"މަނީޓްރީމް" އަކީ ސްކޭމް އެއް ނޫންކަމަށް މަނީޓްރީމްގެ ފައުންޑަރ، އަސްލަމު (ޔޫސުފް ޔޫޝައު) ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ މިހެން ބުނެފައިވާއިރު، މިއީ ސްކޭމް އެއްކަމަށް ބުނެ ފުލުހުން ޓްވީޓް ކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވަމުން އަންނަކަމަށާއި، މިކަން ކުރަމުން ދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ އެއްބާރުލުމާއެކުކަމަށްވެސް ބުންޏެވެ.

"އަލަށް ފިންޓެކް ގެ ވިޔާފާރިއެއް ރާއްޖެއަށް ތާރަފް ކުރެވިގެން އޭގެ އެންމެ ޅަފަތުގައި ، ހިނގަމުންދާގޮތް ރަނގަޅަށް ނުބައްލަވާ ޕޮލިހުންވަނީ ސްކޭމެއްކަމަށް ޓްވީޓް ކުރައްވާފަ. މީގެ ސަބަބުން މަނީޓްރީމްގެ މުޅިމާކެޓަށް ނުތަނަވަސްކަން ކުރިމަތިވެ ގިނަ ގޮންޖެހުންތަކަކާއި ވަނީ އަޅުގަނޑުމެންނަށް ކުރިމަތިވެފަ. އަޅުގަނޑުމެނަށް އަބަދުވެސް އަޅުގަނޑުމެންގެ ވިޔާފާރިތައް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތް ކަމުގައިވާ އެކޮނޮމިކް މިނިސްޓްރީން އެއްބާރުލުން ލިބޭ، އަޅުގަނޑުމެންގެ ވިޔާފާރި އަށް ކުރިމަތިވި މިގޮންޖެހުމުގައި އެކޮނޮމިކް މިނިސްޓްރީ ދެއްވާނެ އެއްބާރުލުމަކަށް ޝައްކެއްނުކުރަން." އޭނާ ބުންޏެވެ.

މީގެއިތުރުންވެސް، އަސްލަމު ބުނެފައިވަނީ ސްކޭމެއް ނަމަ އެކަން ސާބިތު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭކަމުގައެވެ. އަދި ވިޔަފާރީގައި ބައިވެރިވާ ބޮރޯވަރ އާއި ލެންޑަރ އާ ދެމެދު ޤާނޫނީ އެއްބަސްވުން ހެދިފައިވާކަން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން ސާބިތު މިކޮށްދެނީ މީ ސްކޭމެއްނޫންކަމަށް .. ލެންޑަރ އާއި ބޮރޯވަރ އާއި ދެމެދު ހެދިފައިވާ ޤާނޫނީ އެއްބަސްވުން އެބަހުރި، އެތަކެތި ނުބައްލަވާ "ސްކޭމެއް" ކަމަށް ޕޮލިހުން ޓްވީޓް ކުރެއްވުމަކީ ވަރަށް ޒިންމާދާރު ކަންކުޑަ، އަދި ސްކޭމް ދެނެގަތުމަށް ކުރައްވާ މަސައްކަތާއި މެދު ސުވާލު އުފެދޭ އަމަލެއް ކަމުގައި އަޅުގަނޑުމެންނަށް ފެންނަނީ ...." އޭނާ ބުންޏެވެ.

މަނީޓްރީމް އިން ބުނެފައިވާ ގޮތުގައި ޕިއަރ ޓު ޕިއަރ ލެންޑިންގ، އެފަރާތުން ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި، އެއަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރެވުނުކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، ޑިސެމްބަރު ހަތަު ވަނަ ދުވަހު އެމްއެމްއޭ އަށް މައުލޫމާތު ދެވުނުކަމަށްވެސް ބުންޏެވެ. ހަމައެހެންމެ، މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށްވެސް ވަނީ މި މައުލޫމާތު ހިއްސާ ކޮށްފައެވެ.

