ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް، ބްލޫ ލެގޫން އިންވެސްޓްމަންޓްގެ މައްޗަށް މިއަދު ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ބުނި ގޮތުގައި، މީރާ އަށް ބީޕީޓީ އާއި ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އެކުންފުނީގެ މައްޗަށް ޙުކުމް ކޮށްފައިވަނީ 486،020 (ހަތަރު ލައްކަ އަށްޑިހަ ހަ ހާސް ވިހި ޑޮލަރު) އާއި 45،250 (ސާޅީސް ފަސް ހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ.

މި ފައިސާ ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކާ ޙަލާސް ކުރުމަށް ބްލޫ ލެގޫން ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.