ނ. މާފަރުގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުން މާފަރުގައި ހަދާ އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭގެ މަސައްކަތެވެ.

މާފަރުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ 2،200 މީޓަރުގެ ރަންވޭއަކާއެކު ވީއައިޕީ ޓާމިނަލްއެއްވެސް ހިމެނޭ ގޮތައް ތަރައްގީ ކުރާ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމާ، ޚިދުމަތްދެވޭނެއެވެ.

ނ. އަތޮޅުގައި އެންމެ މަތީފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށާއި ބައިނަލްއަގުވާމީ އެއާޕޯޓަކާއެކު ސިޓީ ހޮޓަލެއް ތަރައްގީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިއެއް ގައި އަބޫދާބީ ފަންޑާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެ. މި ދެ މަޝްރޫއުއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ނިނުމާއެކު މާފަރާއި އެ ރަށް ކައިރީގައި އޮންނަ އެހެން ރަށްތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ނުބައި ނުލަފާ ބަޔަކު އުޅޭ އަތޮޅެއް ތިޔައީ! ގިނަ ރަށްރަށު މީހުންނަކީ ޙަރާންކޯރުކަން ބޮޑުބަޔެއް! ދިވެހި ސަރުކަރުން ބޮޑަތި މަޝްރޫޢުތައް ހިންގާ ތިޔަ އަތޮޅުން ރައީސް ޔާމީންގެ ޕާޓީއަށް އަދި ޝިޔާމުގެ ޕާޓީއަށް ކައުންސިލްއިންތިޚާބުން ހަދާލިގޮތް ވަޒަންކޮށްލުން ރަގަޅު!

    • ދޮންހިޔަލަ

      ވ.ރަގަޙުވާހަކައެ...

  2. ާސާން

    ފިކުރަކީ ވަކިކަމެއް. ތަރައްޤީގެ މަސްރޫތައް ގިނަވި ވަރަކަށްރަގަޅު ވާނޭކަމަށް އުންމީދުކުރެވެއެވެ.

  3. އަކުރަމް

    އުޑެއް ބުޑެއް ޏނޭންގޭ މީހުން ކޮމެންޓް ކުރީމަ ހަޑި، ރާއްޖޭގެ އެންމެ އަގުބޮޑަތި ލަގްޒަރީ ރިސޯޓްތަށް އޮތީ ނ.އަތޮޅުގަ ކިތަންމެ ފަހުން ޓުއަރިޒަމް ތަރައްގީވިޔަސް. މިހާރުވެސް މާ ބޮޑަށްވެސް ލަސްވެއްޖެ ތި އެއާރޕޮޓެއް އަޅަން.