ހުޅުމާލޭ އަތިރިމަތީގައި ހުރި ކެފޭތައް މީގެ އެއްމަސް ދުވަސް ފަހުން ނަގަން ސަރުކާރުން ނިންމައިފިއެވެ.
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ބީޗްގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލުމުން އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދައެއް ނެތިގެން ސާފުވެފައިވާ ކަމަށެވެ.
"31 ޖަނަވަރީ 2019 ގެ ކުރިން ސަރަހައްދު އާންމު ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތައް އިންތިޒާމް ކުރުމަށް އެޗްޑީސީއަށް އިކޮނަމިކް މިނިސްޓްރީ އިން މިއަދު އިލްތިމާސްކޮށްފި." މިނިސްޓަރ ވިދާޅުވިއެވެ.
Hulhumale’ beachga hingaa cafe thakuge Mahsala belumahfahu ethanthan hinganee HDC ge huhdhaeh nethikan vanee saafuvefa.31 Jan 2019 ge kurin sarahahdhu aanmu raiyithunnah furihamagothuga beynunkureveynegothah inthizaamukurumah HDC ah @EconDevMv in miadhu ilthimaaskohfi
— Fayyaz Ismail (@faya_i) December 24, 2018
ހުއްދަ ނެތް ވިޔަފާރިއެއް ކުރަން އަދިވެސް މަހަކަށް ވުރެ ގިނަ ދުވަހުގެ މުހުލަތެއް ދެއްވީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ހުޅުމާލޭ އަތިރިމަތި ކޮފީ މޭޒުތަކުން ފުރާލުމުން އާންމުން ގެންދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.
ކުރިން ހުޅުމާލޭ ބީޗް ކައިރީގައި ހިންގާ ރެސްޓޯރެންޓްތައް އަތިރިމަތީގައި އަތުރާފައެއް ނުހުރެއެވެ. ނަމަވެސް ސިނަމާލެ ބުރިޖު ހުޅުވިފަހުން ހުޅުމާލޭ ކެފޭތަކަށް އޮންނަ ޑިމާންޑް އިތުރުވުމުން މިހާރު ގާތްގަނޑަކަށް ހުރިހާ ކެފޭއަކުން ވެސް އަތިރިމަތީގައި މޭޒުތައް އަތުރާފައި ހުރެއެވެ.
މިކަމާއި ގުޅިގެން މިހާތަނަށް އެޗްޑީސީ އިން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ބަރާބަރު ނިންމުމެއް. މިހާރުވެސް ލަސްވެއްޖެ ކަމެއްތީ. އަދި އެންވަޔަރަމެންޓް މިނިްޓްރީއިން މިތަނުގެ ހޭޅިކޮށާލި މއްސަލަވެސް ބަލަންވާނެ. މުޅި ބީޗް ކޮންޓްރޯލްކުރަނީ ބޮންދު ބޯއީސް. މުޅި ބީޗްގެ ހެދިކާ ވަޅުޖެހިފައި.
