އެންމެ ގިނައިން ސާވިސް ޗާޖް އާއްމު ގޮތެއްގައި ދެމުން އަންނަ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން މިމަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 46507ރ. (ސާޅީސް ހަހާސް ފައްސަތޭކަ ހަތް ރުފިޔާ) ދީފިއެވެ.
ޖަނަވަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ސާވިސް ޗާޖް ދީފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑް އިންނެވެ. ދެވަނަ އަށް އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖް ދީފައި ވަނީ ރަންދެލި ރިސޯޓުންނެވެ. އެރިސޯޓުން ވަނީ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 39737ރ. (ތިރީސް ނުވަހާސް ހަތްސަތޭކަ ތިރީސް ހަތް ރުފިޔާ) ދީފައެވެ. ވަން އެންޑް އޮންލީ ރީތި ރަށުން ވެސް ވަނީ ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 39259ރ. (ތިރީސް ނުވަހާސް ދުއިސައްތަ ފަންސާސް ނުވަ ރުފިޔާ) ދީފައެވެ.
ފޯސީޒަން ރިސޯޓުން ކޮންމެ މުވައްޒަފަކަށް 33 ހާސް ރުފިޔާ، ވޮއްމުލި ރިސޯޓުން 31 ހާސް ރުފިޔާ، އަނަންތާރާ ކިހާވައް ރިސޯޓުން 27 ހާސް ރުފިޔާ، ރަންގަލި ރިސޯޓުން 22 ހާސް ރުފިޔާ، ނިޔާމަ ރިސޯޓުން 20 ހާސް ރުފިޔާ، ޑުސިޓް ތާނީ ރިސޯޓުން 19 ހާސް ރުފިޔާ، ޑަބްލިއު ރީޓްރީޓް އިން 18 ހާސް ރުފިޔާ ކޮންމެ މުވައްޒަފަކަށް ޖަނަވަރީ މަހުގެ ސާވިސް ޗާޖްގެ ގޮތުގައި ދިނެވެ.
މި ރިސޯޓްތަކަކީ މި މަހު އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖް ދިން ދިހަ ރިސޯޓެވެ.
ރާއްޖޭގެ 57 ރިސޯޓަކުން މިހާތަނަށް މިދިޔަ މަހުގެ ސާވިސް ޗާޖުން ލިބުނު ފައިސާ ވަނީ މުވައްޒަފުންނާއި ހަވާލު ކޮށްފައެވެ. އެންމެ މަދުން ފައިސާ ދީފައި ވަނީ ކުރަމަތި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދިނީ 10،362 ރުފިޔާ އެވެ.
80 ރިސޯޓުން މުވައްޒަފުންނަށް އެއްވެސް ވަރެއްގެ ސާވިސް ޗާޖެއް ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު ރިސޯޓްތައް ވެސް ހިމެނެއެވެ.
މުވައްޒަފުންނަށް ސާވިސް ޗާޖްގެ ފައިސާ ދިނުމުގައި ރިސޯޓްތަކުން ހަމަހަމަ އުސޫލެއް ނުގެންގުޅުމަކީ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ނަމަވެސް އެމައްސަލަ ހައްލު ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ގިނަ ރިސޯޓުތަކުގައި މަސް ނިމުމުން އެކައުންޓްސް ޑިޕާރޓްމަންޓާއި އެޗް އާރު ޑިޕާރޓްމަންޓް ގުޅިގެން ސާރވިސް ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރާ މުވަޢްޒަފުން ރެއާއި ދުވާލު ގުދާރު ބިންދައިގެން ކުރާ މަސައްކަތުން ހޯދާ ސާރވިސް ޗާޖު ފައިސާކޮޅު، ރިސޯޓުން ކުރަންޖެހޭ އެކިއެކި ޚަރަ ދުތަކަަށް ކަނޑާ ގުނަކޮށް ގެއްލާ އެޖަރީމާ ހިންގަނީ. މުވައްޒަފުންނަށް ދެނީ މަދު ޕަސެންޓެއް. ޢެކަން ކުރާތަން ލޮލުން ދެކި އަތުން ހިފާފަ މިބުނީ. މަސައްކަތް ކުރި ރިސޯޓުން ކެނޑެން ޖެހުނު ސަބަބަކަށްވި އެކަމާ ދެކޮޅަށް ވަކާލާތު ކުރުން.
ޙައްގު އެއްޗެއް ވިއްޔާ ދޭންޖެހޭނެ އެކަމަކު ފޭރޭ މީހުން ނުދޭނެ.
ކިތަށް ދިވެހިންތަ..
