ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޖީއެސްޓީ) ދައްކާފައި ނުވާ ފަރާތަކުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މީރާ އިން ބުނި ގޮތުގައި ޖީއެސްޓީ އާއި އެކަމާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ މ. ގްރީންސައިޑް، މުޙައްމަދު ވަހީދުގެ މައްޗަށެވެ.

މީގެއިތުރުންވެސް، މީރާ އިން ބުނި ގޮތުގައި މި ޙުކުމް ކޮށްފައިވަނީ އެފަރާތުގެ ޣައިރު ހާޟިރުގައެވެ. އަދި ޖީއެސްޓީ އާއި އެކަމާ ގުޅޭ ޖޫރިމަނާގެ ގޮތުގައި އެމީހާ، 2،549،317 ރުފިޔާ ( ދެ މިލިޔަން ފަސް ލައްކަ ސާޅީސް ނުވަ ހާސް ތިން ސަތޭކަ ސަތާރަ ރުފިޔާ) ދެއްކުމަށް ޙުކުމް ކޮށްފައިވާކަމުގައެވެ.

އެމީހާގެ މައްޗަށް މި ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައިވަނީ ނުވަ މަސް ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނދުވާ

    އެއްވެސް ހުއްދަޔަކާނުލައި ބަންގާޅީން ކާންދިނުމުގެ ވިޔަފާރި ހިންގާ ތަންތަނުން، ޤައުމަށް ކިހާވަރެއް ލިބޭތޯ؟ ކޮބައިތޯ ފޮރިން އިންވެސްޓްމަންޓް ޤާނޫނު. ކޮބައިތޯ ވިޔަފާރިއާއި ބެހޭ ޤާނޫނު. ކޮބައިތޯ ކާބޯތަކެތި ވިއްކުމާބެހޭ ޤާނޫން. ކޮބައިތޯ އެމިގްރޭޝަން ޤާނޫނު. ކޮބައިތޯ މީރާ ޤާނޫނު. ކޮބައިތޯނޫނު ތަންފީޛުކުރާ ފަރާތްތައް. ހެއްްވާކަމެއް.