ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ" ވެގެން ދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ލޯތްބާއި އިތުބާރު ހޯދި މަޝްހޫރު އަތަރު ބްރޭންޑަކަށެވެ. އަމިއްލަ އެތަކެއް އަތަރަކާއި އޭގެ ސެންޓު "އޫދު އަލް ސަބާޔާ"އިން ލިބެން އެބަހުއްޓެވެ. އަދި ވަރަށް ފަހުން "އޫދު އަލް ސަބާޔާ"އިން ވަނީ އަތަރު ލޯޝަންވެސް ތައާރަފްކޮށްފައެވެ.
"އޫދު އަލް ސަބާޔާ"އިން ވިއްކާ އަތަރާއި ސެންޓަކީ ގިނަ އިރު ވަސް ހުންނަ އެހާމެ މީރުވަސް ދުވާ އެއްޗެއްސެވެ. ދެ ޖިންސަށް ހާއްސަ އަތަރާއި ވަކިވަކި ޖިންސަށް ހާއްސަ އަތަރާއި އޭގެ ސެންޓްވެސް "އޫދު އަލް ސަބާޔާ"އިން ލިބެން ހުންނާނެއެވެ. އަދި މިތަނުން ވިއްކާ މީރު ވަސް ދުވާ ތަކެއްޗަކީ ގައިން މީރުވަސް ދުއްވާލަން ބޭނުންވާ ފަރާތްތަކަށް އެފަދަ ދެވަނަ އެއް ނެތް އެއްޗެހިކަން ފާހަގަކޮށްލަމެވެ.
"އޫދު އަލް ސަބާޔާ" ކުރިއަރަމުން އަންނަ ކަމުގެ އެއް ހެއްކަކީ މުޖުތަމައަށް ލޯހުޅުވެމުން އަންނަ ޒުވާނުންނަށްވެސް "އޫދު އަލް ސަބާޔާ"ގެ ޕްރޮޑަކްޓްތަކަށް ހުންނަ ބޮޑު ޝައުގުވެރިކަމެވެ. އެމީހުން އެތަނުން ވާހަކަ ދައްކާ ކަމެވެ. އަދި މީގެ އިތުރުން، ރޭގަނޑުގެ ގަޑީގައި މ.މިރިޔަސްމަގުގައި ހުންނަ "އޫދު އަލް ސަބާޔާ"ގެ މައި އައުޓްލެޓަށް ޖަމާވާ އެތައް ބައެއްގެ މޫނު މަތިން އެފެންނަ ހިނިތުންވުމެވެ.
"އޫދު އަލް ސަބާޔާ" އަކީ ދިވެހިން އަތަރާއި މެދު މީގެ ކުރިން ދެކެމުން އައި "ކަޓު" ވިސްނުން ބަދަލުކޮށްލި ބައެކެވެ. "އޫދު އަލް ސަބާޔާ"އިން ވިއްކާ އަތަރު ބޮޑު އަގުގައި ގަންނަގަތުން ވެފައި ވަނީ އަތަރަކީ ހަމަ އެކަނި 30 ނުވަތަ 40 ރުފިޔާއަށް ލިބޭނެ އެއްޗެއްކަމަށް ދިވެހީންގެ ތެރޭގައި އޮތް ގަބޫލުކުރުންތަކަށް ނިމުމަކަށް ގެނުވި ކަމަކަށެވެ.
އޮންލައިން ވިޔަފާރިއަކުން ފެށި "އޫދު އަލް ސަބާޔާ" މިއަދު މިދަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގައި ހިންގަމުންނެވެ. އެއީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ. މިތަންތަން ހުވަދުން ޖަރީކޮށްފިއެވެ.
"އޫދު އަލް ސަބާޔާ"ގެ އުންމީދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިންނާއި ގުޅޭނެ އަތަރާއި ސެންޓް ފޯރުކޮށްދިނުމެވެ. އެގޮތުން މި ފަހަކުންވެސް "އޫދު އަލް ސަބާޔާ"އިން ވަނީ ދެ ޖިންސަށް ހާއްސަ މީރު ވަހެއް އެކުލެވިގެންވާ "ޑަސްކީ ވޯވޯ" ކިޔާ ސެންޓެއްވެސް ތަޢާރަފްކޮށްފައެވެ. މި ސެންޓް މާދަމާއިން ފެށިގެން އެ ފިހާރައިން ލިބެން ހުންނާނެއެވެ.
އޫދު އަލް ސަބާޔާ" ގެ އުންމީދު ބޮޑެވެ. "އޫދު އަލް ސަބާޔާ"އިން ތިބީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްވެސް އެމީހުންގެ އަތަރުގެ ވަހުން ޖަރީކޮށްދޭން ތައްޔާރަށެވެ.
ދިވެހި ނަމެއް ކީ ނަމަ ދޯ
މަށަކައް ނުވިސްނުނު ދިވެހިންނަައް ހާސަވި ގޮތެއް
އައްޑޫ ކޮންރަށެެއްގައިތޯ ތިބުނާތަން ހުންނަނީ؟
ކޮބައި ފިހާރަ ފިހާރަ ދެއްކީމައެއްނު ޓެސްޓު ވެސް ކޮއްލެވޭނީ