އަރަބި ބަހުން ބުނާ އެއްޗެއް އެނގުމަކީ ކޮންމެ މީހަކު ހާއްސަކޮށް ކޮންމެ މުސްލިމަކު ވަރަށް ބޭނުން ވާނެ ކަމެކެވެ. އަދި އަރަބި ބަހުން ވާހަކަ ދައްކަން ދަސްކުރުމަކީ ވެސް ވަރަށް ގިނަ މީހުން ކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް އަރަބި ބަސް ދަސްކުރާނެ ގޮތެއް ގިނަ މީހުންނަކަށް ނެތެވެ. އަރަބި ބަސް ދަސްކުރަން ދާނެތަނެއް، އަރަބި ދަސްކުރެވޭނެ މަގެއް ވެސް ނެތެވެ.
ނަމަވެސް މިއަދު ޒަމާނަށް އައިސްފައިވާ ބަދަލުގެ ތެރެއިން ނިކަން ފަސޭހައިން އަރަބި ބަސް ދަސްކުރެވޭނެ މަގުތައް ވެސް ތަނަވަސްވެފައި އެބަހުއްޓެވެ. އަތުގައި އޮންނަ ފޯނުން އަރަބި ބަސް ދަސް ކުރެވިދާނެއެވެ.
"ލާންއަރަބިކް" އަކީ ގޭގައި ތިބެގެން އަރަބި ބަސް ދަސްކުރެވިދާނެ ފަސޭހަ، ފުރިހަމަ ފުރުސަތެކެވެ. އެންމެ 27 އެމެރިކާ ޑޮލަރަށް ވިއްކާ ކޯސް ފުރިހަމަ ކުރުމުން ފަސޭހަކަމާއި އެކު އަރަބި ބަހުން ވާހަކަ ދައްކަން ދަސްވާނެއެވެ.
ފަސޭހަ، އަވަސް، އަދި ސްމާޓް ގޮތަކަށް އަރަބި ބަސް ދަސްކުރަން "ލާންއަރަބިކް" އަކީ އެއްވަނައެވެ.
މިއީ މިހާރު ވެސް އެތައް ހާސް ބަޔަކު އަރަބި ބަސް ދަސްކުރުމަށް ބޭނުންކޮށްފައިވާ ވެބްސައިޓެކެވެ.
ކީއްކުރަން ދަސްކުރާ އެއްޗެއް؟ ކުރިއެރުމެއް އޮތް ބަހެއް ނޫނެއްނު؟
ތިމާ ކިޔަވަން ބޭނުން ނުވާނަމަ ނުކިޔަވާ. މީސްތަކުން ދުނިޔަވީ ކުރިއެރުން ހޯދީ ބަހުގެ ސަބަބުންނެއް ނޫން. ނަމަވެސް ހިތްވަރާއެކު މުރާލިކަމާއެކު ކެތްތެރިކަމާއެކު މަސައްކަތް ކުރަން ކެރޭބަޔަކަށް ދުނިޔަވީ ކުރިއެރުން ހޯދޭނީ. އިނގިރޭސި ބަހުގެ ސަބަބުންނެއް ނޫން އިނގިރޭސިން ކުރިއެރީ، ނަމަވެސް އިނގިރޭސިން ދުނިރަވީ ކުރިއެރުމާއި އާރާއި ބާރު ލިބުމުން އެމީހުންގެ ބަސް ފެތުރުމަށް ފުރުޞަތު ލިބުނީ. އިރެއްގައި ޢިރާގުގައި ވަރުގަދަ ޙަޟާރަތެއް އޮތް، އީރާނުގައިވެސް އޮތް، މިޞުރުގައިވެސް އޮތް، ގުރީކުގައިވެސް އޮތް، އިތޯޕިއާގައިވެސް އޮތް، ޔަމަނުގައިވެސް އޮތް، އިންޑިއާގައިވެސް އޮތް، ޗައިނާގައިވެސް އޮތް، އެމެރިކައިގެ ދެ ބައްރުގައިވެސް އޮތް ނަމަވެސް އެ ޙަޟާރާތްތައް ވަނީ ނިމިގެންގޮސް ފަނޑުވެފައި. މުސްލިމުން ކުރިއެރީވެސް އަދި ކުރިއަރާނީވެސް އެމީހުންގެ ދީނުގައި ގަދަޔަށް ހިފެހެއްޓި ދުވަހަކުން. މުސްލިމުން ބަލިކަށިވާ ކޮންމެ ހިނދެއްގައި ޣައިރު މުސްލިމުންނަށް ދުނިޔަވީ ބާރު ދެއްވާނެ، އެމީހުން ކުފުރުގެ މަތީގައި ތިބި ނަމަވެސް، އެހެނަސް މުސްލިމުންނަށް ނަޞުރު ލިބޭނީ ހަމައެކަނި އެމީހުންގެ ދީނަށް ރުޖޫޢަވުމުން. މިއީ އިލާހީ ސުއްނަތް، ޤަބޫލުކުރެވުނަސް ނުކުރެވުނަސް. އިންސާނީ ބަސްތަކުގެ ތެރެއިުން މުސްލިމުން ތިބިހާ ދުވަހަކު ފުހެވިގެން ނުދާނެ ހަމައެކަނި ބަހަކީ ޢަރަބި ބަސް. ދެންހުރި ހުރިހާ ބަހަކީވެސް ފިލާގެން ހިނގާދާނެ ބަސްތަކެއް. ޢަރަބި ބަހަކީ އެ ބަހުގެ އަސާސްތައް ޤުރުއާނުގެ ޒަރިއްޔާއިން ހިމާޔަތްކުރައްވާފައިވާ ބަހެއް.
ކުރި އެރުން ލިބުނު ވަރަކަށް ދީނަށް އުޅެން ފަސޭހަ ވާނެ.
ނޫން ނޫން ކުރިއެރިޔޭ ކިޔާފަ ދީނަށް އުޅެން ފަސޭހަވާނެކަމަށް ހީވިޔަސް ކަން ހިނގަނީ އެހެން ނޫންކަން މި އޮތީ ދިމާލަށް ދުނިޔޭގެ ހުރިހާ ހިސާބުންވެސް ފެންނަން.
ހޫނ.. ދެންހެޔޮ.
އެއީ ޤުރްއާން އުގެނި ފަހުމް ވުމަށްޓަކާ އަދި އެއަށް އަމަލު ކުރުމަށްޓަކާ
ކަލޭ ތިހިރީ ގުރުއާން އުގެނިގެންނު. އެވަރުންވެސް އިންޓަނެޓް އާނުލާ ދިރިއުޅޭކަށް ނޭނގުނެއްނު؟
މާތްﷲ އަޅުގަނޑުމެނަށް ހެޔޮވިސްނުން ދެއްވަވާށި އާމީން
ދިވެހި ކުދި ދަރީންގެ ސިކުނޑި ހަލާކުކުރާ ދެލިގަނޑު
ތިދައްކަނީ މޑޕ މެނިފެސްޓޯގެ ވާހަކަ ތަ؟
އޭ ކަލޯ. ޤުރުއާން ކިޔަވަންޏާ އިންޓަނެޓް ބޭނުމެއް ނުކުރެވޭ ތަ؟ ކަލޭ ކަލާނގެ އަކަށް ގަބޫލުނުކުރާތީ ތަ އިންޓަނެޓް ކަލެއަށް ޙައްޤު ވަނީ؟ ކިތަންމެ ވަރު އެރުވިޔަސް އިސްލާމްދީނެއް ރާއްޖެއަކުން ފޮހެ ނުލެވޭނެ. ސޮރީ. އަވަހަށް ދޭ ދެންވެސް ޓްވީޓް އެއް ކޮށްލަން.
ކެންސަރަކީވެސް ޖެހިއްޖެއްޔާ ފިލާ ބައްޔެއް ނޫން. އެކަމަކު އެޔަކީ މާ ރަނގަޅު ބައްޔެކޭވެސް ނުބުނެވޭނެތާ
އާނ ވިސްނިއްޖެ. ކެންސަރަކީ ކަލޭގެ އަނގަ ދޯ.
އުފަންވާތަނުން ޅަދަރީންގެ ސިކުނޑި ޚަރާބުކޮށްލަން ދަސްކޮށްދޭ އެއްޗެއް. ކުޑަކުދީންގެ ހައްގު ރައްކާތެރި ކޮށްދެވޭތަ ގަދަ ކަމުން އެކުދީންގެ ބޮލަށް ޖަހާލަތުގެ ޗިޕް ޖަހައި ފުރާލީމަ؟
މީނައަށް މާ ބޮޑަށް ޖަހާލާތު އިނގެނީޔޯ. އަނެއްކާ ކަލޭ ތީ ޖަހާލަތު ރާއްޖޭގެ ރައީސް ތަ؟
ޢަރަބި ބަސް ދަސްކޮށްފާނެތީ ލާދީނީ މީހުންނަށް ހާދަހާވާ އަސަރެކޭ ކުރަނީދޯ. ދެން އެކަމު ކީއްކުރާނީ. ނަޝީދަކާ ލޫކާސް ޕޫކާސް އަކާ ތޮއްޔިބަކާ ހަޅޭއްފަޅޭއް ލަވަން ތިއްބަސް އެދަސްކުރާނެ ބަޔަކު ދަސްކުރާނެ ދޯ.
ވަކިބަޔަކުގެ ނަން ކިޔަން އެނގޭބާ
އާނ. އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ނޭނގޭ ބަޔަކު މިގައުމަކު ނޫޅޭ މިހާރު.
ޢަރަބި ދަސްކުރުން ވަރަށް މުހިންމު ކަމެއް. ޢިސްލާމްދީނުގެ މައިގަނޑު ދެއަސާސް ކަމަށްވާ ޤުރުއާނާއި ސުންނަތް އައިސްފައި ވަނީ ޢަރަބިބަހުން. ތަރުޖަމާއިން އެތަކެތި އެނގުމުގެ ބަދަލުގަ ޢަރަބި ބަސް އުގެނިގެން ޤުރުއާނުގެ މާނަ އެނގުނީމަ އިޙްސާސް ކޮށްލެވެނީ މިޤުރުއާނުގެ ހުރި ޢަޖައިބުކަމާއި ފުރިހަމަކަން ސުބުޙާނަﷲ.
ކަލޭ އުޅޭހާ ގޮތަކަށް އެންމެން އުޅެން ޖެހޭތަ؟
އެހެންވެ ކަހީނު ކަލޭ އުޅޭ ގޮތަށް ދޯ އެންމެން އުޅެންވީ. ކަލޭ ދޯ އެންމެންގެ މިސާލަކީ.
މިއަދު މިމުޖުތަމައުގައި ތިމަންނަ މީ ފުރިހަމަ މުސްލިމެކޭ ބުނެވޭނީ ވަރަށްވެސް މަދުބަޔަކަށް. މި ހަބަރަށް ލިބިފައި ވާ ކޮމެންޓުތަށް ކިޔާފައި ލަދުގަނެ ދެރަވާހާލު ބުނެލަން ބޭނުމީ އަހަރެމެން އިންސާނުން ދުނިޔެއަށް ފޮނުއްވެވީ ކުރިއަރައިގެން ދިއުމަށް. މާދަމާ އަހަރެމެންގެ ދަރިންނަށް ފަގަތި ދިރިއުޅުމެއް ލިބޭނީ މިއަދު އަހަރެމެން އުޅުން ބިނާކުރާގޮތަކުން. އަހަރެމެން އެއަށް އަމަލުކުރަން އަންގަވާފައިވާ ފޮތް އެވަނީ އަރަބިން. އެފޮތުގައިވާއެއްޗެއް ތަރުޖަމާއެއް ބަލައިގެން ކިޔާލުމުގެ ބަދަލުގައި އޭގައި އެބުނާ އެއްޗެއް ހިތަތެރެއަށް ވަދެގެން ދިއުން ކިހާ މުހިންމު. އެކަމަށްތަކައި އަހަރެމެން އަރަބި އުގެނެން އެބަޖެހޭ. އަހަަރެންގެ ދުޢާ އަކީ އެންމެހާ އަހުންނާއި އުހުތުންނަށް ފުރިހަމަ ވިސްނުމެއް ދެއްވާ ފާގަތި ތިރިއުޅުމަކަށް.