މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 19 ޕަސެންޓް މައްޗަށް ހިނގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލް ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދަކީ 144،286 އެވެ.

ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ ޗައިނާއަކީ މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި އެއް ގައުމެވެ. އެ ގައުމުން ރާއްޖެއަށް 33،506 ޓޫރިސްޓުން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 38 ޕަސެންޓް އިތުރުވުމެކެވެ.

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން 13،962 ޓޫރިސްޓުން ރާއްޖެ އައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސި ވިލާތުންނެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީގެ ނިޔަލަށް ރާއްޖެަށް 286،637 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުކަލޭގެ

    ގަދައިނގޭ... އެހެންވީމާ އެއްގޮތަކަށްވެސް ކުއްލިހާލަތު އުވާލާނެކަމެއްނެތް...

  2. އަލީ

    ސާބަހޭ ރައީސް ޔާމީން ގިނަ ގިނައިން ކުއްލިހާލަތު އިއުލާން ކުރަން އަޅުގަނޑަށް ފެންނަނީ.