ގައުމީ އެއާލައިން މޯލްޑިވިއަންއިން ވިއްކަމުން އަންނަ ޓިކެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް މިއަދު ވިއްކަން ފަށައިފިއެވެ.

މޯލްޑިވިއަން އިން އެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮކޮށް، ޓިކެޓް ވިއްކަން ފެށުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު ކުރި އިއުލާނުގައިވާ އަގުތަކަށް މިއަދުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުންނާއި އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ވިއްކަމުންދާނެ ކަމަށެވެ.

އަދި މިއަދުން ފެށިގެން ކުރިއަށް ހުރި ދުވަސްތަަކަށް އެޑްވާންސްކޮށް ޓިކެޓު ނެގި މީހުންނަށް ވެސް އަގުހެޔޮ ފެއާގައި ޓިކެޓް ލިބޭނެއެވެ. ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާއި ބިޒްނަސް ވިސާގައި އުޅޭ ފަރާތްތަކަށް ވެސް ފެއާގައި ދަތުރުކުރެވޭނެއެވެ.

މޫސާ ވަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
މޫސާ ވަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ.

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު:

މާލެ – ހަނިމާދޫ – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – އިފުރު – މަލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ދަރަވަންދޫ – މާލެ: 1098 ރުފިޔާއާއި 1568 ރުފިޔާއާ ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ތިމަރަފުށި – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – ކައްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ކާޑެއްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ގަން – މާލެ: 1698 ރުފިޔާއާއި 2666 ރުފިޔާއާ ދެމެދު

މީގެ އިތުރުން ޓިކެޓްގެ އަގަށް ގެނައި ބަދަލުތަކާއެކު ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމަށް އިތުރު ކަންތައްތަކެއް ވެސް ރާވަމުން އަންނަ ކަމަށާއި އަގުހެޔޮ ފެއާގައި ޓިކެޓު ލިބޭ ވަރު ތިން ގުނަ އިތުރުވެގެންދާނެ ކަމުގައި ވަސީމް ވިދާޅުވެފައިވެއެވެ. އަދި ކުރިން އަގުބޮޑުކޮށް ވިއްކަމުން އައި ދެ ފެއާ އުވާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ކޮބާ ގާސިމުގެ ފުލައިޓަކުން އަގެއް ހެވެއް ނުކުރޭތަ..މާމިގިލިއަށް އުދުހޭ ގާސިމުގެ ފުލައިޓުންވެސް އަގު ހެޔޮކުރާންޖެހޭ.. އަލިފެއް ބާއެއް ނޭގޭ މީހުންނަށް މިނިސްޓަރުކަން ދިނީމާ ވާގޮތް މިފެންނަނީ.. މީނާގެ ފުލައިޓުން އަގުހެޔޮ ނުކޮއް. އިސްތިއުފާ ދީ މިނިސްޓަރު ކަން ނުކުރެވެއްޏާ..ސޮލިހު ވައުދުވީ އެންމެ ފުލައިޓަކުން އަގުހެޔޮ ކުރާން ތަ.

  2. މަރީ

    ކީއްވެގެންތޯ އެއާ ޓެކްސީގެ އަގު ދިވެހިންނަށް ކުޑަ ނުކުރަނީ؟

  3. ކިންގފިޝަރ

    ހީވަނީ ވަކި ބަޔަކަށްހެން އަގުހެޔޮ ޓިކެޓް ލިބޭނީ. އެފަދަ ރޭވުމެއްހެން ހީވަނީ.