ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތައް ބޭނުން ކުރުމުގައި ދަތިތައް ދިމާވުމުން ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދޭން ދިރާގުން ނިންމައިފިއެވެ.

ދިރާގުން މިރޭ ބުނީ ދިމާވެގެން އުޅޭ މައްސަލައިގެ ސަބަބުން އެޕްލިކޭޝަން ބޭނުން ކޮށްގެން ޑޭޓާ ބޫސްޓް ކުރަން ނުވަތަ އެޑް-އޮން ނެގުމަށް ދަތިތަކެއް ދިމާވެދާނެ ކަމަށެވެ. އެހެންކަމުން އެކަމުގެ ބަދަލެއްގެ ގޮތުން އެެއް ޖީބީގެ ޑޭޓާ ހިލޭ ދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިމާވެފައިވާ މައްސަލަ ހައްލު ކުރެވެން ދެން *123*5# ޖެއްސެވުމަށް ފަހު ޑޭޓާ ބޫސްޓް ކޮށް އެޑް-އޮން ނެގޭނެއެވެ.
ދިރާގުން ބުނިގޮތުގައި އިއްޔެއިން ފެށިގެން ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިރާގު އެޕާއި މައި އެކައުންޓްގެ ޚިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަދި ބައެއް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް ނުނެގުމުގެ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި ދިމާވި މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބައެއް ޚިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު