ދުނިޔޭގެ ނަން މަޝްޙޫރު ސްޓޭންޑަރޑް ބްރޭންޑްގެ ފަންކާ ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.
މި ފަންކާ ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ މާފަންނު ގިޔާސުއްދީން ސްކޫލްގެ ކުރިމަތީ ހުންނަ ސެވަން ވީކްސް ސެނެޓަރީ ވެއަރ ފިހާރައިންނެވެ.
އެއް އަހަރު ދުވަހުގެ ވޮރަންޓީއާއެކު އެފިހާރައިން ރާއްޖެއަށް ތަޢާރަފްކުރި މި ފަންކާއަކީ އެއްގޮތަކަށްވެސް ދަބަރުގެ އަސަރެއް ނުކުރާގޮތަށް ތައްޔާރު ކޮށްފައި ހުންނަ ކޮލެޓީ މޮޅު ފަންކާއެކެވެ. އަދި މީގެ އިތުރު ވަރަށް ރީތި ޑިޒައިންތަކުގެ އެކި ކުލަކުލައިގެ ފަންކާވެސް މި ބްރޭންޑްގެ ލިބެން ހުރެއެވެ.
https://www.facebook.com/195974004674933/posts/202012807404386/
"މި ބްރޭންޑްގެ ފަންކާގެ އެންމެ ޚާއްޞަ ކަމަކީ އެބޭފުޅެއްގެ ކޮޓަރީގެ ނުވަތަ ރެސްޓޯރެންޓެއްވިޔަސް އެ ބޭނުންފުޅުވާ ކުލައަކުން ފަންކާ ބައްލަވައިގަތުމުގެ ފުރުސަތު މި ބްރޭންޑްގައި އޮންނަ ކަން، ބައެއް ފަހަރު ފަންކާ ގަނެފައި އެބަޖެހޭ އެ ބޭނުންވާ ކުލައަކަށް ބަދަލު ކުރުމަށް ސްޕްރޭ ކުރަންވެސް އަދި މި ފަންކާ އަކީ އެއްގޮތަކަށްވެސް ދަބަރު ނުޖަހާ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ މޮޅު ފަންކާއެއް" ސްޓޭންޑަރޑް ފަންކާއާއި ބެހޭގޮތުން ސެވަންވީކްސް ސެނިޓަރީ ވެއަރގެ ވެރިޔާ އަޙުމަދު މުޖާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފާޚާނާއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ހޯދާލަން ބޭނުން ނަމަވެސް ދާންވީ ހަމަ ސެވަން ވީކްސް ސެނިޓަރީ ވެއަރ އަށެވެ. ފާޚާނާއަށް ބޭނުންވާ ރީތި މޮޅު ސާމާނުތައް އެތަނުން ލިބޭނެއެވެ. އެތަނުން ވިއްކާ ޕްރޮޑަކްޓްތަކުގެ ކޮލެޓީވެސް ވަރަށް ރަނގަޅު ކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.
ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި ހުއްޓަސް، ސެވަން ވީކްސް ސެނިޓަރީ ވެއަރ އިން ރީތި ކޮލެޓީވެސް ވަރަށް މޮޅު ސާމާނުތައް ސީދާ އެ ބޭނުންވާ ތަނަކަށް ނުވަތަ ރަށްރަށަށް ނަމަ ދޯންޏާއި ހަމައަށް ގެންގޮސްދޭނެވެ. ޑެލިވަރީކޮށްދެނީ މުޅިން ހިލޭއެވެ.
މީގެ ތިން އަހަރު ކުރިން ހުޅުވި ސެވަން ވީކްސް ސެނިޓަރީ ވެއަރ ފިހާރައަކީ ގިނަބައެއްގެ އިތުބާރުވެސް ލިބިފައިވާ މޮޅު ކޮލެޓީ ބްރޭންޑެޑް ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ފިހާރައެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އިންޑިއާ، ޗައިނާ އަދި ބެންކޮކްގެ މީގެ އިތުރުންވެސް އެހެން ބައެއް ޤައުމުތަކުގެ މޮޅެތި ޕްރޮޑަކްޓްތައް އެ ފިހާރައިން ލިބޭނެއެވެ.
