2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް 231 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.
ދިރާގުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 203 މިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 704 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި ލިބުނީ 658 މިލިއަން ރުފިޔާއެވެ.
އަދި މިދިޔަ ކުއާޓަރުގައި ދިރާގުން ވަނީ ޓެކްސްގެ ގޮތުގައި 41 މިލިޔަން ރުފިޔާ ދައުލަތަށް ދައްކާފައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ދިރާގަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުނެވެ.
ސާފު ފައިދާ ނުހަނު ބޮޑު ޢަދަދެއް ތިހޯދަނީ އަހަރެމެންނަށް ވިއްކާ ޚިދުމަތުން. އަހަރެމެންވެސް އުފަލުން ޚިދްމަތް ހޯދަން ބޭނުންވާ ވަރަށް ޚިދުމަތުގެ އަގުހެޔޮ ކޮށްދޭންވީ ނޯންތޯ؟
ފޯނުބިލްޔަކުގެ އަގު ބޮޑުކުރަންވީނު
މީ ސަރުކާރުގެ ކުންފުނި ރައްޔަތުން މަރަނީ ކިހާދެރަ. އަޅެ ފައިދާނުހޯދާ ތި ނެޓުވޯކު ރަނގަޅު ކޮބިލަ ދެން ރައްޔިތުންނައް ހެޔޮއަގެގާ ހިދުމަތް ދީލާ ހެޔޮނުވނެޔޭ.