މީރާގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، މިހާރު ނުކުރާ ފަރާތްތަކާއި، ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާއިން މިއަދު ބުނީ، އެކަމަށް އެދި ފޯމެއް ހުށަހާޅައިގެން ރަޖިސްޓްރީ އުނި ކުރެވޭނެ ކަމަށެވެ.

އަދި މިގޮތަށް ރަޖިސްޓްރީ އުނި ކުރަން ހުށަަހަޅާ ފަރާތްތަކަކީ، މިހާރު ވިޔަފާރި ނުކުރާ ފަރާތްތަކާއި، އެ ފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން، ނުވަތަ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެވެ.

މީރާއިން ބުނީ، މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިއަސް، ޓެކްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ގާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެ ކަމަށެވެ. އެހެންކަމުން ވިޔަފާރިނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި އެ ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކި އެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނު

    ގެދޮރު އިމާރާތް ކުރަން ބޭންކުން ނަގާލޯނުން ގެ ހަދައިގެން ލޯނުދައްކާ ވަރަށް ފައިސާ ނުލިބޭއިރު ވެސް އެތަން ކުއްޔަށް ދީފައި ލޮބޭ ފައިސާއިން ބީޕީޓީ ދައްކަން ޖެހޭކަންތައް ހައްލުކޮށް ދެއްވުން އެދެން

  2. މާލީ

    އަދިވެސް ޔަޒީދު މީރާގެ ކޮމިޝަނަރ ކަމުން އިސްތިއުފާދޭކަށް ނޫޅޭތަ. ޔާމީނަށް ޑޯޓުޑޯ ޖައްސާދީ މަގާމުގެ މިނިވަންކަމުގެ ހައިސިއްޔަތު ދުއްވާލާފަ އެފަދަ މަގާމެއްގަ ހުންނަން ލަދުވެސް ނުގަނޭތަ.