ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީ ގަމަށް ކުރަމުންދާ ދަތުރުތައް ހުއްޓާނުލަން ނިންމައިފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ދަތުރުތައް ހުއްޓާ ނުލާނެކަމުގެ ޔަގީންކަން ސްރީލަންކަންއިން މިއަދު ދީފައިވާ ކަމަށާއި އެޔަގީން ދިނީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވުމުން ކަމަށެވެ.

"އެއާލައިނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ވެސް ވަނީ ދެއްވާފައި. ސަރުކާރާ އެއާލައިން އާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ސްރީލަންކަންއިން ނިންމީ ދަތުރުތައް ހުއްޓާ ނުލަން" ފިރާގު ވިދާޅުވިއެވެ.

ސްރީލަންކަންއިން މިހަފްތާގައި ނިންމާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ގަމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށެވެ. ދަތުރުތައް ހުއްޓާލަން ނިންމީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޓަނޭޝަނަލް ދަތުރުތަކަށް ފުރިހަމަވާންޖެހޭ ބައެއް ކަންތައް ފުރިހަމަ ނުވާކަމަށް ބުނެއެވެ.

އޭގެ ތެރޭގައި އައްޑުއަށް ސްރީލަންކަން އިން ކުރާ ދަތުރުތަކާއި ދިމާވާ ގޮތައް އެހެން އެއާލައިންތަކުން ދަތުރުތައް ބާއްވާނެ އިންތިޒާމްތައް ހަމަނުޖެއްސުމާއި، އިމިގްރޭޝަންގެ ބައެއް ދަތިތައް ސްރީލަންކަން އިން ވަނީ ފާހަގަ ކޮށްފައެވެ.

ސްރީލަންކަންއިން އައްޑޫ ސިޓީ ގަމަށް ދަތުރު ފެށީ 2016 ޑިސެމްބަރުގައެވެ. ކޮންމެ ހަފްތާއަކު ތިން ދުވަހު ސްރީލަންކަން އިން ގަމަށް ދަތުރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަނހަ މިއީވެސް ދެ އަނގައިން ވާހަކަ ދައްކާ ބެއެއް. ކުރިންބުނި މިވެނިއެވެނި ކަމެއް ހަމަނުޖެހޭތިއްޔޭ ދަތުރު ތައް ހުއްޓާލަނީ. މިހާރު ހުރިހާކަމެއް ހަމަ ޖެހުނީތޯ ހުއްޓާނުލަން ތިޔަ ނިއްމީ.....؟؟؟

  2. އަޙްމަދު

    ހަމަ މަޖިލީސް އިންތިހާބު ނިމުމާއެކު ތިކަންނިމޭނެ!