އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ.
ރާއްޖެއަށް އެންމެގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން މިއަދު ޑީސަލްގެ އަގު ބޮޑުކުރުމާއި ގުޅިގެން ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 10.89ރ އަށެވެ.
އެސްޓިއޯއިން ބުނީ ޑީސަލް ވިއްކާ އަގު ބޮޑުކުރަން ޖެހުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންކަމަށެވެ.
އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ، ހުސްވި ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ހެޔޮކޮށްފައެވެ.
ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ތެލުގެ އަގު އަދިވެސް އިތުރަށް ބޮޑުވެގެން ހިނގައިދާނެއެވެ. ތެލުގެ އަގު ބޮޑުވެގެން ދާނެ އެއް ސަބަބަކީ ސައުދީ އަރަބިއްޔާ އިން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމެވެ. ސައުދީ އަރަބިއްޔާ އިން ގެންދަނީ ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ތައްޔާރު ވަމުންނެވެ.
މީގެ އިތުރުން އެމެރިކާ އާއި އީރާނާއި ދެމެދު އުފެއްދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ވެސް ތެލުގެ އަގު އުފުލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮބާ ރާކަނި މަސްކާލާ. ޅެން ފަރިއްސަށް ބަދަލުވަނީ. މަސްވެރިން ކޮބާ.... މަސްބާނާ ނަނުގަ ހިފީމަ ބާރުވާވަރު.
ދޮގް
ވައުދު ފުއްދާ ނިމުނީ. 100ދުވަސްހަމަވީ.
ވަޢުދާ ހުވާ ކުރާނެޔޭ. އެ ހަނދާން ނެތޭނެޔޭ. އަސްލު ވަޢުދު ވީއިރުވެސް އެނގޭނެ މިއީ ކުރެވޭނެކަމެެއްނޫންކަން. އެހެންޗާފަހެ. މިއީ ތެލާ.ރަން.ނަގާތަނެއްވިއްޔަ.
100 ދުވަހުގެ ވައުދެއް.... ފުއްދާލީ ކަމަށްވާނި..