ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި 30،000 ނުވަތަ 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެެއެވެ.

މިއަދު ކުރިއަށް ދިޔަ މަންދު ކޮލެޖުގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށްޓަކައި އެތައް ބައެއްގެ އެއްބާރުލުން ބޭނުންވާކަމުގައެވެ. އެގޮތުން، އަމިއްލަ ކޮލެޖުތަކުގެ އެހީތެރިކަން ބޭނުންވާކަމަށާއި، މަތީ ތައުލީމުގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއިން އެތައް ބަޔަކު ސިނާއަތްތަކަށް ނެރެން ބޭނުންވާކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 96،000 ވަޒީފާ އުފެއްދިފައިވާކަމަށް ބުނެފައިވީކަމުގައިވެސް، އެ އަދަދަށް ވަޒީފާތައް ރާއްޖޭގައި އުފެއްދުފައިވާކަމަށް ނުބެލެވޭކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފައިދާތަކެއް ލިބޭކަމަށާއި އިޤުތިޞާދީ ކުރިއެރުވުމަށްޓަކައި އެފަރާތްތަކުގެ އެހީތެރިކަންވެސް ވަރަށް ބޮޑުކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ހަމައެހެންމެ، ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، މިކަންކަން ހާޞިލު ކުރުމަށްޓަކައި ޤައުމުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Miadhu

    އެއީ ހުސް ސިޔާސީ މަޤާމްދޯ

  2. ކޮތަރު އިމްރާނު

    30000 ނުވަތަ 40000. އެހެންވީމަ އަދި އަމާޒެއް ނެތި ހިތަށްއެރި އަދަދެއް ބުނެލީ.

  3. ލާމު

    6 ކުންފުންޏެއްހެ ޙިއްސާ އޮންނަމީހާ މީރާދެކެ ވަރަށް ރުޅި އަންނާނެ

  4. ނުރަބޯ

    އަމާޒު ހަމައޮންނާނީ އޮތްތާ ދޮންކަލޯ. ކަމެއް ނުކުރެވޭނެ ކަލޯމެންނަކަށް އެ ހަމަ މުޖައްރިބު ކަމެއް.

  5. 33%

    އެމް.ޕީ.އެލްގެ ސީއޯ ބުނީ %33 މުވައްޒަފުން ކަޑާވާހަކަ.. ކިހިނެތްބާ މިވަނީ

  6. ބެއްޔާ

    ކަލޭމެންނަ30.000ހެއްނޫން40.000ހާސްވެސް ކިކުރަން2000ހާސް ވަޒީފާވެސް މިގައުމުގަ ނުއުފެދޭނެ މިހާރުވެސް އެތައްކުންފުނިއަކުން އެތައްރައްޔިތުންނެ ބޭރުކޮފި އަދި ތިމަޖިލިސް އިންތިހާބައްފަހު ކޮންމެކުންފުނިއަކުން600 މުވައްޒިފުން ވަޒީފާއިންކަޑާލަން ނިންމާފައޮތީ ހުރިހާގޮތަކުންވެސް ހެޔޮސަރުކާރެކޯ......؟؟

  7. އަހުން

    ފޭކު އަދަދެއް ބުނެލީ ރީނދޫ މީހުން ނަކަށް އެއްކަމެއްވެސް ނުވާނެ އެމީހުންނަށް ކުރެވޭނެހާވެސް ކަމަކީ ލާދީނަށް ތަބާވާ 40000 މީހުން މިދީބަށް ނެރުން.

  8. 3ނިރު

    5އަހަރު ހަމަކުރަނީ ބަންދު ދުވަސްތަށް ކަނޑާފަފަތަ؟ އެހެންވީޔާމް ދައުރުނިމޭއިރުވެސް ތިބުނާ 40000 ވަޒީފާއެއް ނުއުފެއްދޭނެ

  9. މިނިސްޓަރޫ

    މިކަލޭގެޔަން ހެޑޭނީ ގަޔަށް ގޮރު.މަގުމަތިވެފައި ތިބިބަޔަކަށް ހަޒާނާ ލިބުނީމަ އަޅެ މިކަހަލަ ކަޑުކޮސް ނޮގޮވާނެތަ.

  10. ޒިޔާޕު

    މިނާ ކައެރީގ ބުނެބަލަ ފެންވަރަން ދާށޭ.