ވެލާ އައިލެންޑް ރިސޯޓަށް ޝުކުރިއްޔާ! ތިޔަ ރިސޯޓް ވެރިފަރާތަށް މާތް ﷲ ރިޒްޤު ތަނަވަސްކުރަންވާންދޭ!ޔާ ﷲ
މުވައްޒަފުން ވަރަށް އުޅޭހިއްވާނެ! އޯ މައިގޯޑް
ހާދަ ހިއްގައިމޭ ދާންވީ ތިޔަ ރިޒޯޓަށް! ޖޮބެއް ނެތްތަ
ރިޒޯޓް ތަކުގެ އޯނަރުން ތިބީ މަޖިލިހުގަ، ސަރުކާރުގެ އެކި
މުއައްސަސާތަކުގަ، ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް
ދެން ކިހިނެއް ސާވިސް ޗާރޖް ހަަމަ ހަމަ ކޮށް ދޭން
ކަމެއް ކުރާނީ؟ ކަނޑަ އެޅިގެން ރިޒޯޓު ތަކުން މުއައްޒަފު
ންގެ ސާވިސްޗާރޖް ބަނޑު އަޅާ. ތިއޮއް ބަނޑޮސް ރިޒޯޓް
އަކީ ވެސް ރޯމާ ދުވާލު އެންމެންގެ ކުރިމަތީގަ އެކަން ކުރާ ބައެއް
ތިޔަ ކުރަމައްޗަކީ 1960 އަހަރުތަކުގެ ތެރޭގަ އުޅޭ ރިޒޯޓެއް މިސްމިސް އެންމެ 1927 ރުފިޔާ ކީކުރާނީ ދޯ
ވެލާވަރުތަނެއް ނެތް
ނަލަ ނަލަ ރިޒޯޓެއް ! މެނޭޖްމަންޓްގެ ހެޔޮފުޅުކަން އޯގާތެރިކަން މި އީއޭނުން ރިސޯޓަކީ
ދެން އޯކޭދޯ ބާކީ މަސްތަކުގަ ސާވިސްޗާޖް ކިތަންމެ ކުޑަވިޔަސް...
ސާވިސްޗާޖް ކުޑަ މަސްތަކުގަ އެވާހަކަވެސް ލިޔެލާނަމަ....
އިހަށް ދުވަހު މޫދު 5 ކޮޓަރި އަނދާ ހުލިވި ތާޖްް އެގްޒޯޓިކާ އަކީ ދިވެހި މުވައްޒަފުންގެ ޅޭބޯތަނެއް. ކުރީ މަހަށްވުރެ ސާރވިސް ޗާރަޖަށް ލައްކައިން އިތުރަށް ލިބުނިއްޔާ މުވައްޒަފުންނަށް 50 ވަރަކަށް ޑޮލަރަށް ވުރެ އިތުރެއް ނުވާނެ. އެކަމް ކިރިޔާވެސް މަދު ވެއްޖިއްޔާ އެދެން ނިމުނީ. މީހުންގެ ޙައްްްްްޤުތައް ކައިކައި އެންމެން ބަދު ދުޢާ ޖެހިގެން ކަންނޭގެ އެންމެ ހައި ސީޒަންގަ އަލިފާނުގެ ހާދިސާ އެ ހިނގީ.
500ރ އަައް ވުރެން ދައްކޮއް ސާވިސް ޗާޖު ދެމުން ދާ ކުންފުންޔެއް އއ.މާޔާފުއްޓަކީ.ކެރެންޔާ ފިޔަވަޅު އަޅާބަލަ
މިލިޔުން ލިޔުނު ފަރާތައް ޝުކުރިއްޔާ އެވެ.
ގެސްޓުންނަށް މިރިސޯޓްތައް ކަމުދަނީ ކީއްވެ؟ ސްޓާފުން ރަނގަޅު ވީމަ.. ސްޓާފުން ރަނގަޅީ ކީއްވެ؟ ކުރާ މަސައްކަތް ބުރަޔަސް ސެލެރީ އަދި ސަރވިސް ޗާޖް ރަނގަޅުވީމަ.. ރާއްޖޭގެ އެންމެ ޓޮޕް ރިސޯޓްތަކަށް މިރިސޯޓްތައް ވީ ކީއްވެގެންކަން އެނގޭތަ؟ މެނޭޖްމަންޓްއަކީ ކޮބައިކަން އެނގޭމީހުން ރިސޯޓް މެނޭޖްކުރަން ތިބީމަ.. ރަނގަޅު ވެރިންނަކީ އެބައެއްގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ މީހުންނަށް އެންމެ ހެޔޮ މީހާ... ލަކްސް ކަހަލަ ރިސޯޓްތަކުގެ މެނޭޖަރުން މިކަހަލަ ޙަބަރުތައް ކިޔާނަމަ ދޯ... މިދެން ވަރަށް ވާހަކަ...
ޢެންމެ ގިނައިން ގެސުޓުން އަންނަތަން.އެކަމަކު ލިބެނީ އަބަދު 220 ޑޮލަރު . 500 ގެސްޓުން އަބަދުވެސް އުޅޭ.
ބުރުމާގެ ސަންއައިލެންޑުގަ 450 ވުރެއް ގިނަ ރޫމު. މުޅި ޑިސެމްބަރ މަހު އޯވާރ ބުކްވެފަ. އެކަމަކު ޖެހުނީ 370 ޑޮލަރު