އެތަނަށް ކުލި ނަގާފަ ދީ
އަހަރެމެން ގުދާރު ބިންދައިގެން ބޮޑު ކޮމްޕައުންޑް އިންޓްރެސްޓް ލޯނުދައްކަމުން ބޯގޮއްވަމުން ދަރިންގެ މުސްތަޤްބަލަށް އުއްމީދު ކުރަމުންދާއިރު ހުޅުމާލޭން ފެންނަނީ އޭގެ ދިމާ އިދިކޮޅު އަތިރިމަތި އެއްކޮށް ގޮނޑިޖަހާ ފުރާފަ ދުން އަރުވާ ވަރުން ހީވަނީ އުވަވަޅެއްހެން ބަސްމަގު ހުތުރު ،ކަންކަން މަތީގަ ގާޑިޔާ ވިޔަފާރި މަގު ހުރަސްކޮށް ފެން ހޮޅި ، ކޭބަލް ވެއިޓަރުން ތަބައްހިފައިގެން ހުރަސްކޮށްލަކޮށްލަ އެއްވެސް ހިތްހަމަ ޖެހުމެއް ނެތް އަމާން ކަމެއްނެތް ތުއްތު ތުއްތު ދަރިފުޅު ގޮވައިގެން އަތިރިމަތީ ހިނގާލެވޭކަށް ނެތް މިކަން ހުއްޓުވަން އެބަޖެހޭ
އާން އަމިއްލަ ކަރުގަ ދަންމަޅި ޖަހައިގެން ފުންމާލުމުގެ ރަތްސިގުނަލެއް ތިދިނީ ތިވަރުގެކަމެއް ކޮށްލުމުގެ ކުރިން އެތަންތަނުގެ ވެރިންނާ ވާހަކަދައްކާ ވިސްނައިދީފަ ދެންކުރިނަމަ ރީތިވެފަ އަނިޔާއަކަށް ނުވީސް ނަމަވެސް މިހާރުތިއުޅެނީ ތިމާމެންގެ އެކްޓިވެސްޓުންނަށް އެތަންތަން ހިބަކިށްދީފަ އެހެންމީހުންގެ ކަރަށްފައިންއަރާ ފިއްތަން ވީމާ ދެންކޮން ހެޔޮވެރިކަމެއް އަނިޔާވެރިކަމެއް ދެންކުރެވޭނީ ހެހެހެހޭ
އެޗްޑީސީން ކަޓުނަގައިގެން ހިންގާ ވިޔަފާރިތަކެއްތީ
ފުލެޓުތަކުގެ ބެލްކައްޏާ ދިމާވާ ގޮތަށް ނުވަތަ ކުޑަދޮރާ ދިމާވާ ގޮތަށް މޭޒުތައް ބަހައްޓައިގެން ހެދިކާ ވިއްކަމުން ދާތީ ވަރަށް އުނދަގޫވޭ. ކުދިންނަށް ބެލްކަންޏަށް ކުޅެން ނުކުމެވޭ ގޮތެއް ނޯވޭ. ކޮޓަރީގައި ވާހަކަދެއްކޭ ކަން ނޯވޭ. ފުލެޓުތަކުގައި ދިރިއުޅެނީ ސަރުކާރަށް ކުލި ދައްކައިގެން.
ހުޅުމާލެ ބީޗްތަކުގަ ހިންގާ ކެފޭތައް އެކަނިތޯ މިނިސްޓަރަށް ފެނުނީ. މައި އެއްމަގުގަ ހުރި ފިހާރަތަކުގެ (ހުޅުމާލެ ހޮސްޕިޓަލް ކައިރީ ހުންނަ ލޯކަލް މާރކޭޓު ކުރިމައްޗައް ވާގޮތަށް ހުންނަ ފިހާރަތަކާ ސައި ހޮޓާތައް) މުދާތައް ޕޭމަންޓުގައި ބަހައްޓައިގެން ވިޔަފާރިކުރާތީ އާއްމުންނަށް މާ އުނދަގޫވޭ. މުދާ އެކަންޏެއް ނޫން، އެއްފަިހާރައިގެ އިތުރު ކައުންޓަރެއްވެސް ފިހާރަ ބޭރު ޕޭމަންޓގައި ބަހައްޓައި އެފިހާރައިގެ ބަޔެއްގެ ގޮތުގައި ޕޭމަންޓު ބޭނުންކުރާ މައްސަލަ މީ ބޮޑު މައްސަލައެއް. އެއްޗެކޭ ބުނީމާ ބުނީ އެޗްޑީސީއިން ހުއްދަ ލިބިގެންނޭ. މިކަން އިކޮނޮމިކް މިނިސްޓްރީ އިން ބައްލަވާ ދެއްވާ.
ޔާމީން ވެރިކަމުގައޭ ކެންޕެއިންއަށް ބައިއަޅަންވެގެން އެޗްޑީސީ ވެރިންހިންގައިގެން އުޅޭ ބޮޑުޖަރީމާއެއްތީ
ސަރުކާރެއް އޮތުމުގެ ބޭނުމަކީ، ހަރުދަނާ ހަމަތަކެއްގެ މައްޗަށް ކަންތައްތައް ރާވައި ހިންގުމެވެ. ހިތުހުރިހައި ގޮތަކަށް އުޅުމުގެ ފުރުޞަތު ބަންދުކުރުމެވެ.
