އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތަކުން ފީ ނަގަން ފަށައިރު ފީނަގަން ބޭނުންކުރާނީ ރީޗާޖު ކާޑެއް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތުގައި އަގު ނަގަން ހަމަޖެހިފައިވަނީ "ޓަކްލިންކް" ކާޑެއް ބޭނުންކޮށްގެން ކަމަށެވެ. މި ކާޑު މިއަދުން ފެށިގެން ބަސް ޓާމިނަލްއިންނާއި ހުޅުމާލޭގެ މެއިން ބަސް ސްޓޮޕް (އެން1، ދެވަނަ ބަސް ސްޓޮޕް) އިން ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާޑު ވިއްކާ އަގަކީ 20ރ. އެވެ.

ސިނަމާލެ ބުރިޖު ހުޅުވާ ބަސް ދަތުރުތައް ފެށިފަހުން ހިލޭ ބަސް ދަތުރުތައް ކުރަމުން އައި ނަަމަވެސް އެމްޕީއެލް އިން ބުނީ މާލެ-ހުޅުމާލެ އަދި މާލެ- ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ހިދުމަތުން އަގު ނަގަން އެކުންފުންޏަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. ބަސް ދަތުރުތަކުގެ ފިއަކީ 10ރ. ކަމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބަސް ދަތުރުތަކުން ފީ ނަގަން ފެށުމުގެ ގޮތުން ހުރިހާ ބަސް ސްޓޮޕެއްގައި އެކާޑުން ފައިސާ ކެނޑޭނެ ނިޒާމް ގާއިމްކޮށްފަ އެވެ. މިބަސް ދަތުރުތަކުގައި ބޭނުން ކުރާ ކާޑަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރާންސްޕޯޓް ވިއުގަ ތަކުގައި ވެސް ބޭނުންކުރާ ކާޑެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ބަސްދަތުރަކަށް 10ރުފިޔާ މާބޮޑު ! ޔާމީނު ހެދިހެން ރައްޔިތުން ފެލަން ، މިސަރުކާރުންވެސް ތައްޔާރު ވަނީ އުތަ ! ދެން ބުނޭ ފެރީއިންވެސް ދަތުރުކުރީ ހަމަ މިއަގަށޭ ! ކަޑުމަގުން ވީމަ 10ރުފިޔާ ރަގަޅުވިއަސް އެއްގަމު މަގުން ( އަދި އެއީވެސް ބަސް ) 10ރުފިޔާ މާބޮޑު ! އެމް.ޕީ.އެލް.އަށްވެފަވާ ގެއްލުން ފޫބައްދަން ކުރާކަމެއް އުތަ ؟ ތީ ޚިދުމަތެއްނޫން ! ތިއީ ރައޔިތުން ފެލުން !

    • އައްޓަމަސް

      10ރ ބޮޑެއްނޫން އެއަރޕޯރޓަށް 10ރ ދީފައި ހުޅުމާލެއަށް 5.50ރ ވީމައިވެސް ޝަކުވާކުރިދޯ! 45މިނިޓް މަޑުނުކޮށް ޓެކްސީގައި ދެވޭނެ ! 25ރ އަށް ލަވާޒާބޯން ގްރޫޕްހަދާފައި ތިބެން އަގު އޯކޭ!

  2. ދަތުރުވެރިޔާ

    ޓެކްސީތަކަށް ހުޅުމާލެ މާލެ އަދި މާލެ ހުޅުލެއަށް ކުރާ އަގުތަކުގައި ފަރަގު ގެނެސްފައިވާޢިރު ބަސް ދަތުރުތަކުން ފަރަގެއް ގެނެސްފައިނުވަނީ ކީއްވެބާ؟

  3. އަލިބެއްޔާ

    ބަސްދަތުރުކުރެވުނީމަ ނިމުނީތޯ، ބަސް ދަތުތުކުރަނީ އެއްވެސް އުސޫލެއްނެތި ވަކި ލޭނެއްނެތި. ބަސވިޔަސް ޖެހޭނެ ދުއްވަންޖެހޭބާރުމިނާއި ކަނޑައަޅާފަިއވާ ލޭނުންދާން. މުޅިމަގުފުރާލަިގެން ގޮސްގެންނުވާނެ.

  4. ފަނާ

    އަގު ރަނގަޅެއްނޫން. ފަސްރުފިޔާއަށް ހަދާފަ ޚިދުމަތް ފެށިއިރު އޮތްގޮތަށް ހުޅުމާލެ ބަސްޓާމިނަލުން ގޮސްއައިސްވާގޮތަށް ހަދަން ފެންނަނީ. ރަށުތެެރެއަށް ތިންރުފިޔާއަށް އެމްޓީސީސީން ދަތުރުކުރާގޮތަށް އަވަހަށް ބަދަލުކުރޭ. ތިބަހަކަށް އަރައިގެން 45މިނެޓު، ބަހަށް އަރަން މަޑުކުރަން 45 މިނެޓު. މިހެންގޮސް ދޮޅުގަޑިއިރު ހޭދަވޭ. ތިއަށްވުރެ މާފަސޭހަ ފެރީންވެސް. ތީތިވަރަށްބޮޑަށް ކަޑަ