އިތުރު ބެގޭޖް އެލަވަންސްއާއެކު ސްރިލަންކަން އިން ރަނުގެ ފުރުޞަތެއް ހުޅުވާލައިފިއެވެ. މި ފުރުޞަތަކީ އަވަށްޓެރި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް އިތުރު ބެގޭޖް އެލަވަންސްއާއެކު ދަތުރު ކުރުމުގެ ފުރުޞަތެވެ.

މި ޚާއްޞަ ފެއަރގެ ދަށުން 46 ކިލޯގްރާމުގެ ބެގޭޖް އެލަވަންސްއާއެކު ކޮލަމްބޯ އަށް ދަތުރު ކުރެވޭނެއެވެ. މި ފެއަރގެ ދަށުން ދެކޮޅު ޓިކެޓު 226 ޑޮލަރަށް އަދި އެއްކޮޅު ޓިކެޓެއް 155 ޑޮލަރަށް ލިބޭނެއެވެ.

މީގެއިތުރުންވެސް، ސްރިލަންކަން އިން ހާމަކޮށްފައިވާ ގޮތުން ފެއަރގެ ޓިކެޓު ލިބޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ކުރިންނެވެ. އެހެންކަމުން، ފެއަރގެ ޓިކެޓު ނެގުމަށް ބާކީ އޮތީ ހަތަރު ދުވަހެވެ. އެހެންނަމަވެސް، މި ފެއަރ އިން ނަގާ ޓިކެޓުތަކުގައި، މި މަހުގެ 12 އިން ފެށިގެން، އޮކްޓޯބަރ 31 ގެ ނިޔަލަށް ދަތުރު ކުރެވޭނެއެވެ.

މީގެކުރިންވެސް، އާއްމުންނަށް ފައިދާ ހުރި އެތައް ފެއަރތަކެއް އޭސް އޭވިއޭޝަން މެދުވެރިކޮށް ސްރިލަންކަން އިން ކުރިއަށް ގެންގޮސްފައިވެއެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް ކަމަށްވާ އޭސް އޭވިއޭޝަންސް އިންނެވެ. މި ފެއަރގެ އޮން ޓިކެޓު، އޭސް އޭވިއޭޝަން އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮރު

    މިހާރު ޗުއްޓީ ނިމުނީމަ ތީތިކަޑަ

  2. ދަތްދޫނި

    މާލެ/ބެންކޮކް/ ބެންކޮކް/މާލެ އަށް ތިޔަކަހަލަ ފެއަރ އެއް ބާއްވާލަބަލަ ވާގޮތެއް ބަލަން.