ތަފާތު މީރު ޕިއްޒާ އާއި މީރު ކާތަކެތި ކާލަން ޕިއްޒާ މަންމަ މިޔާއަށް ދާން ހިނގާށެވެ. ޕިއްޒާއާއި، ސަބްމެރިން، ސޭންޑްވިޗް ބާގާ އަދި ވެފްލްގެ ގިނަ ވައްތަރުތައް އެ ރެސްޓޯރެންޓުން ލިބޭނެއެވެ. އަދި އަގު ރަނގަޅުވެފައި މީރުވެސް ވާނެއެވެ.

"ޕިއްޒާ މަންމަ މިޔާ"ގެ ވާހަކަދައްކާލާއިރަށް ގިނަ ބަޔަކު ބުނަމުންދާނީ އެތަނުން ތައްޔާރު ކުރާ ޕިއްޒާގެ ގިނަ ވައްތަރުތަކުގެ މީރު ވާހަކަކަން ޔަގީނެވެ. އަދި އެ ނޫންވެސް އެތަނުން ތައްޔާރުކުރާ މީރު ކާތަކެތީގެ ވާހަކައެވެ.

އެއީ އެހާމެ ރީތި ހިތްގައިމު ރެސްޓޯރެންޓެއް ވެސް މެއެވެ. އެތަނުން ހިދުމަތް ހޯދާ ގިނަ ކަސްޓަމަރުން ވަރަށް ހިތްހަމަ ޖެހިލައިގެން އެތަނުގައި ތިބެގެން ކާލެވޭނެއެވެ. އަދި އާއިލާއާއެކު ކާލާންދާންވެސް މިވަރުގެ ތަނެއް ނުހުންނާނެއެވެ. ބޭނުން ނަމަ އެތަނުން މާލެ އާއި ހުޅުމާލެއަށް ކާއެއްޗެހި ޑެލިވަރީވެސްކޮށްދެއެވެ.

ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިދިޔަ ޖުލައި މަސް ތެރޭގައި ކުރީގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރ ޒެނީޝާ ހުޅުވައިދެއްވި މި ރެސްޓޯރެންޓް މަދު ދުވަސްކޮޅު ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދުމުގެ އަސްލަކީ ތަނުން ރަނގަޅު ކޮލެޓީގެ ހިދުމަތްތައް ދިނުމާއި، ކެއުންތައް މީރުވެފައި ތަފާތު ވުމެއެވެ.

ގިނަ ބާވަތްތަކުގެ ޕިއްޒާ އާއި ސޭންޑްވިޗް ވިއްކާ މި ރެސްޓޯރެންޓުން ކުޑަ ޕިއްޒާ އާއި ބޮޑެތި ޕިއްޒާތައްވެސް ހަދައެވެ. އަދި 14 ވައްތަރުގެ ޕިއްޒާ އެތަނުން ތައްޔާރުކުރާ އިރު، ފަސް ވައްތަރެއްގެ ސޭންޑްވިޗްވެސް ތައްޔާރު ކުރެއެއެވެ.

ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ރެސްޓޯރެންޓުން ތައްޔާރުކުރާ ތަކެތީގެ ތެރެއިން މިހާރު ގިނަބަޔަކު އެންމެ ގަޔާވާ އެކައްޗަކަށްވެފައި އޮންނަނީ ހެނދުނު އެތަނުން ތައްޔާރު ކުރާ ނާށި ބިސްގަނޑު ބްރޭކް ފާސްޓެވެ. ސީދާ ނަށީގައި ތައްޔާރުކުރާ އެ ބިސްގަނޑުގައި ތަފާތު ރަހައެއް ހުރެއެވެ. އެހެންވެ ގިނަ ބަޔަކު އެތަނަށް އެ ބިސްގަނޑުގެ ރަހަ ބަލަން ދާކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން ދާދި ފަހުން އެތަނުން ތައާރަފްކުރި ވަފްލް މީރު ކަމުގެ ވާހަކަ ނުދައްކާ ދޫކޮށްލެވެންވެސް ނެތެވެ. އަދި އެތަނުން އެކި ވައްތަރުތަކުގެ މީރު މޫވް އެންޑް ޕިކްގެ އައިސް ކްރީމްވެސް ލިބެން ހުންނާނެއެވެ.

ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ޕިއްޒާ މަންމަ މިއާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އެހެންކަމުން މިއީ އާއިލާއާ ރަހުމަތްތެރިންނާއެކު މީރު ކެއުންތަކާއެކު ވަގުތު ހޭދަކޮށްލަން ދާން ވަރަށް ހިތްގައިމު ތަނެއްކަން ޔަގީނެވެ. އަދި އެ މީރު ރަހަތަކުގެ އަޖުމަ ބާލަލުމަށް އެތަނަށް ދަމާ ހިނގާށެވެ. ނޫނީ ގެއަށް ކާތަކެތި އޯޑަރުކޮށްލަމާ ހިނގާށެވެ.

މި ރެސްޓޯރެންޓް ހުންނާނީ ސަބުދޭރިޔާ މަގު، ސައިރިކްސް ކޮލެޖުގެ ކައިރީގައެވެ. މި ރެސްޓޯރެންޓުން ތަކެތި އޯޑަރުކޮށްލުމަށް 4009090 އަށް ނުވަތަ 7780550 އަށް ގުޅާލާށެވެ.