މަނީޓްރީމަކީ ޕިއަރޓުޕިއަރ ލެންޑިންގ ޕްލެޓްފޯމަށް ފަރުމާކުރެވޭ ލެންޑަރ އާއި ބޮރޯވަރ ދެފަރާތް ބައްދަލު ވުމަށް ހުޅުވާލެވޭ މާކެޓެކެވެ.

މަނީޓްރީމްގެ ޕިއަރޓުޕިއަރ ޕްލެޓްފޯމްގައި މިހާރު ކުރިއަށް ގެންދަނީ އެޕާޓްމަންޓް ލީސްކުރާ ކޮންސެޕްޓް ކަމުން ފައިސާނަގަން (ބޮރޯވަރ)ގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތަކީ ކުލީގެ އާމްދަނީއެއް ލިބުމެވެ. އެހެން އިބާރާތަކުންނަމަ އެޕާޓްމަންޓެއް، ފިހާރައެއް، އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށްދީގެން ނަމަވެސް ރިޔަލް އެސްޓޭޓް އާމްދަނީއެއް ލިބުންކަމަށް މަނީޓްރީމް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަލޯ

    ކޮބާތަ ރަޖިސްޓަރީ؟؟

    • ޓެއިޒާއ

      ކަލޯ ރަޖިސްޓަރީ ހޯދަން އެމީހުންގެ އޮފީސް އަށް ދޭބަލަ

  2. މޫސާފުޅު

    ޒާތްޒާތުގެ މޮޅު ނަންނަން ކިޔައިގެން ދައުލަތުގެ ލާރިގަނޑު މަޅާލެވޭތޯ ތެޅިއަރުވާ ބައެއް މިއީވެސް.

  3. އަލްޖިބްރާ

    ކޮންމެ ނަމެއް ކިޔައިގެންވެސް އާއްމުން އަތުން ލާރިގަޑެއް ފެލާލާނެގޮތް ! ތިޔައީ މުޅިންވެސް ޣައެރު މުސްލިމުންގެ ރޭވުން !

  4. ގހައ

    މިހާކު ވިޔަފާރިއެއް ކުރާ ކޮންމެ ފަހަރަކު އެއީ ހަރާމެ. މުސާ ފުޅު މެން އުޅެނީ ދުނިޔެއަކު ނޫނެ

  5. ކޮތަވާލިކޮއި

    މިކަހަލަ ރިބާ ގެ ދަންތުރައިގަ ޖެހޭ ބަޔަކަށް ގެއްލުންވުން ނޫން އެއްކަމެއްވެސް ނުވާނެ. މާބޮޑު މަސައްކަތަކާނުލާ ލިބޭ ފައިސާގެ ދަހިވެތިކަމުގަ އުޅޭ އެންމެން ނިކަންފަސޭހައިން މިކަހަލަ ގުއިރޯނުގަ ޖެހޭނެ.

  6. ޢަދުރޭ

    ޢެކި އެކިވނަން ކިއައިގެން ދައުލަތުގެ ޙައްގު ލާރިތައް ބަނޑުއަޅަންވީކީ ނޫނޭ . މަށާ މަގޭ އަމބި ދަރީންނަށް ދޭންޖެހޭ އަސާސީ ޙައްޤު ޖެހޭނީ ދޭން ! .އެހެން ގޮތީެއް ނެތް. ! ތީތަ މާމޫނު އަންގާ ގޮތަކީ ؟ ތެޅޭތެޅުން ބަލާލަ ފަސްމާރި .

  7. ރައްޔިތުމީހާ

    ޕޮލިހުންގެ ވެރިއަކަށް ހުރީ ތަނެއް ދޮރެށް ނޭނގޭލާދީނީ މީހެއް
    ޝައިހުން ފަހާ ދުވުން ކަަމަކި