ދުބާއީފެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފްރީ ޑައިވިން ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ އަޕްނިއާ މޯލްޑިވްސްއެވެ.

އެ އެކްސްޕޯގައި ދުނިޔޭގެ 50 ގައުމެއްގެ ކުންފުނިތަކުގެ ހިދުމަތްތައް ދައްކާލައިފައިވާއިރު މިއީ މިފަދަ އެގްޒިބިޝަންގައި އަޕްނިއާ މޯލްޑިވްސް އިން ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

އަޕްނިއާ މޯލްޑިވްސް އަކީ ފްރީ ޑައިވިންގެ ދާއިރާގައި ބޭނުންކުރާ ގިނަ ސާމާނުތަކެއް އަމިއްލައަށް ޑިޒައިންކުރާ ބައެކެވެ.

އެ ކުންފުނީގެ ޑިރެކްޓަ މުހައްމަދު އަހުމަދު ރަޝީދު ވިދާޅުވީ ދުބާއީ އެކްސްޕޯގައި ބައިވެރިވުމުގެ ބޭނުމަކީ ދުނިޔޭގެ މާކެޓަށް ދިވެހި އަމިއްލަ އުފެއްދުމާއި ޑިޒައިންތައް ތައާރަފްކުރުން ކަމަށާއި ދިވެހި މަސްވެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ބޭރުގެ ބޮޑެތި ކުންފުނިތަކާ ގުޅިގެން ހެޔޮ އަގުގައި ހޯދުންކަމަށެވެ.

މި އެކްސްޕޯގައި ބައިވެރިވި ދެކުނު އޭޝިއާއަށް ނިސްބަތްވާ ހަމައެކަނި ކުންފުންޏަކީވެސް އަޕްނިއާ މޯލްޑިވްސްއެވެ،