ދިރާގުގެ އެޕްލިކޭޝަނާއި މައި އެކައުންޓްގެ ބައެއް ޚިދުމަތްތައް ބޭނުން ކުރުމުގައި ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މިއަދު ބުނީ އެޕްލިކޭޝަނާއި މައި އެކައުންޓްގެ ޚިދުމަތްތައް މިހާރު ކުރިއެކޭ ވެސް އެއްގޮތައް ލިބެމުން ދާނެ ކަމަށެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޫސްޓް ކުރުމާއި ޑޭޓާ އެޑް-އޮންސް ނެގުމުގެ ޚިދުމަތް ވެސް ކުރިއެކޭ އެއްގޮތައް މިހާރު ލިބެމުން އަންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވުމުން ހުރިހާ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިރާގުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ، ދިރާގުގެ ބައެއް ޚިދުމަތްތައް ބޭނުން ކުރުމުގައި ދަތިތައް ދިމާވުމުން ކަސްޓަމަރުންނަށް ދިރާގުން ވަނީ ހިލޭ އެއް ޖީބީ ޑޭޓާ ދީފައެވެ.

ދިރާގުގެ ބައެއް ޚިދުމަތައް ބޭނުން ކުރުމަށް ދަތިތައް ދިމާވީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާގު މަހައްދޭ

    މަމެން އެޕް ނުހުޅުވޭ ބޭނުން ކުރަން ވަރަށް އުނދަގޫ މިހާރު. ޑާޓާ ނަގައިގެންވެސް އެއްވެސް އެއްޗެއް ބޭނުމެއްނުކުރެވޭ.. ކިހާދެރަކަމެއް ދެން މީ!!!!