މުޅި ފާހަނާ ސެޓް އެއްކޮށް ނިންމާލެވޭނެ ފާހަނަ ތެރެ ރީތިވެފައި ފުރިހަމަވެސް ވާނެއެވެ. މީގެ އިތުރުން ހޫނު ފެން ބޭނުން ކުރެވޭ ބޮއިލަރުތަކާއި، ހީޓަރާއި، އެކި ވައްތަރުގެ މޫނު ދޮންނަ ތަށި ސެޓާއި، ފާހަނާ ތަށި، އެކި ވައްތަރުގެ ޝަވަރު އަދި އެކި ވައްތަރުގެ ތަށިމުށީގެ އިތުރުން ލަކުޑި ދޮރު، ފައިބަރު ދޮރުގެ އިތުރުން، ސްޓޭންޑް ފަންކާ އަދި ސީލިންގ ފަންކާ އާއި ކޮންސްޓްރަކްޝަން ސާމާނާއި މެޝިނަރީތަކުގެ އިތުރުންވެސް ވަރަށް ގިނަ ޕްރޮޑަކްޓްތައް އެ ފިހާރައިން ލިބެން ހުރެއެވެ.
އެ ފިހާރައިން ވިއްކާ ފާހަނަ ތައްޓަށް ބަލާއިރު، އެއީ ދުނިޔޭގެ ނަން މަޝްހޫރު ކްލެސިކަލް ބްރޭންޑްގެ މޮޅު ފާޚާނާ ތައްޓެވެ. އެ ފާހަނަތަށީގެ ފްލެޝް ޓޭންކަށް ފަސް އަހަރުގެ ވޮރެންޓީ އެ ފިހާރައިން ދޭނެއެވެ. "ފަސް އަހަރުގެ ކުރީގައި ފްލެޝްޓޭންކުގެ އެތެރޭގެ މައްސަލައެއް ޖެހިއްޖެޔާމުން އަޅުގަނޑުމެންގޮސް އޭތި ބަލާފައި ފްރީކޮށް އޭގެ ސާވިސް ވެސް ކޮށްދޭނެ އަދި އާ އެއްޗެހި އަޅުވަދީފައި އަޅުގަނޑުމެން ދާނީ. އަދި އެއަށް ބޭނުންވާ ސްޕެއާވެސް އަޅުގަނޑުމެންގެ އަތުގައި ލިބެން ހުންނާނެ". މުޖާހު ވިދާޅުވިއެވެ.
އެ ފިހާރައިން މައުލޫމާތުދިންގޮތުގައި، އެތަނުން ކްލެސިކަލް ބްރޭންޑްގެ ފާހަނަތަށި ވިއްކަމުން ގެންދާތާ ތިން އަހަރު ވެއްޖެއެވެ. ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް އެ ބްރޭންޑްގެ ފާހަނަތައްޓަށް ލިބެމުން އަންނަކަން އެތަނުން ފާހަގަކުރިއެވެ. އެ ފިހާރައަށް ވަދެއްޖެނަމަ ހަމަ ޔަގީނުންވެސް އެތަނުން ވިއްކަމުންދާ ތަކެތީގެ ވައްތަރުތައް ގިނަ ކަމާއި ފުރިހަމަކަމުގެ ވާހަކަދައްކާނެއެވެ. އަދި އެތަނުން ފެންނަ ތަކެތި ގަންނަންވެސް ބޭނުންވާނެއެވެ.
ފަންކާގެ އަގުވެސް ޖަހާލާނަމަ އެއްނު.....
ސަޅި އިސްތިހާރެއް...
އޯ ތީގެ ފަންކާ އެއް މަވެސް ގަތީ ވަރަށް ފައްކާ ވ. ސުޕީޑް ވ. ސަޅި