ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ.

މިހާރު ރާއްޖެއަށް އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ދިރާގުން ތައާރަފް ކުރި މި ޗެނަލްއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ޗެނަލްއެވެ.

މުނި ފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަކޮށް ގެނެސްދޭ މި ޗެނަލްގެ އިތުރުން ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖު މެދުވެރިކޮށް 80 އަށް ވުރެ ގިނަ ޗެނެލްތައް ބެލެއެވެ. އެ ޕެކޭޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެއެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާމު

    މައްސަލައަކީ ޕްރިމިއަރ ލީގް ނުފެންނާތީ.