އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ދޮންވެލި ތުނޑިއެއް ހެދުމަށް ނިންމާފައިވާކަމަށް އެސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ފަތުރުވެރިން ރާއްޖެ އަންނަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ރަށްތަކުގައި ހުންނަ އަޖައިބުކުރުވަނިވި ދޮންވެލި ތުނޑިތަކެވެ. އެތަންތަނުގެ ރީތިކަން ތަޖުރިބާކޮށްލުމަށް އެމީހުން ރާއްޖެ އަންނަކަމުގައިވިޔަސް، ބިން ތަނަވަސް އައްޑޫގައި އެފަދަ ދޮންވެލި ތުނޑިއެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދޮންވެލި ތުނޑިއެއް އޮތުމަކޯ ވަރަށްވެސް މުޙިއްމު ކަމެކެވެ. އަދި ފަތުރުވެރިންގެ ހަމައެކަނި އެދުމަކީ ގެސްޓް ހައުސްތަކުގެ ތެރޭގައި ތިބެފައި ދިއުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

މި ދޮންވެލި ތުނޑި ހެދުމަށްޓަކައި ބަލާ ސަރަޙައްދުތަކުގެ ޑިޒައިންގެ މަސައްކަތްތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު އަންގައިދޭ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމުގެ މަސައްކަތާއި ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުގެ ބަޔާނުގައިވެއެވެ.

ފަތުރުވެރިކަމަށް އައްޑޫގައި ތުނޑިއެއް ހެދުމަށް ނިންމާފައިވަނީ ކައުންސިލް މެންބަރުންގެ ރަސްމީ ބައްދަލުވުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބޫ

    ޢެއްކަމެއްވެސް ވާ ކައުންސިލެއްނޫން ތިޢީ.ސޯބޭ އައްޑޫގެ މޭޔަރަކަށް މިހުރިހާ އަހަރު ކީއްކުރީ. ލަދު ކޮބާ ޓައި އަޅައިގެން ބޫޓަކަށް އަރައިގެން ބާރުބާރަށް ހިނގާއިރު.

  2. އަސްކީ

    ކޮންމެ ސަރުކާރަކަށްވެސް ފެންނަނީ އައްޑޫ އެކަނިތަ އުތުރު އެއީ ނެތްތަނެއްދޯ

    • ހަރުދަނާ

      އޭއި އޯއި، ބަލަގަ ސަރުކާރާ ބެހޭ ކަމެއްނޫނޭ އެއީ، ކައުންސިލުން ކުރާކަމެއް، ހަރަދުކުރަނީ އައްޑޫ ޓުރަސްޓު ފަންޑުން.

  3. ކަރާ

    ކައުންސިލުގަ ތިބެގެން ނިންމީމަ ތިކަން ނިމުނީ. ސޯބެމެންނަށް ވާނެކަމެއް ހަރާން. އައްޑުއަކަށް ނުދަގެ ގެސްޓުންނެެއް. ހުސް ވަގުންއުޅޭ ސިޓީއެއްވީމަ. ގެސްޓުމީހާ ބަލަހައްޓައިގެންހުއްޓާ އެތިކޮޅު ހިފައިގެން ދާނެ. މިހާރުވެސް ތިއުޅެނީ ހެރެތެރެވެސް އެކަމާ ނުހިންގިގެން. އަނގައެރުވުމާ ވައްކަންކުރުން އައްޑޫގަ އޮތީ. ސޯބެމެން ތިހެން ކިޔާލަކިޔާލަ ތިބޭ

  4. އާރްޓީ

    އަޑޫ މީހުނެތަ ރަށުގަ ތިބެގެނދޯ ރައް ތަރަގީ ކުރެވޭނީ.... މި ފެލެނީ މާލެ އަރައިގެން... ރަ ބޮޑުވެގެން އުޅެން ޖެހެނީ މާލޭގަ..... ހުސް އަނގަ ތަޅާ ބައިގަނޑެއް.... ހަމަ އެކަނި މުޒާ ހަރާ ކޮށްލަން، މާލެ މީހުން ބަނޑައް ޖެހޭނޭ ކިޔުން އައްޑޫ މީހުންނައް އިނގެނީ. ތިހާ ހިއްވަރެއް ހުރިއްޔާ ރަށައްދޭބަލަ. ކޮން ބައެއްތޯ ބަނޑައް ޖެހެނީ.... ރާޅެ އަރާ އިރައް ހަމަ މާލަ އަރަން ޖެހެނީ .... ޓީމް އާރޓީ