އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަހުގެ ޖަލްސާ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއް ހަމަޔަކަށް ގެނައުމަށް މި އަހަރުގެ ތެރޭގައި ސިޔާސަތެއް އެކުލަވާލުމަށް ފިނޭންސް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިއަހަރުގެ ތެރޭގައި އެ މިނިސްޓްރީއިން ކުރަން ނިންމާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން، ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަރުކާރު ކުންފުނިތަކުގެ މެންޑޭޓްގައި ފުށުއެރުންތައް ހުރުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުތައް އިސްލާހުކުރާނެ ކަމަށެވެ.

ހަމައެހެންމެ، ސަރުކާރު ކުންފުނިތައް ޕާފޯމަންސަށް ބަލައިގެން ގިންތި ކުރުމަށް ނިންމާފައިވާ ކަމަށާއި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އަލުން ރިވިއުކޮށް މުސާރަ އެއްހަމަ ކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި، ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ރިވިއުކޮށް އެއްގޮތް ކުރުމަށް ވަނީ ނިންމާފައި،" ބަޔާނުގައިވެ އެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން އަމަލު ކުރުމަށްޓަކައި، ކޯޕަރޭޓް ގަވަނަންސް ކޯޑު އޯއީސީޑޯ ސްޓޭންޑަޑަށް ތައްޔާރުކޮށް އާންމު ކުރާނެ ކަމަށާއި ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުސާރަ ކުޑަ ކުރަން މޮޅު މަޅިއެއް ޖަހަނީ ދޯ

  2. މީއާކަމެއްނޫން. ޔާމީން ސަރުކާރުންވެސް މިމަސައްކަތް ކުރި. ގަޓުނެތިތްޔާ މީބޭކާރު ވާހަކައެއް ދައްކަން

  3. މުސާރަ ކުޑަ ކޮށްގެން ނުވާނެ. ޥޯޓު ދިނީ ލިބޭ މުސާރަ ކުޑަ ކުރާކަށްނޫން.

  4. ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުންގެ މުސާރަތަކެއް އެއް ހަމަ އެއް ނުކުރެވޭނެ .މުސާރަ ހަމަޖައްސަންޖެހޭނީ މަގާމުގާ އޭނަ ކުރަންޖެހޭ މަސައްކަތްތަކާ މަސްއޫލިއްޔަތުގެ މައްޗަށް ބިނާކޮށްގެން. ސްޓެލް ކޯ ފެންކުނަފުނި ރައްޔިތުންނަށް ވަރަށް މުހިންމު ހިދުމަތެއްދޭ ދެކުންފުނި މިދެކުންފުނީގެ ހިދުމަތަކަށް ބުރޫ އަރައިފިނަމަ ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހޭނެ. މި ދެކުންފުންޏާ އެހެން ކުންފުނިތަކާ ހަމަހަމައެއްނޫން . ދެން އޮތީ އެސްޓީއޯ އެމްޕީއެލް މިއީ 2 ވަނަ ކެޓަގަރީ މިގޮތަށް ގޮސް ދަވްލަތުގެ ކުންފުނިތައް ޖެހޭނީ ކެޓަގަރައިޒް ކުރަން، ހުރިހާ ކުންފުނިތަކުގެ މަސްއޫލިއްޔަތާ ވާޖިބުތަކާ ޒިންމާ އެއްވަރު ވެގެން ނުދާނެ. ވީމާ ހައްދަވަން ތިޔަ އުޅުއްވަނީ ގޯހެއް.

    • ސަލަރީ ދޮންބެ

      ތިހެން އންޒާރު ދިނަކަސް ހާހެއް ނުވޭ. ހަމަ ކުޑަކުރާނަން. ދެން ހަދާނެ ގޮތަކީ ތި ފުއްޕާ ގްރޫޕު ވަޒީފާއިން ވަކިކޮށްފަ އިންޑިއާގެ މޮޅެތި އެކްސްޕާޓުން ގެންނާނީ. އޭރުން ކުޑަމުސާރަ އަކަށް ކޮލިޓީ މުވައްޒަފުން ލިބޭނެ. މި ދިވހިން އަބަދު ކޔާނީ މުސާރަ ބޮޑުކުރަން ، މަސައްކތެއް ނުކުރާނެ. ލާރި ލާރި މަތީ މަގާމު.. ކިޔަވިގެން ހުރި މީހާގެ ބޮލަށް ފިތާލާފަ ވެސް މި 2 އެތި ހޯދާނެ.

