ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް " އޫދު އަލް ސަބާޔާ" އިން އަނެއްކާވެސް ދިވެހިންނާއި ގުޅޭ ވަރަށް ހާއްސަ އަަތަރު ލޯޝަނެއް ތައާރަފްކޮށްފިއެވެ.

"އޫދު އަލް ސަބާޔާ" އިން ތައާރަފްކޮށްފައި ވަނީ ދެޖިންސަށް ވެސް އެކަށޭނެ މީރު ވަހެއް އެކުލެވިގެންވާ "ބެރީ ބެރީ" އެވެ.

"ބެރީ ބެރީ" ލޯޝަން

"އޫދު އަލް ސަބާޔާ"ގެ މެނޭޖިންޑް ޑިރެކްޓަރު ހުސެއިން ޝަބީން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަލަށް ތައާރަފްކުރެވުނު ލޯޝަންނުން ގިނައިރު ގައިގައި ވަސް ހުންނާނެ ކަމަށެވެ.

"ބެރީ ބެރީ" އިން ގިނައިރު ގައިގައި ވަސް ހުންނާނެ. "އޫދު އަލް ސަބާޔާ"އިން ވިއްކަމުން އަންނަ އަތަރާއި ޕާފިއުމް އާއި ލޯޝަން އަކީ އޭގެ ވަސް ގިނަ އިރުތަކެއް ވަންދެން ހުންނަ ތަކެތި. ބައެއް ފަހަރު ވަސް އެބަހުރޭ 1 ދުވަސް 2 ދުވަސް ވަންދެންވެސް" ޝަބީން ވިދާޅުވިއެވެ.

"އޫދު އަލް ސަބާޔާ" އިން ވަނީ މީގެ ކުރިންވެސް ދެ ވައްތަރެއްގެ ލޯޝަނެއް ތައާރަފްކޮށްފައެވެ. އެގޮތުން ފިރިހެނުންނަށް ހާއްސަކޮށްގެން ތައާރަފްކުރީ ސިލްކްވޫޑް އެވެ. އަދި ކަނބަލުންނަށް ހާއްސަކޮށްފައިވަނީ ލޭޑީ ސަބާޔާ އެވެ އެ ދެ ދެވަށްތަރުގެ ލޯޝަނަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އަލަށް ތައާރަފްކުރެވުނު "ބެރީ ބެރީ" ލޯޝަން މާލޭގައި ހުންނަ "އޫދު އަލް ސަބާޔާ"ގެ މައި ފިހާރައިން ވިއްކަން ފަށާފައިވާއިރު އައްޑޫގައި ހުންނަ "އޫދު އަލް ސަބާޔާ"ގެ އައުޓްލެޓުން އަންނަ ހަފްތާއިން ފެށިގެން އެ ލޯޝަން ލިބެން ހުންނާނެއެވެ.

އޫދު އަލް ސަބާޔާ ހުންނާނީ މާފަންނު މިރިޔަސްމަގު /އިހުސާން ފިހާރަ މަގުގައެވެ. އެހެނިހެން މަޢުލޫމާތު ހޯއްދެވުމަށް: 9996585 |