މިދިޔަ އަހަރު، ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ދިރާގަށް ފައިދާގެ ގޮތުގައި ލިބުނު 897.56 މިލިއަން ރުފިޔާ، އެ ކުންފުނީގެ ހިއްސާދާރުންނަށް ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ފައިދާގެ ގޮތުގައި ލިބުނު 897.56 މިލިއަން ރުފިޔާ ބެހުމަށް އެ ބޯޑުން ނިންމާފައިވާއިރު، ކޮންމެ ޙިއްސާއަކަށް ލިބޭނީ 11.81 ރުފިޔާއެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ޙިއްސާގެ ޖުމްލަ ފައިދާ ބެހިފައިވަނީ، އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 4.53 މިލިއަން ރުފިޔާ އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިޔަން ރުފިޔާއެވެ.

ދިރާގުން ބުނީ 2017 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ ޢަންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ ޢާންމު ޖަލްސާ އިއުލާންކުރާ "ބުކް ކްލޯޝަރ ޑޭޓ" ގައި ކުންފުނީގެ ރަޖިސްޓަރގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު