މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ފަސެންޖަރުންނަށް އެއާޕޯޓްތަކުގައި ގްރަންޑް ސާވިސް ދިނުމުގައި މަޝްހޫރު ބައިނަލްއަޤުވާމީ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ރަސްމީކޮށް ރާއްޖެއަށް ފެށިއިރު، މިދިޔަ ދެމަހެއްހާ ތެރޭގައި ރާއްޖެއަށް 50 ޖެޓް ގެނައި ކަމަށް އިނާ މޯލްޑިވްސް ހޮލިޑޭސްއިން ބުނެފިއެވެ. އާއްމުކޮށް ރާއްޖެއަށް ޕްރައިވެޓް ޖެޓުގައި އަންނާނީ މަހުޖަނުންނެވެ. ޔުނިވާސަލް އޭވިއޭޝަންއަކީ މަހުޖަނުންނަށް އެ މީހުން އުއްމީދު ކުރާ މިންވަރަށް އޭވިއޭޝަންގެ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ރާއްޖެއަށް ޔުނިވާސަލް އޭވިއޭޝަން ހިދުމަތްދެމުން ގެންދަނީ އިނާ މޯލްޑިވްސް އާއި ގުޅިގެންނެވެ. ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހެޑް ކުއާޓާ މާލޭގައި ހުންނައިރު، އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ ހަތަރު އެއާޕޯޓަކަށް ހިދުމަތް ދެމުން ދެއެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، މާމިގިލި އެއާޕޯޓެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަބްދުﷲ ގިޔާސްއެވެ.

ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ޔުނިވާސަލް އޭވިއޭޝަން އިން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކަސްޓަމާއި އިމިގްރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކްރޫ އިންގެ އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމާއި، ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމާއި ބެގޭޖް ހޭންޑްލިން ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މި ހިދުމަތް ދެނީ އެމްއޭސީއެލްއާވެސް ގުޅިގެންނެވެ.

އިއްޔެ މާގިރި ހޮޓެލްގައި ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް ފެއްޓުމުގެ ގޮތުން އިވެންޓެއް ވަނީ ބާއްވާފައެވެ. އެ އިވެންޓްގައި ޔުނިވާސަލް އޭވިއޭޝަންެގެ އިސްވެރިން ބައިވެރިވިއެވެ.

ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ޔުނިވާސަލް ވެދާ އެންޑް އޭވިއޭޝަން ސާވިސްގެ ރީޖަނަލް ޑައިރެކްޓަރ ސަރާހް ކަލްމެޓާ ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދަށޤ ޔުނިވާސަލް އޭވިއޭޝަންގެ ފަރާތުން ފައިދާތައް ކުރާނެ އެއްގޮތަކީ، އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ ކަންކަން ގިނަ ބަޔަކަށް އެނގިފައިވުމުން އެ ކުންފުނީގެ ފަރާތުން ދެމުންގެންދާ ހިދުމަތްތަކަކަކީ ކިހާ ފެންވަރެއްގެ ހިދުމަތެއްކަން އެނގިގެންވެސް ގިނަ ބަޔަކު ރާއްޖެ އައުމެވެ.

ސަރާހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދި މަސައްކަތް ކުރަމުން ދަނީ އިނާ މޯލްޑިވްސްއާއެކު ތަފާތު ޕެކޭޖްތައް ތައާރަފްކޮށް އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރުމެންގެ މި ބްރޭންޑް ނަމާއެކު، ފަތުރުވެރިން ރާއްޖެ އަންނަލެއް ކުރިއަށްވުރެ އިތުރުވާނެ. މީގެ ކުރިން ބައެއް ފަތުވެރިންނަށް އެ މީހުންގެ އަމިއްލަ އެއާކްރާފްޓްގައި ރާއްޖެ ނާދެވޭ. އާއްމުކޮށް އަންނަން މި ޖެހެނީ ކޮންމެވެސް އެއާލައިނެއްގައި. އެ މީހުންނަށް މި ނާދެވޭ ސަބަބުތަކަކީ އެ މީހުންގެ އެ ގެންނަ އެއާކްރާފްޓް މިކޮޅުގައި ބޭއްވޭނެ ކަމާއި މެދު ޝައްކު އޮންނާތީއާއި، އެކަމުގެ ޕްރޮސީޖާ އޮންނަ ގޮތް ނޭނގޭތީވެ. ނަމަވެސް މިހާރު އަހަރުމެންނާއެކު ދުނިޔޭގެ ކޮންމެ ތާކުންވެސް ފަތުރުވެރިން އައިސް ގޮސް ހެދޭނެ ގޮތް މެދުވެރިވާނެ". ސަރާހް ވިދާޅުވިއެވެ.

އެ އިވެންޓްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަކުން ގިޔާސް ވިދާޅުވީ، އިންޓަނޭޝަނަލް މިފަދަ ބްރޭންޑެއް ރާއްޖެ އައުމުން އެއާޕޯޓުންވެސް ދެމުންގެންދާ ހިދުމަތުގެ ސްޓާންޑާޑް ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށެވެ.

އިނާ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު، ރާއްޖެއަށް ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މަހުޖަނުން ރާއްޖެ އަންނައިރު، އަޅާނުވެލި އޮންނަ ކަމަށެވެ.

ގިޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ގިޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ނަމަވެސް އެ ކުންފުނިން ހިދުމަތް ދޭން ފެށުމުން އެކަން ބަދަލުވެ، އިތުބާރު ކުރެވޭ ކުންފުންޏެއްގެ ދަށުން ފަތުރުވެރިންނަށް، އެންމެ ހައި ސްޓާންޑާޑްގެ ހިދުމަތްތައް، އެ މީހުން ރާއްޖެ އައުމާއި، ހަމައިން ފެށިގެން، އެނބުރި ގައުމަށް ދަންދެން ލިބިގެންދާނެ ކަަން ފިރާގް ފާހަގަކުރެއްވިއެވެ.

ކުރިންވެސް ރާއްޖެއަށް ޔުނިވާސަލް އޭވިއޭޝަން ހިދުމަތް ދެމުންގެންދިޔައެވެ. ނަމަވެސް ކުރިން މަސައްކަތް ކުރަމުން ދިޔައީ އެޖެންޓެއްގެ ގޮތަށެވެ.

އިނަ މޯލްޑިވްސްގެ ފިރާގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އިނަ މޯލްޑިވްސްގެ ފިރާގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެވިގެން ދިޔުމުން، އެއާޕޯޓްގެ ކެޕޭސިޓީ އިތުރުވެގެން ދާނެކަމަށްވެސް ފިރާގް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން ވަރަށް ދަތިކޮށް މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި، ޖާގަ ނެތުމާއި، ފެސިލިޓީ ނެތުމާއެކު. އަޅުގަނޑުމެންގެ ޓުއަރިޒަމް އިންޑަސްޓްރީ ގްރޯވެގެން ދިޔައީ، ވަސީލަތްތައް ޑެވެލޮޕްނުވަނީސް". ފިރާގް ވިދާޅުވިއެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ބަދަލުވެގެންދާއިރު، އެ ކުންފުންޏަށްވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމެ

    ތޭންކްސް ރައީސް ޔާމީން ގައުމައް ކޮއްދެއްވާފަ ވާ ބޮޑު ހިދުމަތައް. ޥީ މިސް ޔޫ

  2. ޠޫމާ

    ކޮމްޕެނީ ވެބްސައިޓް ގައި ޖަހާފަ ހުރީ ވަރަށް ކުރީގެ ޕޮޓޯސް