ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދާ ވީއައިޕީ/ސީއައިޕީ ކޮމްޕްލެކްސް އިމާރާތުުގެ މަސައްކަތް ބާރް ސްޕީޑްގައި ކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އިއްޔެ ވިދާޅުވީ، އެ އެއާޕޯޓްގެ އަލަށް ތަރައްގީ ކުރާ ވީއައިޕީ/ސީއައިޕީ އިމާރާތުގެ ފޭސް އެކެއްގެ މަސައްކަތްތަކުގެ ތެރެއިން ސްޓީލް ސްޓްރަކްޗަރ އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާކަމަށެވެ.

ހަމައެހެންމެ، ސްޓްރަކްޗަރަލް މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތްތައް މިހާރުވެސް ސައިޓްގައި ހުރިކަން އެމްއޭސީއެލް އިން ފާހަގަކުރިއެެވެ. އަދި އަންނަ ހަފްތާ ތެރޭގައި އެ އިމާރާތުގެ ތަޅުން އެޅުމުގެ މަސައްކަތް ފަށާނެކަމަށްވެސް ވިދާޅުވިއެވެ.

އެތަން ތަރައްގީ ކުރަމުން ދަނީ ކުރީގެ އެކުއާ ރެސްޓޯރަންޓް ހުރި ތަނުގައެވެ.

އެމްއޭސީއެލް އިން ކުރިން ބުނިގޮތުގައި، އެ އިމާރާތް ތަރައްގީ ކުރަނީ މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށެވެ. އަދި ވީއައިޕީ ކޮމްޕްލެކްސްގައި ޗެކް-އިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާހާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށްވެސް ބުންޏެވެ.

އަދި އެ ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޢީމު

    ރައީސް ޔާމީންގެ ތަރައްޤިގެ ތަޞައްވުރު!

    • ޙައްގުބަސް

      ރަގަނޅު!! ރައިސް ޔާމީންއަށް މިހިނގާ ފަސް އަހަރުގެ ދައުރު ރައްޔިތުން ދިންނަމަ މިގައުމު ވަރަށްބޮޑަށް ބަދަލުކޮށްލީސް!! މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެފެންނަ ތަރައްގީއާއި ކުރަމުންދާ މަސައްކަތަކީ ރައިސް ޔާމީންގެ ތަސައްވުރު!! ފެއްޓިގެން ކުރިއަށް އެގެންދާ ހުރިހާކަމެއް 2020 ނިމޭއިރު މުޅިން ނިމޭނެ މިސަރުކާރުން އެއްވެސް ކަމެއް ކުރިމަތި ނުކުރުވާނަމަ!! އެއޮތީ ރަންވޭއެއް ނިންމާފަ!! އާޓާމިނަލް މަސައްކަތް އެދަނީ ކުރިއަށް!! ސީޕްލޭން ޓާމިލަން އެނިމެނީ!! މިކަހަލަ އެތައްކަމެއް!!

  2. ނެތީމޭ

    ތަމެން އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށް ނުދެވި އަކުން ބަކުން ކުޅެގެން ތަމެންނަށް ރައްޔިތުންގެ ހިތް ތަކުން މޮޅު ނުވެވުނީމާ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރި ބިއުޓިފުލް މައިންޑްގެ އަބަުރާއި އިއްޒަތް ތިޔާ ގޮތަށް ތަމެން ދުއްވާލަން އުޅުނަސް ތިޔާ ކަމެއް ކާމިޔާބު ނުވާނެއޭ ތިޔާ ޕޮލިސް ކަމިޝަނަރަކީ އެއީ އެމްޑީޕީގެ ހަރުގެ އޮޕަރޭޓް ކުރި މީހެއް ނޫންތޭ ދެން ވާނީ ކިހިނެއްތޭ ތަމެން ތިޔާ ތިބީ އަބަހައްދަވެފައިތޭ މަމެން ބުނަން ނެތީމޭ

  3. Anonymous

    ސަަބަހެެ ރައިސް ަޔަަަމިން

  4. ޙަސީން

    ޝުކުރިއްޔާ ރައީސް ޔާމީން. އިންދެވި އޮށްތައް ފަޅަމުން ދާ މަންޒަރު ފެންނަމުން މިދަނީ. ތިޢީ މިގައުމުގެ ތަރައްގީ މެކުހަށް ޖެއްސެވި ރައީސް. ޝުކުރިއްޔާ.

  5. ރަދުން

    ތެންކިޔު މައި ޑިއަރެސްޓް ޕްރެޒިޑެންޓް. ދުޢާއަކީ ގައުމަށްޓަކައި ފަޚުރުވެރި މެގަޕްރޮޖެކްޓްތަކަކާއިގެން ނިކަމެތި ރައްޔިތުންނަށްޓަކައި އަދިއެއްފަހަރުނަމަވެސް އެނބުރިއައުން.