މީގެ ކުރިން އާއްމު ގޮތެއްގައި ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރާއިރު ލާރިކޮޅެއް ކުޑަކުރަމުން އައި ނަމަވެސް މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން ދެރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ ކުޑަކުރަން އެސްޓީއޯ އިން ނިންމައިފިއެވެ.

ކުރިން 11.99 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު 9.99 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އެއީ ލީޓަރަކުން 2 ރުފިޔާގެ ކުޑަވުމެކެވެ. ކުރިން 11.19 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 10.19 ރުފިޔާ އަށް ކުޑަކޮށްފައެވެ. އެއީ 1 ރުފިޔާގެ ކުޑަވުމެކެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ތެޔޮ ވިއްކާ އަގު ހެޔޮކުރަން އެސްޓީއޯއިން ނިންމައިފައިވާ ކަމަށާއި 14 ޖެނުއަރީ 2019 ފެށިގެން ޑީސަލް އަދި ޕެޓުރޯލް ލީޓަރެއް ވިއްކަމުން ގެންދާނީ އަލަށް ބަދަލު ގެނެވުނު އަގުގައި ކަމަށެވެ.

ފަހަކަށް އައިސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވަމުން ދިޔަ ނަމަވެސް އިޤުތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި ތެޔޮ އުފައްދާ މިންވަރު މަދުކޮށްގެން ނަމަވެސް ތެލުގެ އަގު ހިފަހައްޓަން ތެޔޮ އުފައްދާ ގައުމުތަކުން ފިޔަވަޅުތައް އަޅާނެއެވެ. އެހެންކަމުން މިއަހަރު ތެލުގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ހާއްސަކޮށް އީރާނާއި އެމެރިކާ އާއި ދެމެދު އޮތް މައްސަލަތައް ހައްލު ނުކުރެވިއްޖެނަމަ އެކަމުގެ އަސަރު ތެލުގެ ވިޔަފާރިއަށް ކުރާނެއެވެ. އިއްޔެ އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުން ތެޔޮ ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކަލޯބެ

  ޑިއުޓީ ފްރީވީމަ އެސްޓީއޯއަށް ލިބުނު ލުއި ކޮބާތޯ. ތެލުގެ ވިޔަފާރި އެއީ 45% އެސްޓިއޯގެ ފައިދާ. އެސްޓިއޯގެ ވިޔަފާރި ޑައޮން ގްރޭޑްކޮށް ޕުރައިވެޓް ސެކްޓަރ އަށް ފުރުސަތު ދޭންވީ. އެމްޓީސީސީ އާއި އެސްޓިއޯ ފަދަ ކުންފުނިތަކުގައި 86% ބޭރުމީހުން. ޤައުމަށް ފައިދާނެތްގޮތަށް ސަރުކާރުން ކީއްކުރަން ކުރާކަމެއްތޯ.

 2. އަފީ

  ރައީސް ޔާމީނަށް ޝުކުރިއްޔާ! ރައީސް ޔާމީން މިގައުމަށް ގެނައި އިންގިލާބީ ބަދަލް މިފެންނަނީ! އެސްޓީއޯއިން ތެޔޮ އަގުހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުހެޔޮވެގެންނޫން! ކުރިން އެތެރެކުރެވިފައި ހުރި ތެޔޮ ވިކި ނިމިފައި ހުރުމާއެކު އެސްޓީއޯގެ ބޮޑު ބިޔަ ތެޔޮޓޭންކަރުން އަމިއްލަޔަށް ތެޔޮ ރާއްޖެ އުފުލަންފެށީމާ! މި އަގަކީ ރައީސް ޔާމީންގެ ސަރުކާރުން މިއަހަރަށް ނިންމާފައިވާ އަގެއް! ރައްޔިތުންގެ ލޮލު އަދުން އަޅުވަން ވެގެން މި ސަރުކަރުން އެވާހަކަ ނުދައްކާ ބުނަނީ ތެޔޮ އަގުހެޔޮކުރީ ދުނިޔޭގެ ތެޔޮ ބާޒާރުތަކުގައި އަގުހެޔޮވީމަ ކަމަށް! ހެޔޮނުވާނެ ތިވަރުގެ ބޮޑު ދޮގުތައް ހަދަން! މި ސަރުކާރަށް މި 5 އަހަރު އޮތީ ރައީސް ޔާމީން ކޮށްދީފައި އޮތް ކަންކަން އަތްޖަހާފައި ހޮޅުވުން! ސަލާމް

  • ހަނު ހުންނަ މީހާ

   ލަދު ހަޔާތުގެ ކަންފުޅެއްވެސްނެތްތާ. ލޮލް

 3. ތަމެންނޭ

  ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވީ 80 ގެ ކުރީގެ އަހަރު ތަކުގައި ދިވެހިން ކުރަ ބުރަ މަސައްކަތުން ދިވެހިން އެހެން ނަމަވެސް ރިސޯރޓްސް ތަކަށް ހިންދެމި ލެވެމުން ރިސޯރޓްސް ތަކުގެ އޯނަރުން ރިސޯރޓްގެ ޖީއެމް މެން އިން ފެށިގެން ގޮސް ސްޕަވައިޒަރާއި ހަމައަށް ރާއްޖޭން ބޭރު މީހުންނަށް ބަދަލު ކޮށް ރާއްޖޭގެ ރިސޯރޓްސް ތަކަކީ އެއީ ހަމައެކަނި ޓެކްސް ކޮޅު ސަރުކާރަށް ދައްކާލާ ދެން ހުރިހާ ވަޒީފާ ތައް ބޭރުމީހުންނަށް ދޭން މަޖްބޫރުވާ ގޮތަށް ކަންކަން ކުރާ މީހުންނޭ

 4. ޜާއްޖެ އިސްލާމް

  ކޮބާ އަދި ތެލުން ޑިއުޓީ ކަނޑާލީމަ ކުޑަވާބައި އަދި އޮންނަށްވާނެންނު

 5. ލަބީބު

  ބޮޑުތަނުންނޭ؟؟؟؟ ޙައިރަންވެއްޖައިން ހަމަ!!!!!! ލީޓަރަކުން އެންމެރުފިޔާއެއްވީމަވެސް އެއީ ބޮޑުތަނުން ހެޔޮވުންތަ؟