ޜަނގަޅު ވާހަކައެއް
ސާބަހޭ. ކުޑަކުދިން ބޭނުން ގޮތަކަށް ދުވެހަދަން ތިތަން އަވަހަށް ނަގާ. ގޯތިނަގައިގެން ޕަބްލިކް ތަންތަން ފޭރިގަނެގެން ތިބެވިގެން ނުވާނެ.
ވަރަށް ރަގަޅު ނިންމުމެއް. ބީޗް ފްރަންޓް ބިންތައް ވިއްކީ ދިރިއުޅެން ބޭނުން ކުރާ ބިމުގެ ގޮތުގައި ބީޗް ފްރަންޓްގައި އޮތް ހުސްޖާގައަކީ ވިޔަފާރި ބޭނުން މަށް އޮތްތަނެއް ނޫން. ހަމައެފަދައިން ޕާކެއްގެ ގޮތުގައި އޮންނާނެ ކަމަށް ބުނިތަނެއްގައި ޑޯމް ރެސްޓޯރަންޓް ހަދާފައި އެހުރީ. އެއީ ވެސް ގޯހެއް. މިސްރެޕްރެޒެންޓް ކޮށްގެން ތަންތަން ވިއްކުމަކީ ކުށެއް. ބަދަލު ހޯދުމަށް ނުވަތަ އިސްތިހާރުކުރި ގޮތަށް ބަދަލު ކުރުމަށް ބީޗް ފްރަންޓުން ބިން ގަތް ފަރާތްތަކަށް ދައުވާ ކުރެވެންޖެހޭނެ.
ލަސްވެސް ވެއްޖެ!
ބައިމީހުނަށް ދޭންވީތާދޯ.
ސާބަހޭ. ތީ ދެކެން ބޭނުންވާ ގޮތަކީ
މާލޭން ހިތްހަމަ ޖައްސާލާ އުފާކޮއްލަން ތި އަތިރިމަތި ވަރށްބޭނުން. ހާދަ ރަގަޅޭ. ނަގާ އުކާލާ . ލައްކަދުވަހު ބޭނުން ގޮތަކަށް އުލޭވެއޖެ ދޯ
އަތިރިމަތީގައި އޯޕަން އެއާރ ކެފޭތައް ވެސް ހުންނަންވާނެ ، މުޅިބީޗް އެއީ އަބަދު މީހުންތިބޭ ތަނެއްވެސް ނޫން . ބީޗް ކޮފީ މީބައެއް މީހުން ވަރަށް ހިތްހަމަޖެހޭ ކަމެއް، ކެޕޭތައް ބީޗްއިން،އެކީ ނެގުމާއި ދެކޮޅު
މިއަށްވުރެ ރަގަޅު، އާންމު ރައްޔިތުންގެ ހިތްހަމަ ޖެހުމަށްޓަކައި ކޮށްދިން ކަމެއް އަދި ނެތް!?
ދިވެހިންނަކީ، އަބަދުވެސް ނާ ތަހުޒީބު އަދި އަމިއްލަ ފައިދާއަށް އަބަދުވެސް އުސްކަން ދޭ ބައެއް! ޤާނޫނާއި ޤަވާޢިދަށް ބެލުމެއް، އިހުތިރާމް ކުރުން ވަރަށް ދުރު ބައެއް! މިއީ ވަރަށް ހިތާމަވެރި، ގެއްލުން ހުރި ކަންތައް! ރާއްޖެއަށް އުޅަދު އެތެރެ ކުރުމުގައިވެސް، މުޅިން އޮޅުން ބޮޅުން އަރުވާލައިފައި ވަނީ!
ކެފޭތައް ނަގާފަ.. ދުވަސް ކޮޅަކުން އަނެއްކާވެސް ބައިކޮޅު ކުދީންނައް ދޭނީ.. އެހެންނުން.
ބީޗް ގައި ހިންގާ ގިނަ ކެފޭތަކުގައި އެޗްޑީސީގެ މުވައްޒަފުންގެ ހިއްސާ އޮވެ
މީކޮންތާކުން އިކޮނަމިކު ކިޔަވަިގެން ހުރި ކުއްޖެއްބާ.. ބަލަ ބުރިޖުގެ ކުރިންވެސް ކެފޭތައް ހިންގަޔޭ.. މާލޭ ހާބަރު ކަޑަތަކުން ކޮފީބޯ ކުދިން މަދުވުން އެއީ ހުޅުމާލެ ކެފޭ ހިންގާ މީހުންގެ މައްސަލައެއަް ނޫނޭ.. ވަރައްސާފުކޮއް މިބުނަނީ ..އަހަރެމްން ބީޗުފުރަންޓުން ގެގަނެފަ މިހިރީ ކޮންމެވެސް ކަމެއްވީމަ.. ބީޗުފުރަންޓުން ގެވިއްކީ ބީޗު ބޭންން ކުރެވޭގޮތައް..
މީތި ނިމޭއިރު އެބިމަކީ ކެފޭތަކުގެ ބިން ކަމަށް ނިމިގެންދާނީ ގާނޫނީ ގޮތުން. ބަލަން ތިބޭތި. އެހެންނޫނީ އޮފީހުގައި އިން މީހާ ޖެހޭނީ ގޭގައި އޮންނަން.
ހުޅުމާލޭ ބީޗްގަ އޯޕަންއެއަރ ރެސްޓޯރަންޓް ހުރެގެން ނުވާނެ
ބީޗުގައި ހުރި ކެފޭތައް އެއްގޮތަކައްވެސް ނަގާނެ ކަމެއްނެތް، އޭރުން އެޗް ޑީ ސީ ގައި ތިއްބަވާ ބޭބޭފުޅުންގެ ޖީބުތައް ހުލިވެދާނެ.
ރިޒްގެއްބަންދުނުކުރެވޭނެ
އަތިރިމަތީގައި އޯޕަން އެއާރ ކެފޭތައް ވެސް ހުންނަންވާނެ ، މުޅިބީޗް އެއީ އަބަދު މީހުންތިބޭ ތަނެއްވެސް ނޫން . ބީޗް ކޮފީ މީބައެއް މީހުން ވަރަށް ހިތްހަމަޖެހޭ ކަމެއް، ކެޕޭތައް ބީޗްއިން،އެކީ ނެގުމާއި ދެކޮޅު
ކިތައް ގޭގެ ޓައިލްސް ތަށް ނެއްޓިގެން ދިރިއުޅެން އުނދގޫ ވެގެން ކިތަށް ފަހަރު ގުޅާފ ބުނާނި ބަލަން އައިސަވެސް ފޮނިކަޑާފަ ވީ ކަމެއް ނެއް އެޗްޑީސީ އަކަށް ފުރަތަމަ ޗައިނާ ޓައުން ގެ ފުލެޓް ތަކުގެ ޓައިލްސް ތަށް ބަދަލު ކުރެވޭނެ ގޮތް ހަދާދިނިޔާ ގައިމު ކިތައް މީހުން ނަށް ފަސޭހަވާނެ ބަލިމީހުން ކުޑަކުދިން މުސްކުޅިން ވެސް ދިރިއުޅޭ ވިޔަ
ޢާންމު ބިމެއްގައި ހުއްދަނެތި އަމިއްލަ ތަނެއް ހެދުން.
ހެދިތަނުގައި ހުއްދަނުނަގައި ވިޔަފާރި ކުރުން.
ހެލްތު ހުއްދަނުނަގައި ކާބޯތަކެތި ވިއްކުން.
ޖީ.އެސް.ޓީ ރަޖިސްޓަރީނުކޮށް ވިޔަފާރިހިންގުން.
މިހުރިހާ ގާނޫނީ ކުށެއް ކުރީމާ އެއްމަސްދުވަހުގެ މުހުލަތު މިދިނީ ކަންކުރަނީ ވިޔަފާރިވެރިންނަށް ވާތީތަ؟ ނޫނީ އަހަރުންވެސް ގޭދޮށުގައި ކަޑައެއް ހެދީމާ މަސްދުވަސް ދޭނަންތަ؟
ރޭގަނޑު ގޮނޑި ޖަހަން ހުއްދަ ދިނުން ރަގަޅު...
ކެފޭތައް ނަގާފަ ރީނދޫޖަގަހަ ހަދާ.