކޮށްފިއެވެ.
"އޫދު އަލް ސަބާޔާ"އިން ތައާރަފްކޮށްފައިވަނީ، އޯއޭއެސްގެ ހަތަރު ޕާފިއުމްއެވެ. އަލަށް ތައާރަފް ކުރި ޕާފިއުމްގެ ތެރެއިން ފިރިހެނުންނަށް ހާއްސަކޮށްފައިވަނީ، ފިރިހެންވަންތަ ވަހެއް އެކުލެވިގެންވާ "މިސްޓަރ ސަބާޔާ"އެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވަނީ "ފޮރެވާ ސަބާޔާ"އެވެ.
އަލަށް ތައާރަފްކުރި ޕާފިއުމްތަކުގެ ތެރެއިން "ބްލެކް ސަބާޔާ" އަދި "އެކްސްޓްރީމް ސަބާޔާ"އަކީ ދެޖިންސުގެ މީހުންނަށްވެސް އެކަށޭނެ މީރު ވަހެއް އެކުލެވިގެންވާ ޕާފިއުމްއެކެވެ.
މީގެ ތެރެއިން "އެކްޓްރީމް ސަބާޔާ"އަކީ އަކީ "އޫދު އަލް ސަބާޔާ"އިން ތައާރަފްކުރި އަރަބިކް ކަލެކްޝަންގެ އެންމެ ފުރަތަމަ ޕާފިއުމްއެވެ.
"އޫދު އަލް ސަބާޔާ"ގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ޝަބީން ވިދާޅުވާ ގޮތުގައި މިހާރު "އޫދު އަލް ސަބާއިން" އަންނަނީ ކޮންމެ ރަށަކުންވެސް އެޖެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ގަބޫލުކުރަންވެސް ދަތި މަގުބޫލުކަމެއް މިދަނީ އަޅުގަނޑުމެންގެ އަމިއްލަ އަތަރާއި ޕާފިއުމްއަށް ލިބެމުން. އެހެންކަމުން އަޅުގަނޑުމެން ބޭނުންވަނީ "އޫދު އަލް ސަބާޔާ"ގެ މާކެޓް ފުޅާކުރުމަށް ކޮންމެ ރަށަކުން އެޖެންޓެއް ހަމަޖައްސާ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް ވިއްކުން" "އޫދު އަލް ސަބާޔާ"ގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ޝަބީން ވިދާޅުވިއެވެ.
އަމިއްލަ މަދު އަތަރާއި އެކު ވުޖޫދަށް އައި "އޫދު އަލް ސަބާޔާ"އަކީ މިއަދު ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް އަތަރާއި ޕާފިއުމް ވިއްކާ ފިހާރައެވެ. "އޫދު އަލް ސަބާޔާ"އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ "އޫދު އަލް ސަބާޔާ"ގެ ޕްެރޮޑަކްޓްސް އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކޭގެ އޮންލައިން ޕްލެޓް ފޯމެއް ގާއިމް ކުރުމުގެ މަސައްކަތެވެ.
"އޫދު އަލް ސަބާޔާ" ހުންނާނީ މާފަންނު މިރިޔަސް މަގު( އިހްސާން ފިހާރަ މަގު)ގައެވެެ.
ވަރައް މީރުވަސް ދުވާ އެތަނުން ވިއްކާ އަތަރުގަ.ރީތި ފިރިހެނެއް ސޭޓަކައް އަންނަނީ ވެސް!?
އަގުބޮޑަސް އަތަރުގެ ވަސް ވަރަށް ގިނައިރު ހުރޭ.
މިހާރު ބޭނުން ކުރާ ސެންޓަށް ވުރެ ހާސް ގުނަ 'އޫދް އަލް ސަބާޔާ' އިން ލިބެން ހުންނަ ޕާރފިއުމް، އަތަރު އަދި މިނޫނަސް އެއްޗިއްސަކީ ހަމަ އެއްވަނަ. ވަރަށް ވޯތް. ބެސްޓް އިން މޯލްޑިވްސް.
ޝުކުރިއްޔާ ޝަބީން ބްރޯ!
ވަރަށް މީރުވަސް ގިނައިރު ހުރެ.
އޮންލައިންކޮށް ތިތަނުގެ ވިޔަފާރި ކުރެވޭނެ ދުވަހަކަށް ހާދަ އިންތިޒާރު ކުރެވެއެވެ. ވަރަށް ކަމުދާ ވަރަށް ހިތްހަމަޖެހޭ އޫދު އަލް ސަބާޔާ އާ މެދު.
ވިއްކާ އަތަރުތަކުން ވަރަށް މީރުވަސް ދުވާ. ޢެކަމަކު ޚިދުމަތުގެ ފެންވަރު ރަނގަޅެއް ނޫން