ނިމިދިޔަ 2018 ވަނަ އަހަރުގެ ނިޔަލަށް 7089 ކުންފުންޏަކުން އަހަރީ ފީ އަދި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށް މީރާއިން މިއަދު ބުނެފިއެވެ.

މީރާއިން ބުނީ، މީގެ ތެރޭގައި ހިމެނެނީ 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާ އާއި، އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާކަމަށެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ކަނޑައެޅިފައިވާގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމުންނެވެ.

އެހެންކަމުން ވިޔަފާރި ނުކުރާ، އުވާލާން ބޭނުންވާ ކުންފުނިތައް، ކުންފުންޏާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައް ކުރިއަށްދިއުމަށް މީރާއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލަންޓޭ

    ފައްޔާޒް ބުނި އެކަމަކު 7000 ކުންފުނި އުވާނަމޭ މި މަހުގެ ފުރަތަމަ ހަފްތާ ކުރިން. އެކުންފުނިތައް އުވިނަމަ ތިޔަ ހުރިހާ ކުންފުނިތަކަށް ދިމާވެފަ ހުރި މައްސަލަ ހައްލުވީހެއްނުން. މި އުޅެނީ މީރާގެ މައްސަލަ އެއް ނޫނޭ އެހެންވީމަ، ތި ތަންތަނުން ކުރަންޖެހޭ ކަންތައް ނުކޮށްގެން ވިޔަފާރިވެރިންނާ އެހެންމީހުންނަށް އުދަނގުލަކަށް މިވަނީ

  2. ލޯޔަރު

    ތިޔަ ހުރިހާ ކުންފުންޏެއް ފައްޔާޒް އުވާލިނަމަ މީރާއިން ތިޔަ ކުންފުނިތައް ހުންނާނީ އުނިކޮށްފަ، އެއީ ކުންފުނި އުވާލީމަ ނޫނިއްޔާ މީރާއިން އުނި ނުކުރެވޭތީ
    ފައްޔާޒް ވެސް ލޯޔަރެއް ވިއްޔާމު މިފަދަ ކަންކަން ހިނގާ ގޮތް އިނގެންވާނެ ނުން

  3. އިބުރާ

    ތިޔަ ހުރިހާ ކުންފުނި އުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރު އިހަކަށް ދުވަހު ބުނި.... ކީްއްވެ އުވާނުލައިގެން މިއުޅެނީ...
    ތިޔަ ކަންތައް ވެސް މީރާ އާ ހަވާލުކުރަން ފެނޭ. އޭރުން އޮންނާނީ ނިމިފަ