އައިލެންޑް އޭވިއޭޝަންއިން އަގުހެޔޮ ކުރި ފެއާތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށާފައިވާއިރު އަގުހެޔޮ ފެއާތަކުގައި ސީޓު ލިބޭވަރު ތިންގުނަ އިތުރުވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވެއްޖެއެވެ.

އައިލެންޑް އޭވިއޭޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޫސާ ވަސީމް ވިދާޅުވީ ކުރިން މޯލްޑިވިއަންއިން ރާއްޖޭގެ އެކި ސަހަރައްދުތަކަށް އަގުބޮޑުކޮށް ވިއްކަމުން ދިޔަ ދެ ފެއާ މިހާރު އެއްގޮތަކަށްވެސް ނޯންނާނެ ކަމަށެވެ. އަދި އަގުހެޔޮކުރި ފެއާތަކާއު އެކު ފެއާގައި ދަތުރުކުރަން ބޭނުންވާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިއާއި އަޅާބަލާއިރު މިހާރު ތިން ގުނަ އިތުރުވާނެ އަގުހެޔޮ ފެއާގައި. މާނައަކީ ސީޓު ލިބޭ ވަރު އިތުރުވާނެއޭ. އެހެންކަމުން ދަތުރުކުރަން ބޭނުންވާ ގިނަ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެ" މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
މޫސާ ވަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އެތެރޭގެ އުދުހުންތަކުގެ އަގު އައިލެންޑް އޭވިއޭޝަން އިން ހެޔޮ ކުރީ އައިލެންޑް އޭވިއޭޝަންގެ މަސައްކަތްތަކަށް އެކަމުގެ ސަބަބުން ބުރޫ ނާރާނެ ގޮތަކަށް ކަމަށްވެސް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ޓިކެޓް އަގުހެޔޮ ކުރުމުގައި ބޮޑަށް ބަލާފައިވަނީ ޑިމާންޑް ބޮޑު ނުވަތަ ފަސިންޖަރުން ގިނައިން ދަތުރު ކުރާ ސަހަރައްދުތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަގުތަކަށް ގެނައި ބަދަލުތައް: ( ދެކޮޅު ޓިކެޓު)
މާލެ – ހަނިމާދޫ – މާލެ، 1610 ރުފިޔާއާއި، 2226 ރުފިޔާ ދެމެދު.
މާލެ – އިފުރު – މާލެ، 1500 ރުފިޔާއާއި، 2056 ރުފިޔާއާ ދެމެދު.
މާލެ – ދަރަވަންދޫ – މާލެ، 1098 ރުފިޔާއާއި، 1568 ރުފިޔާއާ ދެމެދު.
މާލެ – ކުޑަހުވަދޫ – މާލެ، 1500 ރުފިޔާއާއި، 2056 ރުފިޔާއާ ދެމެދު.
މާލެ – ތިމަރަފުށި – މާލެ، 1610 ރުފިޔާއާއި، 2226 ރުފިޔާ ދެމެދު.
މާލެ – ކައްދޫ – މާލެ، 1610 ރުފިޔާއާއި، 2226 ރުފިޔާ ދެމެދު.
މާލެ – ކޫއްޑޫ – މާލެ، 1652 ރުފިޔާއާއި، 2442 ރުފިޔާއާ ދެމެދު.
މާލެ – ކާޑެއްދޫ – މާލެ، 1652 ރުފިޔާއާއި، 2442 ރުފިޔާއާ ދެމެދު.
މާލެ – ފުވައްމުލައް – މާލެ، 1698 ރުފިޔާއާއި، 2598 ރުފިޔާއާ ދެމެދު.
މާލެ – ގަން – މާލެ، 1698 ރުފިޔާއާއި، 2666 ރުފިޔާއާ ދެމެދު.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އެނދުގުޑުވާ

  ކޮބާ ޓިކެޓް އަގު ހެޔޮ ވެފަ/ ތިއޮތީ ޓިކެޓުން މަކަރު ހަދާފަ އިބޫ ސޯލިހް މެން/ ސޭޓް އަންހެނުން ،،،،،،،،،،،،،،،،،،،،،،،،،،،،،،،،އގު ހެޔޮކޮށްބަ،،، ރައްޔިތުން މާ ހިތްހަމަ ޖެހޭނެ

 2. Anonymous

  މިހާރު 2 3 ގުނަ އިތުރުކުރީމާ 6 ދެން ؟

 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އަގުހެޔޮ ފެއާއަކީ ކިހާވަރެއްހޭ ނިކަން ބުނެދީބަލަ؟ ބޮޑުތަނުން އަގުހެޔޮވުމަކީ ޓިކެޓް ގަންނަން ލިބޭއަގު ހެޔޮވުން! ސީޓުގުނާކަށް އަހަރުން ބޭނުމެއްނޫން! ބޭކާރުވާހަކަނުދައްކާދެން!

 4. މޫސާ

  ބޯޓުތަކުގެ ޝީޓުތައް އިތުރު ކުރީތަ މޫސަގޮސް؟

 5. ބހ

  އޮޅުވާލުން މިހުންނަނީ ކަށީގަހިފާފަ
  އިސްކޫލުކުދިންގެ ނާސްތާވެސް އޮޅުވާލުމެންގަ
  މާބަޑުމީހުންވައުދު
  އަލަންއުފަންވާކުދިންގެ ޕެކެޖު
  ލާދީނީސަރުކާރު 10 އަހަރުބޭނުންވޭ

 6. ޒިޔާޕު

  ކުރިން އަގުހެޔޮ ފެއަރގަ ފްލައިޓަކުން 1 ސޭޓު މިހާރު ފެއަރ ގަ ފްލައިޓަުން 3 ސީޓު. ކިހާ ގިނަތޯ؟

 7. ޢަލީ1

  ޙުސް ދޮގު

 8. އާތު

  މަކަރާ ދޮގު ހެދުމުގާ

 9. Miadhu

  3 ގުނަ އިތުރުވާނެ 2 ފިޔަމަތިންނާއި ފުލައިޓްގެ މަތިން ޝީޓް ޖަހައިގެން