ރާއްޖޭގައި އޮތް ހަމައެކަނި އިރުގެ ހަކަތަ އިން ކަރަންޓު އުފައްދާ ރިސޯޓެއްގެ ގޮތުގައި ކުޑަދޫ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުގައި ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ހިތްގައިމު މި ޕްރައިވެޓް އައިލެންޑަަށް ކަރަންޓު ދެނީ އެ ރަށުގެ މައި ވޯޓާ ބަންގަލޯ މަތީގައި ހަރުކޮށްފައިވާ ސޯލާޕެނަލް ތަކުންނެވެ.

ކުޑަދޫ އައިލެންޑް ފަރުމާކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޔޫޖީ ޔަމަޒާކީ ބުނެފައިވާ ގޮތުގައި ސޯލާ ޕެނަލްތައް ފަރުމާ ކުރުމުގައި ބަލާފައި ވާނީ ރަށުގެ ރީތިކަން ނުގެއްލޭ ގޮތަށް އެތަން ހެދުމަށް ކަމަށެވެ.

ގާތްގަނޑަކަށް ރެއަކަށް 3،000 ޕައުންޑަށް ޗުއްޓީ ހޭދަކޮށްލެވޭ މި ރިސޯޓަކީ މިފަހުން ރާއްޖޭގައި ހުޅުވި އެންމެ ރީތި އެއް ރިސޯޓެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ޅ. ކުޑަދޫގައި ތަރައްޤީކުރި މި ޕްރައިވެޓް އައިލެންޑަކީ ތިން ހެކްޓަރުގެ ހިތް ގައިމު ރީތި ރަށެކެވެ. މި ޕްރައިވެޓް އައިލެންޑުގެ 2،000 ސްކެއާ މީޓަރުގެ ސޯލާ ޕެނަލް އަޅާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފޭޑެޑް

  ތިޔާ ފުރާޅުގައި ޖެހި ސޯލާރ ޕެނަލްސް ތައް ބަހައްޓާފައިވާ އިރު ކޮންމެ ދުވަހަކު 5000 ލީޓަރު ޑީސަލް ކުޑަދޫ އިން އަންދަނީ އެއީ ކިއެއްވެތޭ އެއަށް ޖަވާބު ދޭން ޖެހޭނެ ނޫންތޭ ތަމެން ތަމެންގެ ސޯލަރ ޕެނަލްސް ތަކުގެ ވިޔަފާރި ކުރިއަރުވަން ވެގެން ދޮގާއި މަކަރާއި ހީލަތް ހެދުން ނޫންތޭ ސޯލަރ ޕެނަލްސް ތަކުގެ އަލިފުބާ ވެސް ނުދަންނަ ދިވެހިންގެ ތެރެއަށް ތިޔާ ފަތުރަނީ ތިޔާއީ ސަރުކާރުން ފައިސާ ގަނޑެއް ދަވާލަން ވެގެން ރާވާ ރޭވުމަކާއި ވަރަށް ބޮޑަށް ވައްތަރޭ ޑީސަލް އަންދާއިރު ދޮގު ހަދަނީ އެއީ ކިއެއްވެތޭ ކުޑަދޫ ރިސޯރޓް އިން ވެއަރ އާރ ޔޫ ނައު ވެން ވީ ވޮނާ ޓްރޫ ޔޫއާރ ފޭޑެޑް ދޯ އޯއް އޯއް އައި ލައިޑް ޔޫ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ލޮސްޓް ޑާންސް ޑާންސް ޑާންސް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯލޮސްޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  • Anonymous

   ރެވިތެޔޮ އެޅިގެން ދެއްތޯ ތިއުޅެނީ؟

 2. ނެތީމޭ

  އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި މިއިން އެގިގެން ދަނީ ދެން ތަމެންގެ ވެރިކަމުގައި އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ދާން މާގިނަ ދުވަހެއް ނެތް ކަމަށް މިފަހަރު ތަމެން ކަން ކުރަން އުޅޭ ގޮތަކީ އެއީ އިންޑިއާގެ ހެލި ކޮޕްޓަރު ދުއްވަން ނަމުގައި އިންޑިއާގެ 6 ހާސް ސިފައިން ރާއްޖޭގައި ބޭތިއްބުން އެއީ ފުރަތަމަ ކަން އެއަށް ފަހު ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ ކަޓް ކާލުން ނޫންތޭ މީ މަމެންނަށް ނޭގޭ ކަމެއް ނޫނޭ ބުނަން ނެތީމޭ