  5. މުސާރަ ކުޑަކުރުމުގެ ވިސްނުން، ބޯނަސް ވެސް ހަމަ ހަމަ ވާންޖެހޭނެ، އެއްބަޔަކައް ބޯނަސް 25000 ލިބޭއިރު އަނެއް ބަޔަކައް 1000 ރުފިޔާ ނުލިބޭ، މިސާލަކައް އެމް،ޑަބްލިއު، އެސް، ބޯނަސް ވަރއް ބޮޑު، އަހަރަކު އެއްފަހަރު ދޭ، އައިލެންޑްއޭވިއޭސަން ގެ ބޯނަސް ވަރައް ކުޑަ، 2އަހަރުންވެސް ނުދޭ

  6. ކީއްވެ ސިވިލް ސާވިސް އާ މިނިވަން މުއައްސަސާތަކުގެ މުސާާރަތައް އެއްވަރު ކުރަން ނުކެރެނީ. ާ އެއީވެސް ދައުލަތުން މުސާރަދޭ ބައެއް.

  7. އެއްބަޔަކު ތިޔަކަމާ އަތްޖަހާނެ ،އަނެއްބަޔަކުކުޅަނދުރު ތަކެއްހެންފުފޭނެ. ވާނެގޮތަކީ މިސާލަކަށް އައިލޭންޑް އޭވިއޭޝަންގެ މުއައްޒަފު އެއީ ބައްޕަ އެމްއޭސީއެލް އެއީ ދަރިފުޅު ދަރިފުޅުގެ މުސާރަ ބައްޕައަށްލިބޭ މުސާރައްށްތުރެ ބޮޑު އެއީ 8000 ކަމައްވެފަ ބައްޕަގެމުސާރަ އަކީ 4000 ކަމައްވާނަމަ އެއްވަރުކުރާނީ ބައްޕަ އާއި ދަރިފުޅުގެމުސާރަ. އެހެންވެއްޖެނަމަ ކުރިން ދެމީހުން މަސައްކަތުންލިބޭ 12000 ރުފިޔާއިން 4000 ރުފިޔާ މަދުވާނެ. އަދިއެހިސާބުން ވާގޮތަކީ ބައްޕަގެމުސާރަ އާއި ދަރިފުޅުގެ މުސާރަ ހަމަހަމަ ވެ ދެމީހުން ނައް ލިބޭނީ 8000 ރުފިޔާ. އެކަމަކު ހަމަބުނެލަންއޮތީ މުސާރަ އާއި ކުޅެންހަދަފިނަމަ އެކުރެވެނީ ވަރަށްކަނޑުކޮސްކަމެއްކޭ.

  8. އެމްޑީ ކިޔަކަސް ހުރިހާކުންފުނިތަކުގެ އެމްޑީންގެ ވާޖިބާ މަސްއޫލިއްޔަތާ ކުރަންޖެހޭ މަސައްކަތް އެއް ވަރެއް ނުވާނެ. މުސާރަ ކަނޑައަޅަނީ އަކީ ނަމަކަށް ނޫން މުސާރަ ކަނޑައަޅަނީ މަސައްކަތާ މަސްއޫލިއްޔަތަށް . އެއްވަރު ވެއްޖެނަމަ ފެންކުންފުނި ސްޓެލްކޯ އެސްޓީ އޯ އެމްޕީއެލް ފަދަ ކުންފުިތަކުގެ އެމްޑީންގެ މަސައްކަތާ އެމްޓީޑިސާއާ އެޗްޑިސީ އާ ހަމަ ވާނެތަ ؟ ބުނެބަލަ އެހެން ނޫން ކެޓަގަރީ ކުރެވިދާނެ އެކަމަކު ހުރިހާކުންފުނިތަކުގެމަގާމްތަކަށް ކިޔާ ނަންތަކަށް އެއްވަރު މުސާރައެއް ކަނޑައެޅުންވާނީ ބޭއިންސާފަކަށް.

  9. ކިނބޫއަށް ހަމަ ކޮއްފަ ނުކުރާނެކަމެއް ނޭނގިގެން މިހާރު ކުޅެނީތި އަލިފާނާ. ބޭކާރު ކަންކަން ކޮށް ބަދަލު ހިފުމާއި އެއްހަމަ ކުރުމުގެ ބޭކާރުވިސްނުމާއި ދުރުވެ ތަރައްގީގެ އާވިސްނުމަށް ޖާގަދިނުމަށް އިސްތިއުފާދީ

  10. ވެއްޖެނަމަ ރަގަޅު ރުޅިގަދަވާނީ ސްޓެލްކޯ މުއައްޒަފުން